Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުއެމްޕޮކްސް

އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އެފްރިކާ ބައްރުގައި އިއުލާން ކޮށްފި

މި ބަލި މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ އިތުރު ޤައުމުތަކަށް ފެތުރިފައެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 18:33
އެމްޕޮކްސް ޖެހިފައިވާ މީހެއް

އެމްޕޮކްސް ޖެހިފައިވާ މީހެއް

އެމްޕޮކްސް ނުވަތަ މަންކީޕޮކްސް (މަކުނުވިދުރި) އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އެފްރިކާ ބައްރުގައި އިއުލާން ކޮށްފިއެވެ.

މިކަން އިއުލާން ކުރީ އެފްރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިންނެވެ.

ހަލުއި ކަމާއެކު ގައިންގަޔަށް އަރާ އެމްޕޮކްސްގެ އައު ބާވަތެއް މާ ހަލުއިކޮށް ފެތުރެމުންދާތީ އެފްރިކާ ސީޑީސީ ގެ ސައިންޓިސްޓުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 450 މީހުން މި ބަލީގައި މަރުވެފައިވާކަން ރެކޯޑް ކުރެވިފައިވެއެވެ.

މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ އިތުރު ޤައުމުތަކަށްވެސް ފެތުރިފައެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުން ބައްޔާ ގުޅޭ ގޮތުން ސަރުކާރުތަކަށް ވިލަރެސްކުރުމަށް ފަސޭހަ ވުމާއި އަދި ބަލީގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެފްރިކާގެ ސީޑީސީ އިން ބުނެއެވެ.

އެފްރިކާ ސީޑީސީގެ ވެރިޔާ ޑރ. ޖީން ކަސޭޔާ ވިދާޅުވެފައިވަނީ މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ މިބަލި ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ އިޢުލާނަކީ ހަމައެކަނި އުސޫލީ ކަމެއް ނޫން ކަމަށާއި މިއީ އެއަށް ޢަމަލުކުރުމަށް ކުރާ އިއުލާނެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ބަލީގެ ނުރައްކާ ނައްތާލެވޭނީ ކުރިއާ ލާ އަޅަން ޖެހޭ ފިޔަވަޅުތައް ހަލުއި ކަމާއެކު އަޅައިގެން ކަމަށެވެ.

އެފްރިކާގައި އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އިއުލާން ކުރުމުން ދުނިޔޭގެ އެހެން ސަރަހައްދުތަކުން ވެސް މި ބައްޔަށް ސަމާލުވެ ބަލަން ޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށް އެފްރިކާގެ ސީޑީސީގެ އިސް އޮފިޝަލް ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައި 29 ގައި ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީސް ޕްރިވެންޝަން އިން ބުނެފައިވަނީ ޔޫރަޕް ގައި މި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައެވެ.

އެމްޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން އިންސާނުންގެ ގަޔަށް ނުވަތަ ބަލި ޖެހިފައިވާ އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށެވެ. ބައްޔަކީ ކޮންޓެކްޓް ވުމުން އަރާ ބައްޔަކަށް ވުމާއެކު ޖިންސީ ގުޅުމުގެ ޒަރީއާ އިންނާއި ހަމާއި ހަން ކޮންޓެކްޓް ވެގެންނާއި އަދި ބަލި ޖެހިފައިވާ މީހެއްގެ ނޭވާއިން ނުވަތަ ވަރަށް ގާތުން ވާހަކަ ދެއްކުމުން ބުރާ ކުދި ޑްރޮޕްލެޓްތަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަން ފާރުވުން ހިމެނެއެވެ. ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

ބައްޔަށް ތިން ވެކްސިނެއް ބޭނުން ކުރެވޭ ކަމަށާއި އެހެން ނަމަވެސް ވެކްސިން ދެނީ ބަލި ޖެހުމުގެ ރިސްކް ބޮޑު މީހުންނަށާއި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެއެވެ.

އެފްރިކާ ސީޑީސީ ގެ ވެރިޔާ ޑރ. ކަސިޔާ ވިދާޅުވީ އެފްރިކާގައި އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް 10 މިލިއަން ވެކްސިން ޑޯޒް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2024

އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި

05 އޮކްޓޯބަރު 2024
އެމްޕޮކްސް އަވަހަށް ދެނެގަނެވޭ ޓެސްޓް އަކަށް ޑަބްލިޔުއެޗްއޯ އިން ހުއްދަދީފި
13 ސެޕްޓެމްބަރު 2024

މިހާތަނަށް ރާއްޖޭން އެމްޕޮކްސް ކޭސް އެއް ނުފެނޭ: އެޗްޕީއޭ

13 ސެޕްޓެމްބަރު 2024
މިހާތަނަށް ރާއްޖޭން އެމްޕޮކްސް ކޭސް އެއް ނުފެނޭ: އެޗްޕީއޭ
08 ސެޕްޓެމްބަރު 2024

އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ

08 ސެޕްޓެމްބަރު 2024
އެމްޕޮކްސް އަށް ޝައްކުކުރެވޭ ފުރަތަމަ ކޭސް އިންޑިއާ އިން ފެނިއްޖެ
16 އޯގަސްޓު 2024

ޔޫރަޕްގެ ދަތުރުވެރިން އެމްޕޮކްސް ވެކްސިން ޖެހުމަށް އިރުޝާދު ދީފި

16 އޯގަސްޓު 2024
ޔޫރަޕްގެ ދަތުރުވެރިން އެމްޕޮކްސް ވެކްސިން ޖެހުމަށް އިރުޝާދު ދީފި
14 އޯގަސްޓު 2024

މަކުނުވިދުރި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން އިއުލާން ކޮށްފި

14 އޯގަސްޓު 2024
މަކުނުވިދުރި ބައްޔަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން އިއުލާން ކޮށްފި
13 އޯގަސްޓު 2024

އެމްޕޮކްސްގެ ކޭސްތައް ހަލުވި ދުވެލީގައި އިތުރުވެ، ޑަބްލިއުއެޗްއޯ ކަންބޮޑުވުމަކަށް

13 އޯގަސްޓު 2024
އެމްޕޮކްސްގެ ކޭސްތައް ހަލުވި ދުވެލީގައި އިތުރުވެ، ޑަބްލިއުއެޗްއޯ ކަންބޮޑުވުމަކަށް
09 ޖޫން 2022

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

09 ޖޫން 2022
ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
17 އޮކްޓޯބަރު 2020

ބްރޮކޮލީއަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ތަރުކާރީއެއް ނޫން!

17 އޮކްޓޯބަރު 2020
ބްރޮކޮލީއަކީ ނުކައި ދޫކޮށްލެވޭ ވަރުގެ ތަރުކާރީއެއް ނޫން!
20 ޖޫން 2017

ބޯ ދުޅަވުމުގެ ވުމުގެ ސަބަބުން މީޑިއާގެ ސަމާލު ކަމަށް އައި ކުއްޖާ ކުއްލިއަކަށް މަރުވެއްޖެ

20 ޖޫން 2017
ބޯ ދުޅަވުމުގެ ވުމުގެ ސަބަބުން މީޑިއާގެ ސަމާލު ކަމަށް އައި ކުއްޖާ ކުއްލިއަކަށް މަރުވެއްޖެ
23 މާރިޗު 2017

ތެޔޮގުޅައަކީ ކުދިން ތޫނުފިލި ކުރުވާ އެއްޗެއްތަ؟

23 މާރިޗު 2017
ތެޔޮގުޅައަކީ ކުދިން ތޫނުފިލި ކުރުވާ އެއްޗެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު