Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮރަޕްޝަން

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

އިޒްރޭލުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ބޮޑުވަޒީރާ ސުވާލުކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 ޖެނުއަރީ 2017 | އަންގާރަ 12:42
ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު - ފައިލް ފޮޓޯ

ރައީސް ޔާމީނާއި ނައިބު ރައީސް ޖިހާދު - ފައިލް ފޮޓޯ

ނަމުގައި އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ އިސްލާމީ ދައުލަތެކެވެ. ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ހިންގަންޖެހޭނީ އިސްލާމީ ޝަރީއަތުގެ އަލީގައި އިސްލާމީ އުސޫލުތަކާއި އުސްލޫބުތައް ގާއިމްކޮށްގެންނެވެ. ނަމަވެސް، ހިތާމައަކީ ދިވެހިރާއްޖޭގެ ދައުލަތުގެ އަމަލުތައް ހުރީ ހަމަ އެންމެ ޔަހޫދީ ގޮތްތަކަށް ކަމެވެ. ހަމައެއް ލަމައެއް އިންސާފެއް ހައްގެއް ނުހައްގެއް ބެލުމެއް ނެތެވެ. އަތު ޖެހުނު އެއްޗެއް ކައި، ހަސަދަވެރިކަމާއި ރުޅިވެރިކަން ދައްކައި، އާރައިބާރުން މީހުންގެ ހައްގުތައް ޖަހައިގަންނަނީ މާދަމާއެއް އަންނާނެ ކަމުގެ ޚިޔާލެއް ވެސް ނެތި އެވެ.

މި ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތަކީ ޝައްކެއް ވެސް ނެތް ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމެވެ. ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ގިރިތަކާއި ހާހަލަށް ދާންދެން ވިއްކައިގެން ލިބުނު ފައިސާ އަށް ހަރާންކޯރުވެ، އެއްބަޔަކު ބޮޑެތި ވިޔަފާރި ފެށިއިރު، އަނެއް ބަޔަކު އަގުބޮޑު ކާރުތަކާއި ގަޑިތަކަށް ދާންދެން ގަނެ ރައްޔިތުން ނިކަމެތި ކޮށްލައިފި އެވެ.

މި ޚިޔާނާތާ ގުޅިގެން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރު ކަމުގައި ހުންނެވި އަބްދުﷲ ޔާމީން ވިދާޅުވީ ބޮޑު އަދަދުން ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއޭ، ޚުދު އަނބިމީހާ ވެސް އެފައިސާ ހޯދަނީ ކޮންގޮތަކުންތޯ ނުބަލާނެ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ބައިތުލްމާލު އެއްކޮށް ކައި ހުސްކޮށްލުމުން މިއީ އެމަނިކުފާނު ދެއްވި ޖަވާބެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމުގެ ރައްޔިތުންގެ ވަލިއްޔުލްއަމުރު އޮޅުންފިލުވައި ދެއްވީ ހަރަމާއި ހަލާލު އޮތް ގޮތެވެ.

އަޑުއައްސަވާށެވެ. މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ހަދީޘްފުޅެއްގެ މާނައިގައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެ ފައި ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ."

އެމްއެމްޕީއާރްސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރާތާ ދެ އަހަރު ވަނީ އެވެ. ތަހުގީގު އޮތީ ރައީސް ޔާމީނާ ހިސާބުން ހުއްޓިފަ އެވެ. ނަމަވެސް، ވިސްނާލަބައްލަވާށެވެ. ޚިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްދުފަހަނައަޅައިފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެގައުމުގެ ފުލުހުން އެ ވަނީ ސުވާލުކޮށްފަ އެވެ. ވިޔަފާރިވެރިންގެ ފަރާތުން އިނާޔަތްތައް ހޯއްދެވާކަމުގެ ތުހުމަތު ކުރެވޭ އެ މައްސަލައިގައި ނަތަންޔާހޫގެ ގެކޮޅުގައި ތިން ގަޑިއިރުވަންދެން ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފައިވެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ނަތަންޔާހޫއާ ދެކޮޅަށް ފުލުހުން ބަަލަމުންދާ މައްސަލައަކީ، ހިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފްރާންސުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަރުނައުދް މިމްރާން ދިން އެއް މިލިއަން ޔޫރޯ (1،045،650 ޑޮލަރު)ގެ ޑޮނޭޝަނެއް ނަތަންޔާހޫ ގަބޫލު ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މިއީ ލާއިންސާނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ މެދުގައި ކަންތައްތައް ހުރި ގޮތެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މި އުޅެނީ ރައީސް ޔާމީނާ ސުވާލު ނުކުރެވިގެންނެވެ. ރައީސް ޔާމީނުގެ މައްޗަށް ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ އިރު، އެމަނިކުފާނުގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރު ޖަމާކޮށްފައިވެ އެވެ. ލީކު ކޮށްލި ލިޔެކިޔުންތަކުގައި އިސްލާމިކް ބޭންކުގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ހިމެނެ އެވެ.

ފަސާދައާއި ޚިޔާނާތާއި ބޮޑެތި ވައްކަން ގައުމުގައި އާންމުކޮށްފައިވާއިރު، އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ ފައިދާތަކެއް އެ ދަނީ ލިބިގަންނަމުންނެވެ. އަދި، އެހެން ދީންތައް ރާއްޖޭގައި ފަތުރަން އުޅޭ ކަމަށް ބުނެ، ދީން ހަތިޔާރަކަށް ހަދައިގެން ބޭނުންހާ ކަމެއް އެ ގެންދަނީ ކުރަމުންނެވެ. ވެރިކަމަށް އައީވެސް ދީން ހަތިޔާރަކަށް ބޭނުން ކޮށްގެންނެވެ. ވެރިކަން ކުރަމުން ދަނީ ވެސް ދީން ހަތިޔާރަަކަށް ބޭނުންކޮށްގެންނެވެ.

ޚިޔާނާތުގެ ތުހުމަތުގައި ޔަހޫދީ އިޒްރޭލަށް އެގައުމުގެ ބޮޑުވަޒީރާ ސުވާލުކުރަން ކެރުނު އިރު، ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގެ މިނިވަން މުސްތަގިއްލު ކޮމިޝަނަށް މި އުޅެނީ ރައީސްއާ ހަތަރުކަޅި ހަަމަކޮށްލަން ވެސް ނުކުރިގެންނެވެ. ބަޔަކު އިސްލާމްދީން ހިމާޔާތް ކުރާނީ މިހާކަ ވަރަކަށް އެހެން ނޫންތޯ؟

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2018

ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދަން، ނަޒާޙަތްތެރިންނަށް އިސްކަން ދޭން ޖެހޭ

22 ނޮވެމްބަރު 2018
ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދަން، ނަޒާޙަތްތެރިންނަށް އިސްކަން ދޭން ޖެހޭ
13 ޖޫން 2018

ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!

13 ޖޫން 2018
ދިވެހިންނަށް މިފަހަރު ލިބުނު އީދު ހަދިޔާ – ރައީސް މައުމޫނާއި އިސްފަނޑިޔާރުންގެ ޖަލު ހުކުމް!
08 މާރިޗު 2018

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
15 ފެބުރުއަރީ 2018

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!
07 ނޮވެމްބަރު 2017

ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތެއް ނެތް!

07 ނޮވެމްބަރު 2017
ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތެއް ނެތް!
06 ނޮވެމްބަރު 2017

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

06 ނޮވެމްބަރު 2017
އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ
23 އޮކްޓޯބަރު 2017

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
03 ސެޕްޓެމްބަރު 2017

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން

03 ސެޕްޓެމްބަރު 2017
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
24 އެޕްރީލު 2017

ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

24 އެޕްރީލު 2017
ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު