Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަދަބުއަޚުލާގު ދެމެހެއްޓުން

ރައީސްގެ ނަސޭހަތްޕުޅަކީ އެންމެންގެ އުޅުމާއި ބަސްމަގު ރީތިކުރުން - އެންމެ އަރިހުގައި މަސައްކަތްކުރައްވާ ދައުލަތުގެ ވަޒީރުންނާއި ނައިބުންގެ އުޅުމާއި ބަސްމަގު ހުރި ގޮތް އެނގިވަޑައިގަންނަވާތޯ؟

10 މާރިޗު 2024 | އާދީއްތަ 07:59

ވަޒީރެއްގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފް މަޖިލިސް މެންބަރެއްގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވިދާނެތޯ ސުވާލު އުފައްދަވާފައިވޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 10 މާރިޗު 2024 | އާދީއްތަ 07:59
މިއީ ރިވެތި އާދަތައް އަށަގެންނެވުމަށް ލިބޭ ފުރުސަތެއް، ރަމަޟާން މަސް ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި

މިއީ ރިވެތި އާދަތައް އަށަގެންނެވުމަށް ލިބޭ ފުރުސަތެއް، ރަމަޟާން މަސް ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި | ރައީސް އޮފީސް

އަހަރެމެން ދުނިޔެއަށް ފޮނުއްވާފައިވަނީ ރިވެތި އަޚްލާގެއްގައި އުޅުމަށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށެވެ. އެހެން މީހުންނާ މުޢާމަލާތް ކުރާއިރު ރީތި ބަހުން މުޢާމަލާތް ކުރުމަށެވެ. މިއީ ވަކި ފަންތިއެއްގެ ވަކި މީހަކަށްވީތީ ކުރަންޖެހޭ ކަމެއް ނޫނެވެ. ތިމާއަށް މަތީ މަޤާމެއް ލިބުނޭ ކިޔާފައި ބަސްމަގު ހަޑިކުރުމާއި ބޮޑާވާކަށް ނުޖެހޭނެއެވެ. އެންމެ އާދައިގެ ނިކަމެތި މީހާ އިސްކުރާ ރިވެތި އަޚުލާގައި ނަމޫނާ ގައުމުގެ އެންމެ މަތީ މަގާމުގައި ހުންނަ މީހާވެސް އަދާކުރަންޖެހޭނެއެވެ.

ދައްކަން މިއުޅެނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން ހޮނިހިރު ދުވަހު ޅ. ނައިފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަކަށެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ރިވެތި ސިފަތައް އަށަގެންނެވުމަށް އަހަރެމެން އެންމެންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. ރައީސް މުއިއްޒު ވިދާޅުވިޔަސް ހެޔޮ ވާހަކައެއް ވާނީ ހެޔޮ ވާހަކައަކަށެވެ. ނަމަވެސް ސުވާލަކީ، ރައީސް މުއިއްޒު މިގޮތަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ދައުލަތުގެ ވަޒީރުންނާއި ވަޒީރުންގެ ނައިބުންގެ ކިބައިގައި މި ސިފަތައް އެބަހުރިތޯއެވެ؟

ސަބަބެއް ނެތިއެއްވެސް ނޫނެވެ. ސަބަބުތައް ގިނަކަމުންނެވެ. އެންމެ ފުރަތަމަ މި ބަލާލަނީ ގައުމެއްގެ ވެރިއަކަށް ފުރައްސާރަކުރުމުގެ ސަބަބުން ސަސްޕެންޑުކުރި ތިން ނައިބު ވަޒީރުންގެ ވާހަކައަށެވެ. މި ތިން ނައިބު ވަޒީރުންވެސް މުސާރަ ލިބޭ ގޮތައް ވަނީ ސަސްޕެންޑުކޮށްފައެވެ. ނަމަވެސް، އެހިސާބުން ފުރައްސާރަކުރުން ހުއްޓުނީއެއް ނޫނެވެ. ސަސްޕެންޝަނުގައި ހުރެ، ނައިބު ވަޒީރަކު ވަނީ ނުކުޅެދުންތެރިކަން ހުރި ދިވެހި ދަރިއަކަށް ފުރައްސާރަކޮށް ގަނާކޮށްފައެވެ. އެހެންވެ މިދަންނަވަނީ، ރައީސް އެވެ. ތިމަން މަނިކުފާނު ނަސޭހަތްތެރިވެވެވަޑައިގަންނަވަނީ އެންމެންގެ އުޅުމާއި ބަސްމަގު ރީތިކުރަން ކަމަށް ވާއިރު، އެންމެ އަރިހުގައި މަސައްކަތްކުރައްވާ ދައުލަތުގެ ވަޒީރުންނާއި ނައިބުންގެ އުޅުމާއި ބަސްމަގު ހުންނަ ގޮތް އެެނގިވަޑައިގަންނަވާތޯއެވެ؟

ދެން އޮތީ ދައުލަތުގެ ވަޒީރެއްގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފް ދެއްކެވި ވާހަކައެވެ. ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅުގެ ނަމުގައި ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި އާދަމް ޝަރީފް ވަނީ މަޖިލިސް މެންބަރެއްގެ ގޮތުގައި މިއަދުވެސް ހުންނެވިނަމަ މެންބަރެއްގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ. މިއީ ދައުލަތުގެ ވަޒީރުންގެ ކިބައިން މިއަދު ފެންނަންޖެހޭ ބަސްމަގާއި އަޚުލާގުތޯއެވެ؟ އެހެންވެ މިދަންނަވަނީ، ރައީސް އެވެ. ތިމަން މަނިކުފާނު ނަސޭހަތްތެރިވެވަޑައިގަންނަވަނީ އެންމެންގެ އުޅުމާއި ބަސްމަގު ރީތިކުރަން ކަމަށް ވާއިރު، އެންމެ އަރިހުގައި މަސައްކަތްކުރައްވާ ދައުލަތުގެ ވަޒީރުންނާއި ނައިބުންގެ އުޅުމާއި ބަސްމަގު ހުންނަ ގޮތް އެނގިވަޑައިގަންނަވާތޯއެވެ؟

އަހަރެމެން ބަސްމަގު ރީތިކޮށް ބައްޓަންކުރަންޖެހޭނީ ނިކަމެތި މީހާ މަތީ ފެންވަރުގެ މީހާއަށް އެކަންނެއް ނޫނެވެ. މަތީ ފެންވަރުގައި ހުންނަ މީހާވެސް ހަމަ އެ ނިކަމެތި މީހާއަށް މުޢާމަލާތް ކުރުމުގައި އަޚުލާގު ބެހެއްޓުމުގައި ރިވެތި ގޮތްތަކެއް ގެންގުޅެން ޖެހޭނެއެވެ. ސަރުކާރުގެ އިސް ވަޒީރުންނާއި ނާއިބުންގެ އަޚުލާގު މިދަރަޖައަށް ދާނަމަ ގައުމު ވެއްޓިގެންދާނީ ބޮޑު އަނދަވަޅަކަށެވެ. ދޮށީ މީހާގެ ޢަމަލުތައް ބަލާ ކުޑަކުދިން ދަސްކުރަމުންދާހެން ގައުމުގެ މަތީ ވެރިންގެ މި ޢަމަލުތަކުން އެންމެ ދަށު އާއްމު ރައްޔިތުމީހާއަށް ވެސް އޭގެ ނޭދެވޭ އަސަރުކުރުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެހެންކަމުން، ކުރިއަށް މި އޮތް ރަމަޟާން މަސް އަޅުގަނޑުމެން އެންމެންނާ ބައްދަލުކުރާހިނދު މި ނޭދެވޭ އެންމެހާ ކަންކަމުން ދުރުވަމާތޯއެވެ!

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2018

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018
ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!
14 އޮކްޓޯބަރު 2018

އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

14 އޮކްޓޯބަރު 2018
އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި
14 އޮކްޓޯބަރު 2018

އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!

14 އޮކްޓޯބަރު 2018
އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
27 ސެޕްޓެމްބަރު 2018

ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟

27 ސެޕްޓެމްބަރު 2018
ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
27 މާރިޗު 2018

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް