Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން - އިޒްރޭލު ހަނގުރާމަ

މި ހަފްތާގައި އީރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފާނެ ކަމަށް އެމެރިކާ އިން ދެކޭ

އީރާނުން ދީފާނެ ކޮންމެ ހަމަލާއަކުން އިޒްރޭލް ސަލާމަތް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ވަނީ ދީފައެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 03:01
ޒަހަމްވި އިޒްރޭލުގެ ސިފައިންގެ މީހަކު ހެލިކޮޕްޓަރަށް އަރުވަނީ

ޒަހަމްވި އިޒްރޭލުގެ ސިފައިންގެ މީހަކު ހެލިކޮޕްޓަރަށް އަރުވަނީ

އެމެރިކާގެ ޖާސޫސީ އެންމެ ފަހުގެ އެސެސްމަންޓުން ދައްކާގޮތުގައި މިހަފުތާގެ ތެރޭގައި އިޒްރޭލަށް އިރާނާއި އެޤައުމުގެ ބައިވެރިން ގެ ފަރާތުން "ފާހަގަކޮށްލެވޭ ހަމަލާތަކެއް" ދޭނެކަމަށް ލަފާކުރެވޭކަމަށް ހޯމަ ދުވަހު ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ބުނެފައިވަނީ އެމެރިކާގެ އަމިއްލަ އެސެސްމަންޓްތަކެއް ހަދާފައިވާ ކަމަށާއި، އެ އެސެސްމަންޓްތަކާއި އިރާނުން ބަދަލުހިފުމަށް ނިންމާފައިވާ ވަގުތާ ގުޅޭގޮތުން އިސްރާއީލުގެ ޖާސޫސުން ހަދާފައިވާ އެސެސްމެންޓް ތަކާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ބުނެފައިވާއިރު، ލުބުނާންގެ އިސް ކޮމާންޑަރަކު އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަވެފައިވާތީ ހިޒްބުﷲ އިން ވެސް އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަމަލާދޭނެ ކަމަށްވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުﷲ އިން އިޒްރޭލަށް ރައްދު ދޭނެ ގޮތަކީ ކޮބައިކަން ދެނެގަންނަން ޚުދު އިޒްރޭލަށްވެސް ވަނީ ދަތިވެފައެވެ.

އީރާނުން ދީފާނެ ކޮންމެ ހަމަލާއަކުން އިޒްރޭލް ސަލާމަތް ކުރާނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ވަނީ ދީފައެވެ.

ކާރބީ ބުނިގޮތުގައި އީރާނުން ނުވަތަ އެ ޤައުމުގެ ބައިވެރިން ކަމުގައިވާ، ހިޒްބުﷲ އާއި އިރާޤު، ޔަމަން އަދި ސީރިއާގެ އެހެނިހެން ގްރޫޕްތައް ހިމެނޭގޮތަށް، ދީފާނެ ހަމަލާ އަކީ ކޮބައިކަން ކަނޑައެޅުމަކީ އުނދަގޫ ކަމެއްކަމުގައި ވިޔަސް، އެމެރިކާއިން އެ ސަރަޙައްދަށް ފޮނުވާފައިވާ އަސްކަރީ ވަސީލަތްތަކާމެދު އެމެރިކާ އިތުބާރުކުރާކަމަށް އޭނާ ބުންޏެވެ.

އެމެރިކާގެ އޮފިޝަލުން އަންދާޒާކޮށްފައިވަނީ އޯގަސްޓް 4 އެއްހާ ތާނގައި ރޮކެޓް، މިސައިލް ނުވަތަ ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް އިޒްރޭލަށް ދޭނެ ކަމަށެވެ. ނަމަވެސް އެކަން އެހެން ނުވުމުން އެސެސްމެންޓް ބަދަލުކޮށް މިހާރުގެ އަންދާޒާ އަކީ އީރާނު ނުވަތަ ހިޒްބުﷲ އިން ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ހަމަލާދޭނެ ކަމަށެވެ.

އީރާނުން ހަމަލާ ދިނުމާމެދު ދެވަނަ ވިސްނުމަށް ނުވަތަ އެކަން ހުއްޓާލުމަށް ބާރުއެޅުމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގެންދަނީ ޑިޕްލޮމެޓިކް ރޮނގުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަނެއްކޮޅުން، އެމެރިކާއިން ގެންދަނީ ހަނގުރާމަމަތީ މަތިންދާ ބޯޓުފަހަރާއި މަނަވަރު ފަހަރާއި ސަބްމެރީން އާއި ސިފައިންނާއި ހަތިޔާރު މެދުއިރުމައްޗަށް އިތުރަށް ޖަމާކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް މި ހަފްތާގައި ދަތުރުފުޅެއް ކުރައްވާނެ އެވެ. އަދި އޭނާގެ ދަތުރުފުޅުގައި އިޒްރޭލަށް ވަޑައިގަންނަވާނެ ކަމަށްވަނީ ބެލެވިފައެވެ.

އީރާނުން ބުނަމުންދަނީ ހަނިއްޔާ އަވަހާރަ ކޮށްލަން ދިން ހަމަލާގެ ހަރުކަށި އަދަބު އިޒްރޭލަށް ނުދީ ދޫކޮށް ނުލާނެ ކަމަށާއި އެކަމުގެ ބަދަލު ހިފުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު

04 އެޕްރީލު 2017
ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ސީރިޔާގައި 18 މަރު
11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު