Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ މަގުތައް ސާފުކުރުން

ވެމްކޯގެ ރެސްޕޯންސް ޓީމުން ހޮނިހިރު ދުވަހު މާލޭގެ މަގުތަކުން 15 ޓަނުގެ ކުނި ނަގައިފި

ވެމްކޯއިން ވަނީ ހުކުރު ދުވަހު މާލޭގެ މަގުތަކުން 40 ޓަނުގެ ކުނި ނަގާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މާރިޗު 2024 | ހޮނިހިރު 18:25
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި

ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި

މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ވެމްކޯއިން ޚާއްސަ ރެސްޕޯންސް ޓީމެއް އެކުލަވާލާ ކުރި މަސައްކަތުގެ ދަށުން ހޮނިހިރު ދުވަހު މާލޭގެ އެކި ސަރަހައްދުތަކުން 15.75 ޓަނުގެ ކުނި ނަގާފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުނީ ހޮނިހިރު ދުވަހު 4 ވެހިކަލަކުން 21 ދަތުރު ކޮށްފައިވާކަމަށެވެ. އަދި 13 ސަރަހައްދަކުން ކުނި ނަގާފައިވާކަމަށް ވެމްކޯއިން ބުނެއެވެ. މީގެއިތުރުން ވެމްކޯއިން ވަނީ ހުކުރު ދުވަހު މާލޭގެ މަގުތަކުން 40 ޓަނުގެ ކުނި ނަގާފައެވެ.

ވެމްކޯ އިތުރުން މާލެ ސިޓީ ކައުންސިލުންވެސް އަންނަނީ މާލޭގެ މަގުތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން 19 ދުވަސްތެރޭ 345.15 ޓަނުގެ ކުނި މާލެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ނަގާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރޯދަމަހާ ދިމާކޮށް ގޭބިސީތަކުން ވަނީ ހިފައިގެންގުޅޭ ގިނަ ސާމާނުތަކެއް މަގުމައްޗަށް ކުނީގެ ގޮތުގައި ނެރިފައެވެ. މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މަގުމަތީގައި ކުނި ބެހެއްޓި 100ށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭ މަގުތަކަށް ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވޭނަމަ, އެ މީހެއް ނުވަތަ އެބަޔަކު ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެވެ.

މާލޭ ސިޓީ ކައުންސިލްވެމްކޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު