Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން - އިސްރާއީލް ހަނގުރާމަ

އިޒްރޭލުގެ ޝިކާރައަކަށްވި ކުޑަކުޑަ ޖަމީލާގެ ދުލުން، ޔަހޫދީންގެ ރަޙުމުކުޑަ އަނިޔާގެ ވާހަކަ

16 މާރިޗު 2024 | ހޮނިހިރު 06:16

އިޒްރޭލުން ދިން ވައިގެ ހަމަލާގައި ޖަމީލާއާއި އެ އާއިލާގެ އިތުރު މެންބަރުންތަކެއް ޒަޚަމްވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 މާރިޗު 2024 | ހޮނިހިރު 06:16
ޖަމީލާ ޚައިލާ؛ އިޒްރޭލުން ވައްޓާލި އިމާރާތެއްގެ ދަށުން ސަލާމަތްކުރި ކުއްޖެއް

ޖަމީލާ ޚައިލާ؛ އިޒްރޭލުން ވައްޓާލި އިމާރާތެއްގެ ދަށުން ސަލާމަތްކުރި ކުއްޖެއް

ނިރުބަވެރި އިޒްރޭލުން ވަރުގަދަ ގަތުލުއާންމެއް ހިންގަމުން ގެންދާ ފަލަސްތީނުގެ ޣައްޒާގައި އެއްވެސް ދިރުމެއް ނެތްފަދައެވެ. މިލައި މޯޅިވެފައިވާ ހިތްތަކެވެވެ. އެ ހިތުގައި އަޅަމުންދާ ވޭނާއި، އެ ސިކުނޑިތަކަށް ދަތިކުރަމުންދާ ފިކުރުތަކަކީ ދުނިޔޭގެ އެހެން ހިސާބެއްގައި ހުރި މީހަކަށް ވަޒަންކޮށް، އިހުސާސްވެސް ކޮށްލެވޭނެ ކަންކަމެއް ނޫނެވެ. އަހަރެމެންނަށް މުޅިންވެސް މި އިވެނީ މީހުން ކިޔައިދޭ ވާހަކަތަކެވެ. މަންޒަރުތައް ފެންނަނީ ސުމޭކު ނުވަތަ ޑިޖިޓަލް ސްކްރީންތަކަކުންނެވެ. އެފަދަ ކިތަންމެ ވާހަކަތަކެއް ރެޔާއި ދުވާލު ފެނެއެވެ. ވަކިން ޚާއްސަކޮށް، ކުޑަކުދިންގެ ވާހަކަތަކުން ހިތަށް ކުރުވާ އަސަރު ބޮޑުވެއެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

އިޒްރޭލުގެ އުދުވާންތައް އަމާޒުނުކުރާ ހަމަ އެންމެ ތަންފުކެއްވެސް ޣައްޒާގައި ނެތެވެ. ހަމަލަތައް ދެމުން ދަނީ އެއެއް މިއެއް ބެލުމެއް ނެތިއެވެ. ޣައްޒާގެ ޖަބާލިޔާ ކޭމްޕަކީވެސް ސިލްސިލާ ގޮތެއްގައި ހަމަލަ އަމާޒުކުރާ ތަނެކެވެ. އެއީ ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުންވެސް ދިރިއުޅެމުންދާ ކޭމްޕެކެވެ. ނަމަވެސް، އެއީ ނިރުބަވެރި ލޯތަކަށް ނުފެންނަ ކަމަށް ހަދައިގެން އުޅޭ ތަނެކެވެ. ނީވޭ ކަމަށް ހަދައިގެން އުޅޭ އަޑުތަކެކެވެ.

އުމުރުން އެންމެ 11 އަހަރުގެ އަންހެންކުއްޖަކު ވަނީ، ޖަބާލިޔާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަށްފަހު އޭނާ ކުރި ތަޖުރިބާތައް މީޑިއާއާ ހިއްސާކޮށްފައެވެ. ހަމަލާގައި ވައްޓާލި އިމާރާތުގެ ދަށުވެ ޒަޚަމްވެފައި އޮއްވައި، އަވަސް ފަރުވާ ދޭ ޓީމެއްގެ މެންބަރަކު އޭނާ ސަލާމަތްކޮށްދިން ގޮތް އެ ކުޑަކުޑަ ޖަމީލާ ޚައިލާގެ ހަނދާނުގައި ސާފުކޮށް ހަރުލާފައި ވަނީ، އުމުރު ދުވަހަށްވެސް ފިލައިނުދާނެ ހަނދާންތަކެއްގެ ގޮތުގައެވެ.

ފަލަސްތީނުގެ މަދަނީ ދިފާއުން އާންމުކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ ވައްޓާލާފައިވާ ޢިމާރާތެއްގެ ގައުކުނޑިތަކުގެ ދަށުން ކުޑަކުޑަ އަންހެން ކުއްޖަކު ނަގާ މަންޒަރެވެ. އެ ކުއްޖަކީ ޖަމީލާއެވެ.

ޖަމީލާއާއި އޭނާގެ މައިންބަފައިން ކިޔައިދިން ގޮތުގައި އިޒްރޭލުން ދިން ވައިގެ ހަމަލާގައި، ޖަމީލާއާއި އެ އާއިލާގެ އިތުރު މެންބަރުންތަކެއް ޒަޚަމްވިއެވެ. އަދި ޖަމީލާގެ އެއްބަނޑު އެއްބަފާ ތިންބެއިން މި ދުނިޔެއާ ވަކިވިއެވެ. އެއީ ރަމަޟާން، ޔަޒާމް އަދި ފާޠިމާއެވެ.

ޖަމީލާގެ މަންމަ، އަސްމާގެ ވާހަކަތައްވެސް ހުރީ އެފަދަ ގޮތަކަށެވެ.

ޖަމީލާގެ މަންމަ އުފުލަމުންދާ ހިތްދަތިކަމާއި ވޭނަކީވެސް އެހެން މީހަކަށް ބަޔާންކޮށްދެވޭނެ ޖަޒުބާތުތަކެއް ނޫނެވެ.

5 މަހަށްވުރެ ގިނަ ދުވަހަށް ދިގުލައި ގޮސްފައިވާ ގަތުލުއާންމުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު މިހާރު 31000އާ ގާތްކުރަނީއެވެ. އެއީ ރަސްމީ އަދަދުތަކެވެ. އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ ގަބުރުތަކެއް ވާނެކަމަށް، ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެކިއެކި އުދުވާންތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވެސް ލައްކައަކާ ގާތްކުރެއެވެ. އެކަމަކު، އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ޣައްޒާގައި ނެތެވެ. ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލަން ވައުދުވެގެން ކަމަށް ބުނެ އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ދޮވެލުމުގެ ގަތުލުއާންމުގައި ޣައްޒާއިން މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް