Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟

ތިނަދޫގެ ހުރިހާ ފޮށިތަކެއް އަގުލަބިއްޔަތު އިބޫއަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 11:31
ރާއްޖެޓީވީއާ ވާހަކަ ދެއްކި ތިނަދޫ ބައެއް މީހުން: ރައީސް ޔާމީނަށް ތިނަދޫއިން ނޫނެކޭ ބުނި ސަބަބު ކިޔައިދީފައިވޭ

ރާއްޖެޓީވީއާ ވާހަކަ ދެއްކި ތިނަދޫ ބައެއް މީހުން: ރައީސް ޔާމީނަށް ތިނަދޫއިން ނޫނެކޭ ބުނި ސަބަބު ކިޔައިދީފައިވޭ

ސަރުކާރުން ރާއްޖޭގެ ދެކުނުގައި ހިންގި އެންމެ ބޮޑެތި މަޝްރޫއުތައް ހިންގީ ގދ. ތިނަދޫގައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ތާއީދު ބޮޑު، ތިނަދޫގައި ސަރުކާރުން ބިނިއަން ރުފިޔާގެ މަޝްރޫއުތައް ހިންގީ ރައްޔިތުންގެ ތާއިދު ހޯދުމަށެވެ. ރައްޔިތުންގެ ރުހުން ހޯދުމަށެވެ. ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ލިބޭނެ ކަމުގެ އުންމީދުގަވެ. ނަމަވެސް އޭގެ ނަތީޖާ އާދީއްތަ ދުވަހު އެ ރަށުގެ ރައްޔިތުން ވަނީ ދައްކައިދީފައެވެ. ޑިމޮކްރަސީގައި ރައްޔިތުން ރުހުމާއި ނުރުހުން އެންމެ ބޮޑަށް ފެންނަނީ ވޯޓުންނެވެ.

"ތިނަދޫގެ ރައްޔިތުން ސާބިތުކޮށްދިނީ ތިމަންނާމެންނަކީ ހަމަހަމަ ކަމާއި އިންސާފަށް ލޯބި ކުރާ އަނިޔާވެރިކަމާ ދެކޮޅު ބައެއްކަން. އަޅުގަނޑުމެންނަކީ އެއްވެސް ރައްޔިތަކަށް އަނިޔާ ލިބޭކަށް އެދޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ހަމަހަމަ ކަމާއި އިންސާފު ލިބި އެއް ވަރެއްގައި ދިރިއުޅެން ބާރު އަޅާ ބައެއް،" ތިނަދޫއިން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަޝްހޫރު ނަމުންނަމަ "ހަވަރު ތިނަދޫ" މީހުންނަކީ ބިރު ކުޑަ ބައެކެވެ. ފަސް ޖެހުމެއް، ޖެހިލުމެއް އޮތް ބައެއް ނޫނެވެ. ދިވެހި ސަރުކާރާ ދެކޮޅަށް ނުކުމެ، ވަކި ދައުލަތެއްގެ ގޮތުގައި ސުވައިދީބު އުފެދުމާއި އެ ދައުލަތުގެ ނިމުން އައި ގޮތުން ހަވަރުގެ ބާރު ވަނީ ދައްކާފައެވެ.

މި ސަރުކާރުގައި މުވައްޒަފުންނަށް ދައްކަމުން ދިޔަ ވަޒީފާގެ ބިރަށް ޖެހިލުމެއް ނެތި، މުވައްޒަފުން އެންމެ ފުރަތަމަ ނުކުތީ ތިނަދޫއިންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ވަޑައިގަތުމާއެކު، ސަރުކާރުގެ މުވައްޒަފުން މިނިވަން ވާން ޖެހޭކަން ދައްކައި ދިނީ ތިނަދޫއިންނެވެ. އެއާއެކު ހުވަދޫގެ އެހެން ރަށްތަކުގެ މުވައްޒަފުން ވެސް ފާޅުގައި އިބޫއަށް ތާއިދު ކުރިއެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކަށް އެކަން ފެތުރި އިބޫއަށް އޮތް ލޯބި ސަރުކާރުގެ މުވައްޒަފުން ބަންޑުން ކުރިއެވެ.

ކުރާ ހިތުން ކުރަމުން ދިޔަ މަސައްކަތުން އެކަހެރިކޮށް، ސަރުކާރުގެ ވަޒީފާތަކުން ދުރުކުރި ތިނަދޫގެ ބައެއް މުވައްޒަފުންނާ ރާއްޖެއެމްވީން ވަނީ ވާހަކަ ދައްކާފައެވެ. ވަކި ފިކުރަކަށް ތާއިދު ކުރާތީ، އެތައް އަހަރެއް ވަންދެން ދައުލަތަށް ހިދުމަތް ކުރި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ކުރަން ޖެހުނު ތަޖުރިބާ އެ މުވައްޒަފުން ވަނީ ރާއްޖެއެމްވީއަށް ކިޔައިދީފައެވެ.

"ކުއްލިއަކަށް އެކަހަލަ ކަމެއް ދިމާވީމަ ޝޮކެއް ޖެހޭނެކަން އެނގޭ. އާއިލާގެ އެހެން ކުދިން ވެސް ތިބެނީ ވަޒީފާތަކުގައި އެކަމަކު ކުއްލިއަކަށް އެގޮތަށް އަމަލު ކުރުން ވަރަށް ދަތިވި. ހަމައެކަނި ސަބަބަކީ ސިޔާސީ ގޮތުން އަޅުގަނޑުގެ ފިކުރު،" ތިނަދޫ އެމްއާރްޑީސީގެ ވަޒީފާއިން ވަކިކޮށްފައިވާ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ އެކި އަނިޔާތައް ތަހަންމަލް ކުރި މީހުން ތިނަދޫގައި މަދެއް ނޫނެވެ. އެކަށީގެންވާ ބޭސް ފަރުވާ ނުލިބި ރައީސް ޔާމީންގެ ސަރުކާރުގައި 17 ވަރަކަށް ގައިދީން ޖަލުގައި މަރުވެފައިވާއިރު، އެންމެ ފަހުން ޖަލުގައި މަރުވީ ވެސް ތިނަދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އެ ސަބަބާ ހުރެ ރައީސް ޔާމީނަށް މައާފު ނުކުރާނެ ކަމަށް ވެސް ބުނަނީ ތިނަދޫ ރައްޔިތުންނެވެ.

"ރައީސް ޔާމީނަށް މައާފު ކުރުމުގެ ބާރެއް އިބްރާހިމް މުހައްމަދު ސޯލިހު [އިބޫ]އަކަށް ވެސް ނޯންނާނެ. އަދި ހަތަރު ޕާޓީގެ ލީޑަރުންނަށް ވެސް ނޯންނާނެ. އެއީ ރައީސް ޔާމީން އެބަހުރި ރައްޔިތުންގެ ހައްގުތަކަކަށް އަރައިގެންފައި. އެ ހައްގުތައް މައާފު ކުރާނީ ހަމަ އެ ރައްޔިތުން،" ތިނަދޫއިން ރާއްޖެއެމްވީއަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ތިނަދޫއަށް ތަރައްގީ ގެނައި ކަމުގައި ވިޔަސް، އެ ރަށުގެ ރައްޔިތުންގެ 66 ޕަސެންޓް ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނި ސަބަބު އެ ރައްޔިތުންގެ އަމިއްލައަށް އެ ދަނީ ކިޔައިދެމުންނެވެ. ކޮރަޕްޝަނާއި ފަސާދަ އާއި ލާއިންސާނީ އަނިޔާތަކަށް ދީލައި ނުލާނެ ކަން އެ ވަނީ ސާބިތު ކޮށްދީފައެވެ. އަނިޔާ އާއި ކޮރަޕްޝަންގެ ވިހަ ދައުލަތުގެ ތެރެއަށް ދޫކޮށްލުމަށް ފަހު، އެ ވާހަކައަށް ފަސް އަޅަން ކޮންޓްރިޓް ތަރައްގީއަށް ދީލައި ނުލާނެ ކަން ތިނަދޫ ރައްޔިތުން އެ ވަނީ ސާބިތު ކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު