Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންނަށް ފައިސާ ދޫކުރުން

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދޫކުރައްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 މާރިޗު 2024 | ހޯމަ 05:35

ދޫކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ހާމަކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 މާރިޗު 2024 | ހޯމަ 05:35
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދޫކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ އާދިއްތަ ދުވަހު ދެވުނު ފައިސާއާއެކު މަސްވެރިން މިދިޔަ ހުކުރު ދުވަހާއި ހިސާބަށް ބޭނި ހުރިހާ މަހެއްގެ ފައިސާދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ސަރުކާރުން އަދި ހާމަކޮށްފައިނުވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މާރިޗް މަހުގެ 3 ވަނަ ދުވަހު ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ސާފުކުރުމަށްފަހު، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބައެއް މީޑިއާތަކަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާލީ ވުޒާރާއިން މިފްކޯއަށް ދޫކޮށްފައިވާ ކަމަށެވެ. އޮޑިވެރިންނަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މިފްކޯއިން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން ބޭންކް އޮފް މޯލްޑިވްސް ނޫން ބޭންކެއްގެ އެކައުންޓެއް ގެންގުޅޭ މީހެއް ނަމަ ހޯމަ ދުވަހު ފައިސާ ޖަމާވުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމެއް ކަމަށާއި، އެއީ ގިނަ އަދަދެއްގެ ފައިސާއަށްވާތީ އެއްފަހަރާ ދެއްކުމަށް ދައުލަތަށް އުދަނގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލު ހާމަކުރައްވައި އަމީރު ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެ ސަރުކާރުގައި ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސެވިކަމަށެވެ. އަދި މިފްކޯއިން މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖައްސާފައިވާނެކަމަށާއި ކުރީ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާދޫކުރަމުން ދިޔަކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 16ން ފެށިގެން ނޮވެންބަރު 15 ނިޔަލަށް މަސްވެރިންނަށް ފައިސާނުދެވި ހުރި މިންވަރު ހާމަވާ ތަފްސީލު ވެސް އަމީރު ހާމަކުރައްވާފައިވާއިރު އެ ތަފްސީލުގައިވާ ގޮތުން 1،460 ދޯންޏަކަށް ނުދައްކައި ހުރީ 184،254،116 މިލިއަން ރުފިޔާއެވެ.

މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދޫކޮށްފައިމިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ދެ މަސް ފާއިތުވުމުން މަސްވެރިން ރުޅިގަދަވެ، އިހުތިޖާޖަށް ނުކުތުމުންނެވެ. މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެ، ނުރުހުން ފާޅުކޮށްފައެވެ. ފައިސާ ނުލިބުމާއި ގުޅިގެން ދިރިއުޅުމުގެ ހާލަތު ދަށްވެ، މަހަށް ފުރޭނެ ގޮތް ވެސް ނެތް ކަމަށް ބައެއް މަސްވެރިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް