Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރަވަންދޫ ކައުންސިލް

ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި - އޮޑިޓް

7 އޯގަސްޓު 2025 | ބުރާސްފަތި 04:49

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ވާގޮތުން ފައިސާ ދެއްކުމުގެ ކުރިން ތަކެއްޗާއި ހިދުމަތް ލިބުނުކަން ކަށަވަރުކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޯގަސްޓު 2025 | ބުރާސްފަތި 04:49
ދަރަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ދަރަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ހިދުމަތާއި ތަކެތި ހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް ދަރަވަންދޫ ކައުންސިލުން ފައިސާ ދެއްކި ކަމަށް ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

2023 ވަނަ އަހަރުގެ ބ. ދަރަވަންދޫ ކައުންސިލްގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އެއްވެސް އެކައުންޓަކުން ފައިސާ ހަރަދުކުރުމުގެ ކުރިން ތަކެއްޗާއި ހިދުމަތް ފުރިހަމައަށް ލިބިފައިވޭތޯ ބެލުމަށާއި، މަސައްކަތް ނިމިފައިވޭތޯ ބެލުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.01 ވަނަ މާއްދާގެ (ނ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޕޭމަންތް ވައުޗަރު ހަދަންވާނީ މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ކަމުގެ ލިޔުން އޮތްތޯ ބަލައި، އިންވޮއިސްގައިވާ އަގުތަކާއި، ޕާޗޭސް އޯޑަރު ނުވަތަ ކޮންޓްރެކްޓްފަދަ ގުޅުންހުރި ލިޔުންތަކާ އަޅާބަލައި، ހިސާބުތައް ޗެކްކޮށް ރަނގަޅުތޯ ބެލުމަށްފަހުގައި ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވަެސް ކައުންސިލް އިދާރާއިން 2023 ވަނަ އަހަރު ހޮދާފައިވާ ތަކެއްޗާއި ހިދުމަތްތަކުގެ ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން އެ ތަކެތި ނުވަތަ ހިދުމަތްތައް އިދާރާއަށް ފުރިހަމައަށް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުކޮށް 162،765 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ހަރަދުތަކުގެ ތަފްސީލު

  1. މަގުތައް ދިއްލުމަށް ބޭނުންވާ ހޮޅިދަނޑު ޖެހުމަށް - 81،500ރ
  2. ސެކިއުރިޓީ ހިދުމަތަށް - 8000ރ
  3. މިސްކިތް ސާފުކުރުމަށް - 6990ރ
  4. ބަދިގެ ޑަސްޓްބިން އުކާލުމުގެ ހަަރަދަށް - 6000ރ
  5. ވާރކް ޕާމިޓް ހުއްދަ ނެގުމުގެ ހިދުމަތް - 38،650ރ
  6. ކުއްޔަށް ޕިކަޕް ހިފުމަށް - 21،625ރ

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން ހަރަދުކުރަން އެންމެ އެކަށޭނެ ބަޖެޓް ކޯޑުން ހަރަދުކޮށްފައި ނުވާ އިރު، އެންމެ އެކަށޭނެ ބަޖެޓްކޯޑް ނޫން ކޯޑުތަކުން ޖުމްލަ 505،017 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީވެސް 2022 ވަނަ އަހަރުގެ އޮޑިޓުގައި ފަހަގަކޮށްފައިވާ ކަމެކެވެ.

ދަރަވަންދޫ ކައުންސިލްއޮޑިޓް ރިޕޯޓްމާލިއްޔަތު ގަވާއިދުބ. ދަރަވަންދޫޕޭމަންޓް ވައުޗަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

08 ނޮވެމްބަރު 2025
ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް
29 އޮކްޓޯބަރު 2025

ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު

29 އޮކްޓޯބަރު 2025
ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު
01 އޮކްޓޯބަރު 2025

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު
28 ސެޕްޓެމްބަރު 2025

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
12 ޖުލައި 2025

ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި

12 ޖުލައި 2025
ތިނަދޫ ސިޓީ ކައުންސިލުގެ އޮޓިޑު: މައްސަލަތައް އިސްލާހުކުރަން އަންގައިފި
12 ޖުލައި 2025

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް

12 ޖުލައި 2025
އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް
25 ޖެނުއަރީ 2025

ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި

25 ޖެނުއަރީ 2025
ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ: ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައިފި
12 ޖެނުއަރީ 2023

ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

12 ޖެނުއަރީ 2023
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!
04 ނޮވެމްބަރު 2022

ޖެހިޖެހިގެން 2 އަހަރު ވެސް ބަނޑިދޫ ކައުންސިލުން ގާނޫނާ އެއްގޮތަށް ޒިންމާ އަދާކޮށްފައި ނުވޭ – އޮޑިޓް

04 ނޮވެމްބަރު 2022
ޖެހިޖެހިގެން 2 އަހަރު ވެސް ބަނޑިދޫ ކައުންސިލުން ގާނޫނާ އެއްގޮތަށް ޒިންމާ އަދާކޮށްފައި ނުވޭ – އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް