Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް-އަޤްސާ މިސްކިތުގެ ހުރުމަތް ކެނޑުން

ޔަހޫދީ ދެ މިނިސްޓަރުން އިސްވެ ތިބެ އަލް-އަގްސާ އަށް ވަދެގަނެ އަޅުކަން ކޮށް، މިސްކިތުގެ ހުރުމަތް ކަނޑައިފި

ސައުދީ އަރަބިއްޔާ އިންނާއި ގަތަރުން ވަނީ އިޒްރޭލުގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 16:44
އަލް-އަގްސާ މިސްކިތަށް ވަދެގަތް ޔަހޫދީ ގުރޫޕްގެ އިސް މީހަކަށް ހުރީ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގަވިއަރ

އަލް-އަގްސާ މިސްކިތަށް ވަދެގަތް ޔަހޫދީ ގުރޫޕްގެ އިސް މީހަކަށް ހުރީ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގަވިއަރ

އިޒްރޭލުގެ ކެބިނެޓް ދެ މިނިސްޓަރުން އިސްވެ ތިބެ ޔަހޫދީ ގްރޫޕަކުން އަލް-އަގްސާ މިސްކިތައް ވަދެގަނެ އަޅުކަން ކޮށްފިއެވެ.

ޔަހޫދީ ގްރޫޕަކުން ގޮސް އިޒްރޭލުން ގަދަކަމުން ހިފާފައިވާ އިރުމަތީ ޖެރޫސަލަމްގައި ހުންނަ އަލް-އަޤްޞާ މިސްކިތަށް ވަދެގަނެ މިސްކިތުގެ ހުރުމަތް ކެނޑި މައްސަލައިގައި އިސްލާމީ ގައުމުތަކުން ގެންދަނީ ޔަހޫދީންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.

އަލް-އަގްސާ މިސްކިތަށް އަންގާރަ ދުވަހު ހެނދުނު ވަދެގަތް ޔަހޫދީ ގުރޫޕްގެ އިސް މީހަކަށް ހުރީ ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގަވިއަރ އެވެ.

އަލްއަގްސާ މިސްކިތުގެ ގޯތި ތެރެއަށް މި ގްރޫޕް ގޮވައިގެން ބެން-ގަވިއަރ ވަނީ ޔަހޫދީ ދީނުގެ ލަވަ ކިޔަމުންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންވެފައިވެއެވެ.

އަލް-އަގްސާ މިސްކިތުގެ ގޯތި ތެރެއަށް މި ގްރޫޕް ވަދެ ޔަހޫދީ ދީނުގެ އަޅުކަމެއް ކުރިކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ. ގްރޫޕް ވަތް ދުވަހަކީ ޔަހޫދީން ފާހަގަ ކުރާ ޓިޝަ ބިއާވް ދުވަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ގްރޫޕުން ގޮސް އަލް-އަގްސާގެ ގޯތި ތެރޭގައި އަޅުކަން ކުރިއިރު އެއީ ޔަހޫދީން އަޅުކަން ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ. އިޒްރޭލުގެ ހައްދުފަހަނަ އެޅި ހަރުކަށި ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރ ބެން-ގަވިއަރ އަކީ އަލް-އަގްސާ ގައި ޔަހޫދީންނަށް އަޅުކަން ކުރެވެން ޖެހޭނެ ކަމަށް ބުނެ ފާޅުގައި އެކަމަށް ގޮވާލާ މީހެކެވެ. ޔަހޫދީން އަލް-އަގްސާގެ ގޯތި ތެރޭގައި އަޅުކަން ކުރަމުން ދިޔަ އިރު ޔަހޫދީ ފުލުހުންނާއި، ހުޅަނގު އައްސޭރީގައި ގަވައިދާ ޚިލާފަށް ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ގޮތެއްފޮތެއް ނެތް ޔަހޫދީން ގެންދިޔައީ ހިމާޔަތް ދެމުންނެވެ.

ހުސްވި މަހުވެސް ބެން-ގަވިއަރ ވަނީ ވަރުގަދަ ސަލާމަތީ ފައުޖެއް ގޮވައިގެން އައިސް މިސްކިތައް ވަދެގަނެފައެވެ. އަންގާރަ ދުވަހު ބެން-ގަވިއަރ މިސްކިތައް ވަނުމުން މިއީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ އަލް-އަގްސާ އަށް ވަދެގަތް ތިންވަނަ ފަހަރެވެ.

އަޅުކަމުގެ ތެރޭގަޔާއި މިސްކިތައް ދިޔަ މަގުމަތީގައި ބެން-ގަވިއަރ ގެންދިޔައީ ހަމާސް ބަލިކުރާނަމޭ ގޮވަމުންނެވެ.

އަލް-އަގްސާ އަކީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް މިސްކިތެވެ. އޭގެ އިތުރުން އެ މިސްކިތަކީ ފަލަސްތީންގެ އެންމެ މުހިންމު ރަމްޒެވެ.

މިސްކިތް ބެލެހެއްޓުމުގެ ޒިންމާ އާ ހަވާލުވެފައިވާ އުރުދުންގެ ވަގްފް ގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނީ ބެން-ގަވިއަރ އާ އެކު ދެހާހާހެއްހާ ޔަހޫދީން ދީނީ ލަވަ ކިޔަމުން އިޒްރޭލު ފުލުހުންގެ ހިމާޔަތުގައި މިސްކިތުގެ ގޯތި ތެރެއަށް އައިސް ވަދެގަތީކަމަށެވެ.

އޭގެ އިތުރުން މިސްކިތައް މުސްލިމުން ވަނުމަށް އިޒްރޭލް ފުލުހުން ގެންދިޔައީ ހުރަސް އަޅަމުން ކަމަށާއި އެވަގުތު މިސްކިތަށް ވަދެ ތިބި މުސްލިމުންނަށް އެތަނަށް ވަދެގަތް ޔަހޫދީން ވަނީ ފުރައްސާރަ ކޮށްފައި ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ބެން-ގަވިއަރ އާ އެކު ކެބިނެޓް އެހެން މިނިސްޓަރެއް ކަމަށްވާ ޔިޓްޒަކް ވަސަލައުފް އާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީސް ކަމުގައިވާ ކްނެސެޓްގެ ބައެއް މެމްބަރުންވެސް މި ކަމުގައި ވަނީ ބައިވެރިވެފައެވެ.

ސައުދީ އަރަބިއްޔާ އިން ވަނީ މި އަމަލު ކުށްވެރިކޮށް އަންގާރަ ދުވަހު ބަޔާނެއް ނެރެފައެވެ.

އިސްރާއީލުގެ އޮފިޝަލުންނާއި ވަޒަންވެރިން އަލް-އަޤްޞާ މިސްކިތަށް ވަދެގަތުމަކީ ސައުދީ އަރަބިއްޔާ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއްކަމުގައި ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީގެ ބަޔާނުގައި ދީނީ ގޮތުން މުހިންމު ކަން ދެވޭ މިފަދަ ތަނަކަށް ވަދެ، އެތަނުގެ ހުރުމަތް ކަނޑާ، އެތަނުގެ ތާރީޚީ އަދި ދީނީ ހަގީގަތް އޮޅޭ ގޮތައް އަމަލު ކޮށް ދުނިޔޭގެ އެތައް މިލިއަން މުސްލިމުން ރުޅި އެރުވުމަށް ކުރާ މިފަދަ ކަންކަމުގެ ނަތީޖާ އާ މެދު ވިސްނުމަށް ވެސް ސައުދީ ގެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާ އިން ވަނީ އިޒްރޭލުގެ މި ނޭއްގާނީ އަމަލު ހުއްޓުވާ އިޒްރޭލުން ބައިނަލް އަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ.

ގަތަރުންވެސް ވަނީ ޔަހޫދީންގެ މި އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ގަތަރުން ބުނެފައިވަނީ އިޒްރޭލުން ތަކުރާރުކޮށް މަސައްކަތް ކުރަމުން ދަނީ އަލް-އަގްސާގެ ދީނީ އަދި ތާރީޚީ ހަގީގަތްތައް އޮޅުވާލުމަށް ކަމުގައެވެ. ގަތަރުން ސިފަ ކޮށްފައިވަނީ މިއީ އިޒްރޭލުން ހަމައެކަނި ފަލަސްތީން ރައްޔިތުންނަށް ދިން ހަމަލާއެއް ނޫން ކަމަށާއި މިއީ ދުނިޔޭގެ އެންމެހާ މުސްލިމުންނަށް ދިން ހަމަލާ އެއް ކަމަށެވެ.

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2017

ޤުދުސްގެ މައްސަލަ: ޓްރަމްޕްގެ ނިންމުން ނިންމީ ޔަހޫދީންގެ ނުފޫޒުން!

07 ޑިސެމްބަރު 2017
ޤުދުސްގެ މައްސަލަ: ޓްރަމްޕްގެ ނިންމުން ނިންމީ ޔަހޫދީންގެ ނުފޫޒުން!
07 ޑިސެމްބަރު 2017

ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!

07 ޑިސެމްބަރު 2017
ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!
07 ޑިސެމްބަރު 2017

ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ

07 ޑިސެމްބަރު 2017
ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ
26 އޮކްޓޯބަރު 2017

އދ ގެ އެހީދިނުމުގެ ކަންކަމާ ގުޅޭ އިސްވެރިޔާ ޔަމަނުގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފި

26 އޮކްޓޯބަރު 2017
އދ ގެ އެހީދިނުމުގެ ކަންކަމާ ގުޅޭ އިސްވެރިޔާ ޔަމަނުގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފި
07 އޯގަސްޓު 2017

އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ

07 އޯގަސްޓު 2017
އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ
12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
08 މެއި 2017

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި

08 މެއި 2017
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
10 އެޕްރީލު 2017

ބެރިއަރ ރީފްގެ ތިންބައިކުޅަ އެއްބައި މުރަކަ ހުދުވެއްޖެ:ސައިސްވެރިން

10 އެޕްރީލު 2017
ބެރިއަރ ރީފްގެ ތިންބައިކުޅަ އެއްބައި މުރަކަ ހުދުވެއްޖެ:ސައިސްވެރިން
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު