Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

މިއީ ބާސެލޯނާ އަށް ބަދަލެއް އަންނަންވީ ވަގުތު: ޒަވީ

ޒަވީ ވަނީ ކުލަބުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، މި ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ނިންމައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މާރިޗު 2024 | ބުރާސްފަތި 00:28
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

މިއީ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލެއް އަންނަންވީ ވަގުތު ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ބާސެލޯނާ އިން އިޓަލީގެ ނަޕޯލީ ބަލިކޮށް، ކުއާޓާ ފައިނަލްގެ ޖާގަ ހޯދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ޒަވީ ވަނީ ނިންމައިފަ އެވެ. މި ސީޒަންގައި ބާސެލޯނާގެ ނަތިޖާތައް ދަށްވެފައިވާއިރު، ޒަވީ ވަނީ ކުލަބުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. ނަމަވެސް ބާސެލޯނާާގެ އިސްވެރިން އަދިވެސް އެދެނީ ޒަވީ އެ ކުލަބުގައި މަޑު ކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން ޒަވީ ބުނީ، އޭނާގެ ނިންމުމަށް އެއްވެސް ބަަދަލެއް ނާންނާނެ ކަމަށާއި، އެ ނިންމުމުގެ މަތީގައި އޭނާ ދެމި ހުންނާނެ ކަމަށެވެ. ބާސެލޯނާ އާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް ޒަވީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި މިއީ ކުލަބަށް ބަދަލެއް އަންނަން ޖެހޭ ވަގުތު ކަމަށެވެ.

އިތުރަށް އޭނާ ބުނީ ބާސެލޯނާ އަށް ބޮޑެތި ޓީމުތަކާ ވާދަނުކުރެވޭ ކަމަށާއި، ބާސެލޯނާގައި އެ ފެންވަރު ނެތް ކަމަށް ބައެއް މީޑިއާ ތަކުގައި ލިޔެފައިވާ ކަމަށެވެ. ނަމަވެސް ނަޕޯލީ މެޗުން އެކަން އޮތް ގޮތް ސާފުކޮށް ފެންނާނެކަން ފާހަގަކޮށް ޒަވީ ބުނީ، ބާސެލޯނާ އަކީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅެން ޖެހިލުން ނުވާނެ ޓީމެއް ކަމަށެވެ.

ޒަވީ ބުނީ ބާސެލޯނާ ދޫކޮށް އޭނާ ދިޔަ ނަމަވެސް، އަބަދު ވެސް ބާސެލޯނާ އަށް ކާމިޔާބަށް އެދޭނެ ކަމަށެވެ. އަދި ވީ މިންވަރަކުން ބާސެލޯނާ އިން ސްޕެނިޝް ލީގު އަދި ޚާއްސަކޮށް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުތައް ބަލަން އަންނާނެ ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.

ބާސެލޯނާޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު