Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ނަމުގައި މާލިއްޔަތު ގަވާއިދާ ހިލާފު ކަންތައްތަކެއް

8 މާރިޗު 2024 | ހުކުރު 09:46

މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނެ ކްރައިޓީރިއާއެއް މައުލޫމާތު ޝީޓުގައި ހިމަނާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މާރިޗު 2024 | ހުކުރު 09:46
ގއ އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި އިސްވެރިން

ގއ އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި އިސްވެރިން

ގއ. އަތޮޅު ކައުންސިލުން 6 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ނަމުގައި މާލިއްޔަތު ގަވާއިދާ ހިލާފު ކަންތައްތަކެއްކޮށްފައިވާކަން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ގއ. އަތޮޅު ކައުންސިލުން 2022 ވަނަ އަހަރުގެ މާލި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ގއ.އަތޮޅުގެ 6 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް 1،054،872 ރުފިޔާއަށް އަމިއްލަ ފަރާތަކާއެކު ކައުންސިލް އިދާރާއިން 5 ޖޫން 2022 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ހިދުމަތާ ގުޅޭ ބައެއް ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަމަަށެވެ.

Advertisement - newsAdvertisement

އެގޮތުން ބިޑްތައް އިވެލުއޭޓްކުރާ އިރު ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނެ ކްރައިޓީރިއާއެއް މައުލޫމާތު ޝީޓުގައި ހިމަނާފައި ނުވާ ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާއިން 6 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް 16 މާޗް 2022 ގައި ކުރި އިއުލާނާއި ގުޅިގެން ބީލަންވެރިންނާއި ހިއްސާކުރެވުނު މައުލޫމާތު ޝީޓުގައި ބިޑްތައް އިވެލުއޭޓް ކުރުމަށް އަގު، މުއްދަތު އަދި މަސައްކަތުގެ ތަޖުރިބާ ހިމަނާފައި ވީނަމަވެސް، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނެ ކްރައިޓީރިއާއެއް މައުލޫމާތު ޝީޓުގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި މިހެންވުމުގެ ސަބަބުން ތަޖުރިބާއަށް ދިނުމަށް ކަނޑައަޅާފައިވާ 25 މާކްސް ބިޑް ހުށަހަޅާފައިވާ ފަރާޓްތަކަށް ދީފައިވަނީ ހަމަހަމަ އުސޫލަކުންކަން ބެލޭނެ ގޮތެއް ނެތް ކަމަށެވެ.

މީގެ އިތުރުން އެޑްވާންސް ޕޭމަންޓް ގްރެންޓީ ނަގާފައި ނުވާކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން 6 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 120،858 ރުފިޔާ ދޫކޮށްފައިވާއިރު، އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގްރެންޓީއެއް ހޯދާފައި ނުވާކަމަށެވެ.

މީގެ އިތުރުންވެސް ބިޑް ސެކިއުރިޓީއާއި ޕާރފޯމަންސް ގެރެންޓީވެސް ނަގާފައި ނުވެއެވެ. ދައުލަތުގެ މާލިއްތަު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ތަކެތި ބީލަމުގެ ޖުމްލަ އަގު 500،000 ރުފިޔާއަށްވުރެ ބޮޑުނަމަ، އެކަމާގުޅޭގޮތުން ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީއެއް ނަގަންޖެހެއެވެ. ނަމަވެސް ގއ. އަތޮޅު 6 ރަށެއްގެ ލޭންޑް ޔޫސްޕްލޭން ހެދުމުގެ މަސައްކަތާއި ގުޅިގެން ބިޑް ސެކިއުރިޓީއާއި ޕަރފޯމަންސް ގެރެންޓީ ނަގާފައި ނުވާ ކަމަށްވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް