Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުިރިޔާސީ އިންތިޚާބު 2018

އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!

މައްސަލައިގެ އަޑުއެހުން މިއަދު 13:00 އަށް ވަނީ ތާވަލް ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 އޮކްޓޯބަރު 2018 | އާދީއްތަ 08:12
ސުޕްރީމް ކޯޓަށް ވަނުމަށް ގިނަ ބަޔަކު ކިޔޫގައި

ސުޕްރީމް ކޯޓަށް ވަނުމަށް ގިނަ ބަޔަކު ކިޔޫގައި

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ބޮޑުތަކުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބު ވުމުން، އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު 13:00 އަށް ތާވަލް ކޮށްފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން އެ ޝަރިއަތަށް ވަނީ ހުއްޓިފަ އެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުއެވެ. އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން ހުށަހަޅުއްވާފައި ވަނީ ސިއްރު ހެކިތަކެއްގެ މައްޗަށް ބިނާކޮށެވެ.

މިނިސްޓަރު މުއިއްޒު ކިޔުގައި

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށްފަހު އޭގެ އެއްދުވަސް ފަހުން ރައީސް ޔާމީން ވަނީ މަގު މައްޗަށް ނިކުމެ ވަޑައިގެން އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ދޭހަވާ ގޮތަށް އިލެކްޝަންސް ކަމިޝަންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

އިންތިޚާބު ބާތިލު ކުރުމަށް ދޮގު ހެކި އުފައްދާކަމުގެ ތުހުމަތުތަކެއް ޕީޕީއެމަށް ކުރަމުންދާއިރު ވޯޓު ކަރުދާސް ޕްރިންޓް ކުރި އެމް7ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އެތަނުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.

ރައްޔިތުންގެ ހުކުމް މިހާ ސާފުކޮށް އައިސްފައިވާއިރު، ހިޔާނާތާއި ރިޝްވަތުގެ ތުހްމަތު ކުރެވިފައިވާ ރައީސް އަބްދުﷲ ޔާމީން ގޮތް ދޫނުކުރައްވައި އަމަލުތައް ގެންދަވާ ގޮތުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެތެރެއިންނާއި ބޭރުގެ ފިއްތުންތައް ވަނީ ކުރިމަތިވެފަ އެވެ. ދިވެހި ރައްޔިތުން ޑިމޮކްރަސީއާއި ހައްގުތައް ހޯދުމަށާއި އިންސާފު ގާއިމުކުރުމަށް ވެފައިވާ ގުރުބާނީ ދުއްވާލައި، އެ ކަންކަމަށް ވާސިލުވުމަށް ހުރަސް އަޅާ ކޮންމެ ފަރާތަކަށް ދުނިޔެއިން ވަނީ އިންޒާރު ދީފަ އެވެ.

ސުޕްރީމް ކޯޓްގައި އާންމުން ދުރުކުރަން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

އެއީ ތޯތޯ ވާހަކައެއް ނޫނެވެ. އިންތިޚާބުގެ ކުރިންނާއި އިންތިޚާބުގެ ފަހުން ވަމުންދާ ގޮތުން ދުނިޔެއިން ވެސް ދަނީ ބަލަމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، އެންމެ ފަހުން އެމެރިކާއިން ދީފައިވަނި ސިއްސައިގެން ދާވަރުގެ އިންޒާރެކެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހުރަސް އަޅައި، ޑިމޮކްރަސީގެ އަސާސްތައް ނެތިކޮށްލުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު ޝަރީއަތް ފަށާއިރު، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ނިންމުން ހުރިގޮތް މިއީ އެވެ. ޖަޒީރާ ވަންތަ މި ދިވެހިރާއްޖެ، ރައީސް ޔާމީންގެ ވެރިކަމުގައި ހަރާބުކޮށް، ދައުލަތެއް ވަގަށް ނަގާފައިވާއިރު، އެކަން ރަނގަޅުކޮށް ދިވެހިންނަށް އަނބުރާ މި ރާއްޖެ ހޯދާ ދިނުމަށް އެެއްވެސް ބަޔަކު ހުރަސް އަޅައިފި ނަމަ، ދެން ނުކުންނާނެ ނަތީޖާ ގޯސްވެދާނެ އެވެ. ދެން ވެސް ކަންކަން ހަރާބުން ހަރާބު ވިޔަ ނުދިނުމުގައި ދައުލަތުގެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2018

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!
22 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!
05 ފެބުރުއަރީ 2018

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
01 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

01 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި
13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
07 ޖެނުއަރީ 2018

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟
30 އޯގަސްޓު 2017

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު