Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޯދަމަހުވެސް ޣައްޒާ ހަނގުރާމަ ދަނީ ކުރިއަށް

‎‏ރަމަޟާން މަހާއެކުވެސް ޣައްޒާގައި މީހުން މެރުމާއި ބޮން ގޮއްވުމާއި ލޭއޮހޮރުވުން ކުރިއަށް އެބަދޭ: އދ‏

11 މާރިޗު 2024 | ހޯމަ 18:10

ރަމަޟާން މަސް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓައިލުމަށް ތަކުރާރުކޮށް ދެފަރާތަށްވެސް ގޮވައިލައިފައިވާނެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 މާރިޗު 2024 | ހޯމަ 18:10
ޣައްޒާގައި ކޮންމެ ދުވަހަކުވެސް ދަނީ އެތައް ފުރާނައެއް ނެތިކޮށްލަމުން

ޣައްޒާގައި ކޮންމެ ދުވަހަކުވެސް ދަނީ އެތައް ފުރާނައެއް ނެތިކޮށްލަމުން

މުސްލިމުންގެ އެންމެ ޚާއްސަ މައްސަރު ކަނަށްވާ ރަމަޟާން މަސް ފެށުނުނަމަވެސް، ޣައްޒާގައި މީހުން މެރުމާއި ބޮން ގޮއްވުމާއި ލޭއޮހޮރުވުން ކުރިއަށްދާކަމަށް އދ.ގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އދ.ގެ ސެކްރެޓަރީ ޖެނެލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، ރަމަޟާން ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓައިލުމަށް ތަކުރާރުކޮށް ދެފަރާތަށްވެސް ގޮވައިލައްވައިފައި ވާނެކަމަށާއި، އެހެންނަމަވެސް ހަމަލާ ބަދަލުކުރުމަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާކަމަށެވެ.

ފަލަސްތީނަށާއި ހަމާސްއަށްވެސް ރައްކާތެރިކަމާއި އަމާންކަން އޮތީ ސުލްހަވެރިކަން އިސްކޮށްގެން ކަމަށާއި، އެހެންކަމުން ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. ‎

ގުޓަރޭޒް ވިދާޅުވީ އޭނާ އދ. މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ދުވަހަކުވެސް އެއްވެސް ތަނަކުން ނުފެންނަ ވަރަށް މަރުތަކާއި، ގެދޮރު ގެއްލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް ޣައްޒާއިން މިއަދު ފެންނަމުން ދާކަމަށެވެ.

‎އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާ ބެހޭގޮތުން ގުޓެރޭޒް ވިދާޅުވީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތައް އޮތީ ފުނޑުފުނޑުވެފައި ‎‎ކަމަށެވެ.‎

‎އަދި ރަފަހަށް އިސްރާއީލުން ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ އެފަދަ ފިޔަވަޅެއްގެ ސަބަބުން ޣައްޒާގެ ‎‎ރައްޔިތުންގެ ހިތްދަތިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.‎

‎އެތައް މަހެއް ވަންދެން ދުނިޔޭގެ ލީޑަރުން އިލްތިމާސް ކުރައްވަމުން ގެންދަވަނީ ވަގުތުން މި ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުކުރި ‎‎އެންމެން ވަގުތުން މިނިވަން ކުރުމަށެވެ. އެކަމަކު އެންމެ ހިތްދަތި ވޭންދެނިވި މަޖުބޫރު ގޮވުންތައް އިވެމުން އައީ މި ހަނގުރާމައިގެ ޝިކާރައަކަށްވި މީހުންގެ ‎‎އާއިލާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.‎

‎ގުޓަރޭޒް ވަނީ މަރުވި މީހުންގެ އާއިލާތަކުގެ އަޑުއަހައި، އެކަމަށް ސަމާލުކަން ދިނުމަށް ހުރިހާ ފަރާތްތަކަކަށް ގޮވައިލައްވައިފައެވެ.  ‎

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2018

ރޭޕްގެ ތުހުމަތުގައި ދީނީ ޢިލްމުވެރިޔާ ތާރިޤް ރަމަޟާންއާ ސުވާލުކޮށްފި

31 ޖެނުއަރީ 2018
ރޭޕްގެ ތުހުމަތުގައި ދީނީ ޢިލްމުވެރިޔާ ތާރިޤް ރަމަޟާންއާ ސުވާލުކޮށްފި
26 ނޮވެމްބަރު 2017

އަލްޖަޒީރާއަށް ބޮންއެޅުމަަށް ޔޫއޭއީގެ ސަލާމަތީ ޚިދުމަތްތަކުގެ އޮފިޝަލަކު ގޮވާލައްވައިފި

26 ނޮވެމްބަރު 2017
އަލްޖަޒީރާއަށް ބޮންއެޅުމަަށް ޔޫއޭއީގެ ސަލާމަތީ ޚިދުމަތްތަކުގެ އޮފިޝަލަކު ގޮވާލައްވައިފި
06 ނޮވެމްބަރު 2017

ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި

06 ނޮވެމްބަރު 2017
ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް