Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޤުދުސްގެ މައްސަލަ

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

12 ޑިސެމްބަރު 2017 | އަންގާރަ 14:22

ފަލަސްތީނަކީ ޔަހޫދީންގެ ތަނެކޭ ބުނަނީ ޒަޔަނިސްޓުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޑިސެމްބަރު 2017 | އަންގާރަ 14:22
ޤުދުސް

ޤުދުސް

ފަލަސްތީނަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަ އަދި މުސްލިމުންގެ ތިންވަނަޔަށް އެންމެ މުޤައްދަސް ތަންކަމަށްވާ އަލްއަޤްޞާ ހުންނަ ބިމެވެ. އިސްލާމުންގެ ވެރިކަމެއް ފަލަސްތީނުގައި އޮތް ނަމަވެސް، ފާއިތުވި ޒަމާންތަކުގައި އެތައް ރަސްކަލުންނަކާއި އެތައް ހަޟާރާތްތަކަކުން ފަލަސްތީނުގެ މައްޗަށް ވެރިވެ، އެތަނުގައި ވެރިކަން ކުރިއެވެ. އެހެން ނަމަވެސް، ޒަޔަނިސްޓުން ދައުވާކުރާ ގޮތަށް ފަލަސްތީނަކީ ތިމަންނަމެންގެ ބިމެކޭ އެއްވެސް ބަޔަކު ނުބުނެއެވެ.

ފަލަސްތީނަކީ ޔަހޫދީންގެ ބިމެކޭ ބުނާ ބުނުމަކީ ސީދާ ޔަހޫދީންގެ ބަހެއް ނޫނެވެ. އެއީ ޒަޔަނިސްޓުންގެ ޕްރޮޕެގެންޑާއެކެވެ. ޔަހުދީންނަށް ފަލަސްތީނު ލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. އެތަނަކީ މުސްލިމުންނާއި ނަޞާރާއިން ވެސް މުޤައްދަސްތަނެއްގެ ގޮތުގައި ބަލާ ބިމެކެވެ. އެހެން ނަމަވެސް އެބިމަށް ވެރިވެގަނެ، އެބިމުގައި މުސްލިމުންނާއި ނަޞާރާއިންގެ ބާރު ކަނޑުވާލައި، ޔަހޫދީންގެ ބާރު ފެތުރުމަށް މަސައްކަތްކުރަނީ ޔަޒަނިސްޓިނުންނެވެ. ޒަޔަނިސްޓުންނަކީ ހަމައެކަނި ޔަހޫދީންނެއް ނޫނެވެ. ނަޞާރާ އަދި އިސްލާމީ ޒަޔަނިސްޓުންވެސް އުޅެެއެވެ. އިސްރާއީލަށް މިހާރު ވާގިވެރިއެވަނީ ޒަޔަނިސްޓު މުސްލިމުންނައި ޒަޔަނިސްޓް ނަޞާރާއިންނެވެ.

ފަލަސްތީނުގެ މައްޗަށް ރޯމަން ދައުލަތާއި ފާރިސީން ވެސް ވެރިކަންކުރިއެވެ. އެހެންކަމުން މިއަދު އިޓަލީގެ ކުރީގެ ބޮޑުވަަޒީރު ސިލްވިއޯ ބަރުލުސްކޯނީ އާއި އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހްމަދީނަޖާދުވެސް ފަލަސްތީނުގެ މިލްކުވެރިކަމުގެ މައްޗަށް ދައުވާ ކުރަައްވަންވީއެވެ. ބަރުލުސްކޯނީ ރޯމަން ދައުލަތުގެ ނަމުގައެވެ. އަހުމަދީނަޖާދު ފާރިސީ ދައުލަތުގެ ނަމުގައެވެ. މިއީ އެމެރިކާގެ ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޙާމިދު ދަބާޝީ މިކަމުގައި ހުރި ޖޯކުކަން ކިޔައިދެއްވި ގޮތެވެ.

ބާބިލުގެ ރަސްކަލުންނާއި، ފާރިސީންނާއި، ރޯމަނުންނާއި، ޞަލީބީ ހަނގުރާމައިގެ ތެރޭގައި ނަޞާރާ ރަސްކަލުންނާއި، އުސްމާނީ ޚިލާފަތުގެ ރަސްކަލުންނާއި އަދި ފަހުން އިނގިރޭސި ދައުލަތުން ވެސް ފަލަސްތީނުގެ މައްޗަށް ވެރިކަންކުރިއެވެ. ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމަށް ޒަޔަނިސްޓުން ބުނާ ބުނުމާއި އެއްގޮތަށް މިޤައުމުތަކަށް ވެސް ފަލަސްތީނުގެ މިލްކުވެރިކަމަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަަމަވެސް އެޤައުމުތަކުން ފަލަސްތީނުގެ މިނިވަން ކަމަށް ދައުވާ ނުކުރަނީ އެބިމަކީ އެ ޤައުމުތަކުގެ ބިމަކަށް ނުވާތީއެވެ.

ފަލަސްތީނުގެ ބިމަށް ޒަޔަނިސްޓުން ވެރިވެގަތީ އެމީހުންނަށް އދ އިން ކަނޑައަޅައިދިން އިން ފަހަނައަޅައި، ފަލަސްތީނުގެ ބިންތައް ހިފަމުން އެދާ އުޞޫލުންނެވެ. އެއީ އެމީހުންގެ ބިމެއް ނޫނެވެ. ހަމަ ވެރިވެގަނެ، އެމީހުންގެ ބިމެއް ކަމަށް ދައުވާކުރަނީއެވެ.

ދަބާޝީ އިސްރާއީލުގެ ކުރިމަގު ސިފަކުރައްވަނީ މިހެންނެވެ. "ޔަހޫދީންނަކަށް އިސްރާއީލަކަށް ވެރިވެއެއް ނުގަނެވޭނެއެވެ. އެމީހުންނަށް ވެސް ޖެހޭނީ ފަލަސްތީނުގެ މައްޗަށް ވެރިކަން ކުރި އެހެން މީހުންނަށް ޖެހުނު ހާލެވެ. އެމީހުން ނިމިދާނީ ތާރީޚުގެ ޑަސްބިނުގައެވެ."

ޤުދުސް އޮންނާނީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައެވެ. އެކަން އަބަދުވެސް އޮތީ އެހެންނެވެ. ފަލަސްތީނުގެ ބިމުގައި މުސްލިމުންނާއި، ނަޞާރާއިންނާއި ޔަހޫދީން ދިރިއުޅޭނެއެވެ. ޒަޔަނިސްޓުންނަށް ފަލަސްތީނުގެ މައްޗަށް ވެރިވެގެން ތިބެވޭނީ ވަގުތީ ގޮތުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

19 މާރިޗު 2023

ސިއްހީ ޚިދުމަތް ކިތަންމެ ތަރައްގީވިޔަސް، ޒަމާނާއެކު ސިއްހީގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް ނާންނާނެ

19 މާރިޗު 2023
ސިއްހީ ޚިދުމަތް ކިތަންމެ ތަރައްގީވިޔަސް، ޒަމާނާއެކު ސިއްހީގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް ނާންނާނެ
03 ސެޕްޓެމްބަރު 2021

މައިންބަފައިންނާމެދު އިހާނެތިކޮށް ނުހިތާށެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެއެވެ.

03 ސެޕްޓެމްބަރު 2021
މައިންބަފައިންނާމެދު އިހާނެތިކޮށް ނުހިތާށެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެއެވެ.
22 އޯގަސްޓު 2020

ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް

22 އޯގަސްޓު 2020
ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް
24 ޑިސެމްބަރު 2019

ކިތަންމެ ގިނަ އައްޑާއެއް ރެއިޑްކުރިނަމަވެސް ނަތީޖާއެއް ނުފެންނާނެ!

24 ޑިސެމްބަރު 2019
ކިތަންމެ ގިނަ އައްޑާއެއް ރެއިޑްކުރިނަމަވެސް ނަތީޖާއެއް ނުފެންނާނެ!
08 ޑިސެމްބަރު 2019

ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!

08 ޑިސެމްބަރު 2019
ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!
23 ނޮވެމްބަރު 2019

ވަދު ކިތަންމެ މޮޅަސް، ޖާނުގައި ވަރު ނެތް ފަޅުވެރިންތަކެއް ގޮވައިގެން ހިބަރެއް ނުބޭނޭނެ!

23 ނޮވެމްބަރު 2019
ވަދު ކިތަންމެ މޮޅަސް، ޖާނުގައި ވަރު ނެތް ފަޅުވެރިންތަކެއް ގޮވައިގެން ހިބަރެއް ނުބޭނޭނެ!
14 ފެބުރުއަރީ 2018

ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

14 ފެބުރުއަރީ 2018
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!
11 އޮކްޓޯބަރު 2017

ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

11 އޮކްޓޯބަރު 2017
ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް