Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ޔަހޫދީ ޤަތުލުޢާންމުން ރަފަޙުގައި އުފެއްދި ނަޖިހުގެ ކޯރު... ބަޔޮލޮޖިކަލް ހަތިޔާރަކަށް ނުވޭބާ؟

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ މަހުގެ ކުރީކޮޅުން ފަށައިގެން ރަފަޙުގެ ޢާބާދީ ވަނީ އިންތިހާއަށް އިތުރު ވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 މާރިޗު 2024 | ބުދަ 04:02
ރަފަޙުގެ މުނިސިޕަލްޓީގެ މަސައްކަތްތައް ކިރިޔާ ކުރިއަށް ގެންދެވޭ ކަން، މުޅި ސަރަޙައްދު ފުރިފައި އޮތީ ކުނިބުންޏާއި، ނަރުދަމާއިން ބޭރުވާ ނަޖިހުން

ރަފަޙުގެ މުނިސިޕަލްޓީގެ މަސައްކަތްތައް ކިރިޔާ ކުރިއަށް ގެންދެވޭ ކަން، މުޅި ސަރަޙައްދު ފުރިފައި އޮތީ ކުނިބުންޏާއި، ނަރުދަމާއިން ބޭރުވާ ނަޖިހުން

ނިރުބަވެރި ޔަހޫދީންގެ ޚުދުމުޚުތާރު އިސްތިޢުމާރީ އަޅުވެތި ކަމުގައި ބެދިފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިންނަށް ކުރިމަތިލާން ޖެހިފައި އޮތް ގޮންޖެހުންތަކަށް ނިމުމެއް ނެތްފަދައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތް ނެތި ކުރުމުގެ ނަމުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަށް 5 މަސް ވާން ގާތްވެފައި ވާ އިރު، ނަރުދަމާގެ މައްސަލަތަކާއި ޞިއްޙީ ގޮންޖެހުންތަކަކީ މިއަދު ޣައްޒާގައި ބޮއްސުންލާފައި ވާ އެތައް ކަމެއްގެ ތެރޭގައި ހިމެނޭ 2 ކަމެކެވެ.

ރެފިއުޖީ ކޭމްޕުތަކުގައި ނަޖިހުގެ ކޯރުތައް ދެމި، ކުނިބުނި ފުނި ޖެހެމުން ދަނީ އޭގެ އެންމެ އިންތިހާއަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޭމްޕުތައް މިއަދު އޮތީ ފިތި ބާރުވެފައެވެ. ޢުމްރާނީ ބިނާވެށި ވަނީ، އިޒްރޭލުގެ ލާއިންސާނީ ޙަމަލާތަކުގައި ހަފުސްކޮށްފައެވެ.

އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ނިވަލުގައި އޮވެގެން އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމު މަޑުޖެހިފައި ނުވާ އިރު، ޣައްޒާގެ ހުރިހާ ރަށްވެހިންނަށްހެން މަޖުބޫރުވެފައި ވަނީ ދެކުނުގެ ސަރަޙައްދަކަށް ބަދަލުވުމަށެވެ. ރަފަޙްއަކީ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ސިޓީއެވެ. އެއީ މިއަދު ޣައްޒާގެ ހުރިހާ ރަށްވެހިންނަށް އޮތް އެންމެ ފަހުގެ އުންމީދުގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ މަހުގެ ކުރީކޮޅުން ފަށައިގެން ރަފަޙުގެ ޢާބާދީ ވަނީ އިންތިހާއަށް އިތުރު ވެފައެވެ. މީގެ ކުރިން ރަފަޙުގެ ޢާބާދީއަކީ 250000 އެއްހާ މީހުން ކަމުގައި ވީ ނަމަވެސް، މިއަދު ރަފަޙުގައި "ދިރިއުޅެމުން" ދާ މީހުންގެ އަންދާޒާ ޢަދަދަކީ 1.5 މިލިއަންއެވެ. ރަފަޙްއާއި ރަފަޙްގެ ވަށައިގެން އޮތް ސަރަޙައްދުތައް މިއަދު އޮތީ ރެއުޖީން ތޮއްޖެހި، ފިތިބާރުވެފައެވެ. ނަތީޖާއެއްގެ ގޮތުން، ދިރިއުޅުމުގެ ޙާލަތު، ދުވަހަކަށް ވުރެ ދުވަހެއް ދަނީ ގޯސްވަމުންނެވެ.

ރަފަޙުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގެ ތެރެއިން ކޭމްޕަކަށް ބަލައިލަމާ ހިނގާށެވެ. ގެދޮރު ގެއްލިފައިވާ 70000 އެއްހާ މީހުން އެ ކޭމްޕުގައި ތިބި އިރު، އެ ކޭމްޕުގައި ހުރީ އެންމެ 15000 ޓެންޓުކަން ފާހަގަ ކުރަން ޖެހެއެވެ. މި ކޭމްޕަކީ ދިރިއުޅުމުގެ ޙާލަތު، ހަލުވި ދުވެލީގައި ގޯހުން ގޯހަށް ދާ ސަރަޙައްދެކެވެ. ރެފިއުޖީން އެތެރެވާ މިންވަރު އިންތިހާއަށް އިތުރު ވަމުން ދިއުމާއި، އިޒްރޭލުގެ ޢުދުވާނީ ޙަމަލާތަކުގައި ޢުމްރަނީ ބިނާވެށި ހަފުސްކޮށްފައި އޮތުމުގެ ސަބަބުން، ކުނި މެނޭޖު ކުރެވޭނެ ގޮތެއް ނެތެވެ.

ނަރުދަމާގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭކަށް ނެތެވެ. ކޭމްޕުގެ އަހުލުވެރިންނަށް މަޖުބޫރު ވެފައި އޮތީ ވަގުތީ ފާޚާނާތަކެއް ހަދައި، އެ ބޭނުން ކުރާށެވެ. ނަތީޖާއަކަށް ވީ، ކޮންޓްރޯލް ނެތި ނަޖިސް ފެންގަނޑު ފެތުރިގެން ދިއުމެވެ. ޞިއްޙި ގެއްލުންތަކާއި ވެށީގެ ގެއްލުންތަކަށް ހުށަހަޅަމުންނެވެ.

ރަފަޙުގެ މުނިސިޕަލްޓީގެ މަސައްކަތްތައް ކިރިޔާ ކުރިއަށް ގެންދެވޭ ކަމެވެ. މުޅި ސަރަޙައްދު ފުރިފައި އޮތީ ކުނިބުންޏާއި، ނަރުދަމާއިން ބޭރުވާ ނަޖިހުންނެވެ. ޢާންމު ދިރިއުޅުމާއި، ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް އަސަރު ކޮށްފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ. އެތައް ބަޔަކު ތޮއްޖެހިފައި އޮތް ކޭމްޕުގައި، އެކި ޒާތްޒާތުގެ ދިރޭތަކެތިވެސް މިހާރު ދަނީ އާލާ ވަމުންނެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން، އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޙަމަލާތަކުގައި ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 30000 އަށް ވުރެ މައްޗަށް އަރައެވެ. ބިމާ ހަމަކޮށްފައި ވާ ޢިމާރާތްތަކުގެ ދަށުގައިވެސް އަދި ގިނަ ބައެއްގެ ހަށިގަނޑުތައް ވާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު ލައްކައަކާ ގާތް ކުރާ އިރު، ބައެއް މީހުންނަކީ ޢުމުރު ދުވަހަށް ނުކުޅެދޭ ޙާލުގައި ދުވަސްތައް ގުނަން މަޖުބޫރު ވެފައި ވާ މީހުންނެވެ. ނަފްސާނީ އަނިޔާގެ ވާހަކައަކީ ދައްކާ، ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ޣައްޒާގެ އެތައް ޖީލެއް މި ދުނިޔެއާ ވަކިވެ ގޮސްފައި ވާ އިރު، އިތުރު އެތައް ޖީލެއް ވަނީ ޔަތީމުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގައި ހިންގާ ޤަތުލުޢާންމުންވެސް ޔަހޫދީންގެ ހިތްނުފުރި، ހުޅަނގު އައްސޭރި ހަފުސް ކުރުން މެކުހަށް ޖަހައިފި!

ޣައްޒާގައި ހިންގާ ޤަތުލުޢާންމުންވެސް ޔަހޫދީންގެ ހިތްނުފުރި، ހުޅަނގު އައްސޭރި ހަފުސް ކުރުން މެކުހަށް ޖަހައިފި!

31 ޑިސެމްބަރު 2023
ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން ލޯ ކުރިމަތީގައި ދަރިންކޮޅު މަރާލި ގޮތް، މުސްކުޅި ކާފައެއްގެ ދުލުން...

ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން ލޯ ކުރިމަތީގައި ދަރިންކޮޅު މަރާލި ގޮތް، މުސްކުޅި ކާފައެއްގެ ދުލުން...

21 ޑިސެމްބަރު 2023
ނިވާފަތްގަނޑަކަށް އުފެއްދި ޕީއެންސީ، ތޮށިގަނޑު ފަޅާލާފައި ނުކުންނަނީ!

ނިވާފަތްގަނޑަކަށް އުފެއްދި ޕީއެންސީ، ތޮށިގަނޑު ފަޅާލާފައި ނުކުންނަނީ!

22 ނޮވެމްބަރު 2023
ޔަހޫދީންނަށް ބަލި ނުކުރެވުނު ޒުވާން ދެ ހިތެއްގެ ވިންދާއި ހިތްދަތި ޖަޒުބާތުތަކުން ކުޑަ މިންވަރެއް

ޔަހޫދީންނަށް ބަލި ނުކުރެވުނު ޒުވާން ދެ ހިތެއްގެ ވިންދާއި ހިތްދަތި ޖަޒުބާތުތަކުން ކުޑަ މިންވަރެއް

29 އޮކްޓޯބަރު 2023
އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި

އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި

04 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު