Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ގއ. ދެއްވަދޫއަށް ވަޑައިގަތުން

މަސްވެރިކަން ފުޅާކުރުމަށް ބޭރުގެ އެހީތެރިކަން ހޯދަނީ

9 ޖެނުއަރީ 2025 | ބުރާސްފަތި 10:45

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ އަތް މަތީގައި އޮތް ސިނާއަތެއްކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 ޖެނުއަރީ 2025 | ބުރާސްފަތި 10:45
ގއ. ދެއްވަދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ގއ. ދެއްވަދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ދައުލަތުގެ ބަޖެޓުގެ އިތުރުން ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް އެކަން ހާމަކުރެއްވީ ހުވަދޫ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަސްވެރިކަމަށް މަޝްހޫރު ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ މަސައްކަތް ހުސްވި ޑިސެމްބަރު މަހުގެ 10 (މަސްވެރިންގެ ދުވަސް) ގައި ފަށާފައިވާ ކަމަށެވެ.

އެއަަށް ފަހު އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމުގައިވަނީނަމަ ޖީޑީޕީގެ ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބި، ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ސިނާއަތަކީ މަސްވެރިކަން ކަމަށެވެ. އެހެންވެ އެ ސިނާއަތް ކުރިއަރުވަން އިތުރު މަސައްކަތްތަކެއް ސަރުކާރުން ރާވާފައިވާ ކަމަށް ވިިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ އަތް މަތީގައި އޮތް ސިނާއަތެއް ކަމަށާއި ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ނުރައްކާތެރި ކަންކަމާ ސީދާ އެހާ ބޮޑަށް ގުޅިފައި ނެތް މުހިއްމު ލޭ ނާރު ކަަމަށްވެސް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ދެއްވަދޫގެ އައިސްޕްލާންޓް ހުއްޓިފައި އޮންނަތާ 3 އަހަރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އައިސްޕްލާންޓް މަރާމާތުކުރުމުގެ އިތުރުން އާ އައިސްޕްލާންޓެއް އެ ރަށަށް ގެންގޮސް އޮޕަރޭޓްކުރުމަށް ޕިޝަރީޒް މިނިސްޓްރީން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސް ވަނީ ދެއްވަދޫގެ ރަށްގިރުމާއި، ބަނދަރުގެ މައްސަލަ އަދި ކުނިކޮށީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މި އަހަރުގެ ބަޖެޓްގެ ތެރެއިން އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ އީޝާރާތެއް ރައީސް ދެއްވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް