Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކައުންސިލް އިންތިހާބު

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބުގައި ސަރުކާރު ވަނީ ވަރަށް ބޮޑަށް ބަލިވެފައި

| 14 މެއި 2017 | އާދީއްތަ 10:28
ސްޓެލްކޯގައި ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

ސްޓެލްކޯގައި ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިތާ ހަފުތާއެއް ވެގެން ދިޔައިރު ވެސް، އިންތިހާބާބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ބަސްފުޅެއް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، "އިންތިހާބާ ބެހޭ ގޮތުން އެ މަނިކުފާނު [ރައީސް ޔާމީން] ބަސް ފުޅެއް ހާމަކުރައްވަން އޮތްނަމަ، އެކަމަށް އެންމެ މުނާސަބަތު ވަގުތެއްގައި ހާމަ ކުރައްވާނެ،" ކަމަށެވެ.

އެކިއެކި ކަންކަމާ ގުޅޭ ގޮތުން ރައީސް ޔާމީން ބަސްފުޅު ވިދާޅުވަނީ، މުއާޒު ވިދާޅުވި ގޮތުގައި، އާންމު ގޮތެއްގައި ޖަލްސާތަކުގައި ކަމަށާއި، އިންތިހާބަށް ފަހު، އެފަދަ ޖަލްސާއެއް އަދި ބާއްވާފައި ނެތް ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ވެސް ރަސްމީކޮށް ހާމަކޮށްފައި ނެތް ކަމަށާއި، އެހެންވެ، މުނާސަބަތު ވަގުތު ނުޖެހޭ ކަމަށް މުއާޒު ވިދާޅުވި އެވެ.

މެއި 6 ގައި ބޭއްވި ކައުންސިލް އިންތިހާބު ސަރުކާރުން ކާާމިޔާބު ކުރާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ވަރަށް ބޮޑު ތަނުން ވަނީ ބެލިވެފަ އެވެ. ރާއްޖެ ޓީވީގެ ނަތީޖާއިން ދައްކާ ގޮތުގައި ތިން ސިޓީގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ނަގާފައިވާއިރު، ޖުމުލަ 305 ގޮނޑިއެއް އެމްޑީޕީން ހޯދާފައިވެ އެވެ. ޕީޕީއެމް އަށް ލިބިފައިވަނީ 191 ގޮނޑިއެވެ. އަމިއްލަ ކެންޑިޑޭޓުން 101 ގޮނޑި ހޯދާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން 20 ގޮނޑި، އެމްޑީއޭ 19 ގޮނޑި އަދި ޑީއާރުޕީން އެއް ގޮނޑި ހޯދާފައިވެ އެވެ.

އިންތިހާބު ނިމުނުތާ ހަފުތާއެއް ވެގެން ދިޔައިރު، ރައީސް ޔާމީންގެ ބަސްފުޅެއް ވިދާޅުނުވިޔަސް، ރޭ ނިމިގެންދިޔަ މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރެއްވި ފަންނާނުންނަނަށް، ތަހްނިޔާ ވިދާޅުވުމަކީ މިއަދު ހެނދުނު ރައީސް ޔާމީން އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރި ތަސްނީމް އަހުމަދު (ބޮބް) އަދި ދެ ވަނަ އާއި ތިން ވަނައަށް ދިޔަ ފަންނާނަށް ރައީސް ޔާމީން ތަހްނިޔާ ވިދާޅުވާ ކަމަށް މުއާޒު އާދީއްތަ ދުވަހު ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ކައުންސިލް އިންތިހާބުގައި ސަރުކާރުންވި ބަލި ގަބޫލުކޮށް، ރައީސް ޔާމީން އެއްވެސް ބަސްފުޅެއް ވިދާޅުނުވާތީ އާއި، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުނުވާތީ، ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2018

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

27 ސެޕްޓެމްބަރު 2018
ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ
19 އޯގަސްޓު 2018

އިންތިހާބު ބޯމަތިވެފައި، އިންކަމް ޓެކްސްގެ ވާހަކަދައްކާނެ މީހެއް ނެތް؟

19 އޯގަސްޓު 2018
އިންތިހާބު ބޯމަތިވެފައި، އިންކަމް ޓެކްސްގެ ވާހަކަދައްކާނެ މީހެއް ނެތް؟
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
20 މެއި 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު