Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯހައުސް ބަހާފައިވާ ގޮތާ މެދު ހިތްހަމަނުޖެހުން

އެމްޑީޕީ ސަރުކާރުން ގއ. ވިލިނގިލީގައި އިމާރާތް ކުރި ރޯހައުސްތައް، ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލުން ނާއިންސާފުން ދެމުންދާ ކަމަށް ބުނެ، އަންހެނަކު އިހްތިޖާޖު ކުރަނީ

އަންހެން މީހާ ވަނީ ކައުންސިލް އިދާރާގެ ދޮރު މަތީގައި ފޮތިގަނޑެއް އަޅައިގެން، ބާލީހެއް މަތީގައި އޮށޯވެގެން އޮވެ އިހުތިޖާޖު ކޮށްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2025 | ބުރާސްފަތި 07:09
ވިލިނގިލީ ކައުންސިލް އިދާރާ ދޮރު މަތީގައި އިހުތިޖާޖު ކުރި އަންހެން މީހާ

ވިލިނގިލީ ކައުންސިލް އިދާރާ ދޮރު މަތީގައި އިހުތިޖާޖު ކުރި އަންހެން މީހާ

އެމްޑީޕީ ސަރުކާރުން ގއ. ވިލިނގިލީގައި އިމާރާތް ކުރި ރޯހައުސްތައް، ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލުން ނާއިންސާފުން ދެމުންދާ ކަމަށް ބުނެ، އަންހެނަކު އިހްތިޖާޖު ކޮށްފިއެވެ.

ވިލިނގިލީ ކައުންސިލް އިން ރޯހައުސް ބަހާފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހުނު އަންހެނަކު ވަނީ، ބުރާސްފަތި ދުވަހުގެ ހެނދުނު ކައުންސިލް އިދާރާ ދޮރުމަތީގައި އޮށޯވެގެން އޮވެ އިހުތިޖާޖު ކޮށްފަ އެވެ.

Advertisement - newsAdvertisement

އެކަމާ ހިތްހަމަ ނުޖެހި އެ އަންހެން މީހާ ވަނީ ކައުންސިލް އިދާރާގެ ދޮރު މަތީގައި ފޮތިގަނޑެއް އަޅައިގެން، ބާލީހެއް މަތީގައި އޮށޯވެގެން އޮވެފަ އެވެ. އަވި ދިނުމުގެ ސަބަބުން ކުޑައެއް ހިފައިގެން އެ މީހާ އޮތްއިރު، ކޮންމެ ވެސް ބޭފުޅެއްގެ އިސްތިއުފާ އަށް ގޮވާލާ އަޑު އިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، ކައުންސިލް އިދާރާ ދޮރު މަތީގައި އޮށޯވެގެން އޮތް އަންހެން މީހާ ގާތުގައި ދެ ފުލުހުން ވެސް ތިއްބެ އެވެ. އަދި އެ މީހާއާ ކޮންމެ ވެސް ވާހަކައެއް ދައްކަމުން އަންނަކަން މަންޒަރުތަކުން އެނގެ އެވެ.

އެކަމާ ގުޅިގެން ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު ވިދާޅުވީ، މައްސަލަ ދިމާވެގެން އުޅެނީ އެ ރަށުގައި ހުރި 52 ރޯހައުސްގެ ތެރެއިން ބާކީ ނުދެވި ހުރި ދެ ރޯހައުސްގެ މައްސަލައެއް ކަމަށެވެ.

އެގޮތުން ކުރީ ދައުރުގެ ކައުންސިލް އިން ނިންމާފައި ވަނީ ރަށުން ބޭރުގައި އުޅޭ މީހުންގެ ކެޓަގަރީގެ ރޯހައުސް، ރަށުގައި އުޅޭ މީހުންގެ ކެޓަގަރީ އަށް ބަދަލު ކުރުމަށެވެ. ނަމަވެސް، އެކަމުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އަށް މައްސަލަ ޖެއްސުމުން އެކަން ހުއްޓުވާފައި އޮތް ކަމަށެވެ.

ނަމަވެސް، އޭސީސީ އިން މައްސަލަ ބެލުމަށް ފަހު ކައުންސިލް އިން ނިންމި ގޮތަށް ކުރިއަށް ގެންދިޔުމަށް އަންގާފައިވާ ކަމަށް ވިޝާލް ވިދާޅުވި އެވެ. އެހެންވެ ކައުންސިލުން އަލުން އިއުލާން ކުރުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި، މިހާރު ކުރަމުން އަންނަނީ އިއުލާން ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ ދެ ރޯހައުސް ކައުންސިލް އިން ވަކި މީހަކަށް ދީފައިވާ ކަމަށް ބުނެ ރަށު ތެރޭގައި ވާހަކަ ދެކެވެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ކައުންސިލް އިން އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ކައުންސިލް އިން ބޭނުން ވަނީ އިންސާފުވެރިކަމާ އެކު، އެންމެ ހައްގު ފަރާތަށް ދިނުމަށް ކަމަށް ވިޝާލް ވިދާޅުވި އެވެ.

ވިޝާލް ވިދާޅުވީ އެކަމާ ގުޅިގެން ކުރިއަށް ގެންދާ އިހުތިޖާޖަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު