Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާސެލޯނާ މޮޅުކޮށްދިނީ ޔަމާލް!

މޮޅާއެކު ބާސެލޯނާ އިން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 28 މެޗުން 61 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2024 | ހޮނިހިރު 06:42
މެޗުގައި ލަނޑު ޖެހުމަށްފަހު ޔަމާލް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޔަމާލް އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މުހިންމު މޮޅެއް ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އަނިޔާގެ ސަބަބުން މި މެޗުގައި ބާސެލޯނާގެ މުހިންމު ބައެއް ކުޅުންތެރިން ނުކުޅެ އެވެ. އެގޮތުން ފްރެންކީ ޑި ޔޯން، ޕެޑްރީ އަދި ގަވީ ފަދަ ކުޅުންތެރިން ހިމެނެ އެވެ. މި ވަގުތު އަނިޔާގެ މައްސަލަ ބޮޑުވެފައިވާ ބާސެލޯނާގެ ރަފީނިއާ އަށް ވެސް ވަނީ އެ މެޗުގައި އަނިޔާވެފަ އެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ބާސެލޯނާ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އިލްކާއީ ގުންޑޮގާން ފޮނުވާލި ޕެނަލްޓީ މަޔޯކާގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުން ބާސެލޯނާ މޮޅުވީ 73 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޔަމީން ޔަމާލް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އެވެ.

މޮޅާއެކު ބާސެލޯނާ އިން ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 28 މެޗުން 61 ޕޮއިންޓު ހޯދައިގެންނެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި ރެއާލް މެޑްރިޑަށް ލިބެނީ 66 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ

21 އޯގަސްޓު 2017
އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ
16 އޯގަސްޓު 2017

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ
13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު