Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ ހަނގުރާމަ

ވާރޭ ވެހޭހެން ސައުދީ އަރަބިއްޔާއިން ޔަމަނަށް ބޮން އަޅާލައިފި

6 ނޮވެމްބަރު 2017 | ހޯމަ 09:33

މަދުވެގެން 29 ފަހަރު ވައިގެމަގުން ހަމަލާ ދީފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 ނޮވެމްބަރު 2017 | ހޯމަ 09:33
 ވެރިރަށް ސަންއާއަށް އެކަނި 15 ހަމަލާއެއް އަމާޒުކުރި

ވެރިރަށް ސަންއާއަށް އެކަނި 15 ހަމަލާއެއް އަމާޒުކުރި

ސައުދީއަރަބިއްޔާގެ ވެރިރަށް ރިޔާޒްއަށް އަމާޒުކޮށް ހޫސީ ހަނގުރާމަވެރިން ބެލިސްޓިކް މިސައިލެއް ފޮނުވާލިތާ ގަޑިއިރުތަކަކަށްފަހު، ސައުދީ އިސްވެއޮވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގެ ވެރިރަށް ސަންއާއަށް މަދުވެގެން 29 ފަހަރެއްގެ މަތިން ވައިގެމަގުން ހަމަލާދީފިއެވެ.

މަންޒަރު ދުށް ފަރާތްތަކުން އަލް ޖަޒީރާގައި ބުނެފައިވަނީ ވެރިރަށް ސަންއާގެ މީހުން ދިރިއުޅޭ އެތައް ސަރަހައްދަކަށް އާދީއްތަ ދުވަހުގެ ރޭ " ބޮމުގެ ވާރޭ ވެހިފައިވާ"ކަމަށެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ރިޔާސީ ގަނޑުވަރާއި، ނޭޝަނަލް ސެކިއުރިޓީ ހެޑްކުއާޓަރ އަދި އިންޓީރިއަރ މިނިސްޓްރީގެ ކައިރީ ހުންނަ ހޫސީ ހަނގުރާމަވެރިން ޕެރޭޑް ބާއްވާ އަލް ސަބީން ސްކްއެއަރއަށެވެ.

ހޫސީން ހިންގާ ސަބާ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި ސަންއާއަށް 15 ހަމަލާއެއް އަދި ސިންހާން ޑިސްޓްރިކްޓާއި ބަނީ ބަހުލުލްގައި އިތުރު 14 ހަމަލާއެއްވަނީ ދީފައެވެ.

ވެރިރަށް ސަންއާގައި ހުރި އެކްޓިވިސްޓެއްކަމަށްވާ ފާތިކް އަލް-ރޮޒައިނީ އަލް ޖަޒީރާގައި ބުނެފައިވަނީ ބައެއް ހަމަލާތައް އަމާޒުކުރީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ ސަންއާގެ ގަދީމީ ސިޓީއަށްކަމަށެވެ.

ރޮޒައިނީ ބުނިގޮތުގައި މިއީ މި ހަނގުރާމަ ފެށުނުފަހުން އައި އެންމެ ގެއްލުން ބޮޑު ދުވަހެވެ.

ސައުދީ އިސްވެ އޮވެ ގުޅިފައިވާ ކޯލިޝަނުން ޔަމަނުގެ ހޫސީންނާ ދެކޮޅަށް ހަމަލާދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް