Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

މޮޅުވާން ޖެހެނީ ހަމައެކަނި ކޯޗަށްޓަކައެއް ނޫން: ކޭން

އޭނާ ބުނީ ކުޅުންތެރިޔެއްގެ ޙައިޞިއްޔަތުން އެމީހުންނަަށް އޮންނާނީ ކޮންމެ މުބާރާތެއްގެ، ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މާރިޗު 2024 | ބުރާސްފަތި 02:09
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަދި އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ހެރީ ކޭން

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަދި އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ހެރީ ކޭން

މެޗުތަކުން ޓީމުތައް މޮޅުވާން ޖެހެނީ ހަމައެކަނި ކޯޗަށްޓަކައި ނޫން ކަމަށާއި، އެއީ ކުލަބަށްޓަކައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް، ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ލާޒިއޯ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދި މެޗަށްފަހު އެވެ. އެ މެޗުގައި ކޭން ވަނީ ދެ ލަނޑު ވެސް ޖަހައިފަ އެވެ. ޓޮޓެންހަމް ދޫކޮށްލުމަށްފަހު، ބަޔާނަށް ބަދަލުވެ އޭނާަ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޭން ބުނީ ބަޔާނަށް ލިބުނޫ ވަރަށް މުހިންމު މޮޅެއް ކަމަށާއި، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް، އެ މޮޅަކީ އަހަރުގެ ބާކީ އޮތް ތަނަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ވެސް ކޭން ބުންޏެވެ. އެ ޢަޒުމުގައި ތިބެ، ޗެމްޕިއަންސް ލީގު އަދި ޖަރުމަނު ލީގުގައި ވެސް ކުރިއަށް ދާން ޖެހޭނެކަން އޭނާ ފާހަގަ ކުރި އެވެ.

މި ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިވާއިރު، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކޭން ބުނީ، އެއީ ވަރަށް އެހެން ކަހަލަ ޙާލަތެއް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިޔެއްގެ ޙައިޞިއްޔަތުން އެމީހުންނަަށް އޮންނާނީ ކޮންމެ މުބާރާތެއްގެ، ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށެވެ. އަދި އެއީ ހަމައެކަނި ޓީމުގެ ކޯޗަކަށް ހުންނަ މީހާ އަށް ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ކުލަބަށް ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓޮޓެންހަމް ދޫކޮށް ބަޔާނަށް ބަދަލުވެ، ކޭން ވަނީ މިހާތަނަށް އެ ކުލަބަށް 33 މެޗު ކުޅެދީ، 33 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 27 ލަނޑަކީ ޖަރުމަނު ލީގުގަައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާންގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމަށް މި ސީޒަންގެ ލީގު ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ކުޑަ އެވެ. ބަޔާންގެ ކޯޗުކަމުން ޓުޗެލް ވަކިވާން ނިންމީ ވެސް، މި ސީޒަންގައި އެ ކުލަބުގެ ނަތީޖާތައް ދަށްވެފައިވާތީ، ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު