Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާގައި ހިންގާ ޤަތުލުޢާންމު

ޣައްޒާގައި ހިންގާ ޤަތުލުޢާންމުންވެސް ޔަހޫދީންގެ ހިތްނުފުރި، ހުޅަނގު އައްސޭރި ހަފުސް ކުރުން މެކުހަށް ޖަހައިފި!

އޭނާ ވަނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކާއި، ޔަހޫދީ ވަޒަންވެރިން ހިންގާފައިވާ ހުރިހާ ޖަރީމާއެއް ތަޙުޤީގު ކުރަންވެސް ގޮވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2023 | އާދީއްތަ 06:08
ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށްވެސް އދއިން ވަނީ ރިޕޯޓްގައި ގޮވާލާފައި

ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށްވެސް އދއިން ވަނީ ރިޕޯޓްގައި ގޮވާލާފައި

ހުޅަނގު އައްސޭރިއަކީ ފަލަސްޠީނު ބައި ކުރެވިފައި އޮތް މައިގަނޑު 2 ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދެވެ. އަނެއް ސަރަޙައްދަކީ ނިމޭނެ ދުވަހެއްގެ ކޮޅުމަތިވެސް ފެންނަން ނެތް ޤަތުލުޢާންމެއްގެ ޝިކާރައަކަށް ވެފައި އޮތް ޣައްޒާއެވެ. ހުޅަނގު އައްސޭރީއަކީ އިޒްރޭލާއި-ފަލަސްޠީނުގެ ދިގުލައި ގޮސްފައިވާ މައްސަލައިގެ ޙައްސާ ބިމެކެވެ. 5640 އަކަ ކިލޯމީޓަރުގެ ހުޅަނގު އައްސޭރީގެ އާބާދީގައި ފަލަސްޠީނު ރައްޔިތުންގެ ޢަދަދަކީ 2.7 މިލިއަނެވެ. ޣައިރު ޤާނޫނީ އިޒްރޭލުގެ 7 ލައްކައެއްހާ މީހުންވެސް ހުޅަނގު އައްސޭރީގައި ވަނީ އާބާދުވެފައެވެ. އޭގެ ތެރެއިން 2 ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ އިރުމަތީ ޤުދުސްގައެވެ.

ކިޔައި ދޭން މި އުޅެނީ ފަހަރެއްގައިވެސް ހުޅަނގު އައްސޭރީގެ ވަނަވަރެއް ނޫނެވެ. ނަމަވެސް ނިރުބަވެރި އިޒްރޭލުގެ ޚުދުމުޚުތާރު ކަމުގެ ދަލުގައި ހުޅަނގު އައްސޭރިވެސް ޖައްސާ، ނޭވާ ހާސް ކުރަމުން ދާ ގޮތުގެ ވާހަކައެވެ. ނިރުބަވެރި ޔަހޫދީ އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޙައްޤުތައް ނިގުޅައިގަތުމުގެ ޖަރީމާތައް، އިޒްރޭލުން މެކުހަށް ޖަހާފައި ވާ ކަމަށް އދއިން ޑިސެމްބަރ 28 ވަނަ ދުވަހު ޝާޢިއު ކުރި ރިޕޯޓެއް ވަނީ ބުނެފައެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށްވެސް އދއިން ވަނީ ރިޕޯޓްގައި ގޮވާލާފައެވެ. މި އިންޒާރުގެ ރަނގަބީލުގެ އަޑު ކިތަންމެ ގަދައެއް ކަމަކު، ގިނަވާނީ "ނުއިވޭ" ކަންފަތްތަކެކެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައިކޮމިޝަނަރުގެ އޮފީހުން ތައްޔާރު ކޮށްފައި ވާ ރިޕޯޓް ބުނާ ގޮތުގައި، އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އެކަނިވެސް އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 300 މީހެއްގެ ފުރާނަ ދުއްވާލާފައެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު ވޯލްކަރ ޓަރކް ވިދާޅުވީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެހެން ބޭނުން ކުރަން ނުޖެހޭ މިންވަރަށް ނުވަތަ ނިސްބަތުން ގަދަ ބާރެއް އިޒްރޭލުން ބޭނުން ކުރަމުންދާ ދިއުމަކީ "އިންތިހާއަށް ކަންބޮޑުވަނިވި" ކަމެއް ކަމަށެވެ.

މަދުވެގެން 105 މީހަކު މަރާލި ކަމަށް ބެލެވޭނީ، ރެފިއުޖީ ކޭމްޕްތަކުގައި ނުވަތަ އާބާދީ  ބައިބޯ ސަރަހައްދުތަކުގައި ވައިގެ ހަމަލާތަކެއް ދީގެން ނުވަތަ އެހެންވެސް އަސްކަރީ އުކުޅުތަކެއް ބޭނުންކޮށްގެން އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ކަމަށް އދގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި 8 މީހަކު މަރާލާފައި ވަނީ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ އާބާދުގެ ބަޔަކު ކަމަށްވެސް އދގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުގެ ކުރިއަށް ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހަކީވެސް ހުޅަނގު އައްސޭރިއަށް މާ އަމާން ދުވަސްތަކެއް ނޫނެވެ. އޭރުވެސް އިޒްރޭލުން ދިޔައީ ހުޅަނގު އައްސޭރީގައި އެކި ކަހަލަ ކުރިމަތިލުންތައް ހިންގަމުންނެވެ. ނަމަވެސް، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލަން ކަމަށް ބުނެ ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށިފަހުން ހުޅަނގު އައްސޭރީގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

ހުޅަނގު އައްސޭރީގެ އާބާދީއަށް ބަލާއިރު 80 އާއި 85 ޕަސެންޓާ ދެމެދު މިންވަރެއް ހިއްސާ ކުރަނީ މުސްލިމުންނެވެ. ގިނައީ ސުންނީންނެވެ. 12 އާއި 14 ޕަސެންޓާ ދެމެދު ޔަހޫދީން ހިއްސާކުރާ އިރު، ބާކީ އޮތް ބަޔަކީ ނަޞާރާ ދީނާއި އަދިވެސް އިތުރު އެހެން ދީންތައް ޤަބޫލު ކުރާ މީހުންނެވެ.

ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު