Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް/ޕީއެންސީ

ނިވާފަތްގަނޑަކަށް އުފެއްދި ޕީއެންސީ، ތޮށިގަނޑު ފަޅާލާފައި ނުކުންނަނީ!

ޕީއެންސީ އުފެއްދީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤަައްޔޫމަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެއްލިދާނެ ކަމުގެ ބިރު އޮތުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 03:56
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް ޑރ މުޢިއްޒު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއް ރަޙީމް ޢަބްދުﷲ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް ޑރ މުޢިއްޒު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއް ރަޙީމް ޢަބްދުﷲ

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު، އެނބުރެމުން ނިއުޅެމުން މިދާ ދިއުމުގައި، މި ދުވަސްވަރަކީ ވަރަށް ޝައުޤުވެރި ކަންތައްތަކެއް ހިނގަމުން އަންނަ ދުވަސް ވަރެކެވެ. ވެރިކަމުގެ ބާރުތައް ބަދަލުވެ، އައު ސަރުކާރުން ވެރިކަމުގެ ކަންތައްތައް އަތުރާލަމުން އަންނަ ދުވަސް ވަރެވެ. އައު ސަރުކާރަށް ބާރުވެރިކަން ލިބޭނެހާ ހުރިހާ މަގަކުން، ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރަމުން އަންނަ ދުވަސް ވަރެވެ. ޤައުމުގެ ސިޔާސީ މަސްރަހު މިވަގުތަށް ހަމަހިމޭންކޮށް ފެންނަން އޮތް ނަމަވެސް، ފަހަތުން ބިންދާލަން އެއޮަށް ނަގަމުން އަންނަ ރާޅު، ދުރުމި އަޅާލުމުން ކޮންމެ ވެސް ވަރަކަށް އެބަ ފެނެ އެވެ.

މީގެ ފަސް އަހަރު ކުރިއަށް ޖެހިލާއިރު، 2018 ވަނަ އަހަރުގެ ފަހުކޮޅު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވުޖޫދުކޮށްފައި ވަނީ، ސިޔާސީ ލީޑަރެއްގެ ނުވަތަ ފިކުރެއްގެ ނިވާފަތްގަނޑަކަށެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤަައްޔޫމަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ސިޔާސީ ގޮތުން ޔާމީނާއި، ޔާމީންގެ ސަޕޯޓަރުން އަރާނެ އޮޑިއެއް ބަނދެ ތައްޔާރުކުރީ އެވެ. އެއަށްފަހު، "ޕީޕީއެމް އަކީ ވެސް ރައީސް ޔާމީން އަދި ޕީއެންސީ އަކީ ވެސް ރައީސް ޔާމީން" ކަމަށް އޮޑީގެ ކެޔޮޅުން ބުނަން ފެށި އެވެ. އޭގެ ފަހުން ޝަރުޢީ މަރުޙަލާގެ ތެރެއިންް ޔާމީނަށް ޕީޕީއެމް ލިބުނެވެ. އެއާއެކު، ޕީޕީއެމް އަދި ޕީއެންސީން ރަސްމީކޮށް ކޯލިޝަން ހެދި އެވެ. ޕީޕީއެމްގެ ރައީސަކީ، ޔާމީންނެވެ. ޕީއެންސީގެ ރައީސަކީ، ޔާމީންގެ ސިޔާސީ މިތުރު، ޢަބްދުއް ރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ. މިއީ ވަކި ނުވާނެ، ބަދަލު ނުވާނެ އެއް ފިކުރުގެ ދެ ޕާޓީ ކަމަށް ވެސް އަންގައި އިއުލާން ކުރި އެވެ.

ފަސް އަހަރު ފަހުން، މިއަދު ރާއްޖޭގެ ވެރިކަމުގައި އޮތީ ޕީއެންސީ އެވެ. ތިން ހާސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ޕާޓީ އަށް، ވެރިކަމުގެ ތަޚުތަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ ވެސް، ޔާމީންގެ ނިންމެވުމަކުންނެވެ. ޔާމީން ނިންމެވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ނަމަ، ޕީއެންސީން ކެންޑިޑޭޓަކު ދެއްކުމަށެވެ. ޖަލުގައި އޮންނަވައިގެން، ޔާމީން މި ނިންމުން ނިންމެވުމުގެ ފަހަތުގައި އަމިއްލަފުޅު އެދުމެއް އޮތެވެ. އެއީ، އެމަނިކުފާނަށް ޕީޕީއެމް ގެއްލެން ބޭނުންފުޅުނުވާތީ، ނިންމެވި ނިންމެވުމެކެވެ. އެއާއެކު، ޕީޕީއެމްގައި ހުންނެވި އެ ޕާޓީގެ ނާއިބު ރައީސް، އަދުގެ ރައީސުލްޖުމްޙޫރިއްޔާ، ޑރ މުޙައްމަދު މުޢިއަޒު ޕީއެންސީ އަށް ބަދަލުވެ ވަޑައިގެންނެވި އެވެ. ދެ ޕާޓީގެ ސެނެޓުގައި ނެގި ވޯޓު ޑރ މުޢިއްޒު ކާމިޔާބު ކުރެއްވީ، ހައިޖާނު ބޮޑު، ކޯޅުން ގަނޑަކަށްފަހު، އެންމެ ދެ ވޯޓުގެ ތަފާތުންނެވެ.

ރިޔާސީ އިންތިޚާބަށް ދެ ޕާޓީ އެކުގައި ނުކުންނަވައި، ރައީސް ޔާމީންގެ ފޮޓޯ ކުރިއަށް ނެރެއްވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވި އެވެ. މިދިޔަ ހުކުރު ދުވަހު، ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާކަމުގެ ހުވާ ކުރެއްވީ، ރައީސް ޔާމީން އެންޑޯޒް ކުރެއްވި، ޑރ މުޢިއްޒު އެވެ. އެހެން ނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު އޮތް ދުވަހާ ޖެހިގެން، ދެން އައި ދުވަހުން ފެށިގެން ސިޔާސީ މަސްރަހު ބަދަލުވާން ފަށައިފި އެވެ. އެ ދުވަހު، ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް، ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި އެވެ. އެވަގުތު ދެ ޕާޓީގެ ހުރިހާ އިސްވެރިންނާއި، ގިނަ ޢާންމު މެންބަރުން ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި އެވެ. އެ ދުވަހު، ރައީސް މުޢިއްޒު ވެސް އެ ސަރަހައްދަށް ވަޑައިގެން، ޔާމީނަށް މަރުޙަބާ ދެންނެވި އެވެ. އެ ދުވަހުގެ، އެ ވަގުތަށް ފަހު، ސިޔާސީ މަސްރަހުގެ ކަންކަން ބަދަލުވެ، މުޅިން އެހެން ގޮތަކަށް ކުރިއަށް ދާން ފަށައިފިކަމީ، މިއަދުގެ ހަގީގަތެވެ.

ޕީޕީއެމް/.ޕީއެންސީގެ ބައެއް އިސް ފަރާތްތަކުގެ ވާހަކައިން ޔަގީންވާ ގޮތުގައި ޔާމީނާއި، މުޢިއްޒުގެ ގުޅުން ގޯހެވެ. ގެއަށް ބަދަލު ކުރެއްވި ދުވަހުގެ ރޭ، ޔާމީން މުޢިއްޒު އަށް ފޯނުން ގުޅުއްވި އެވެ. ނަމަވެސް، މުޢިއްޒު ފޯނަށް ޖަވާބު ދެއްވައިފައެއް ނުވެ އެވެ. މިއަދާ ހަމައަށް އައިއިރު، ޔާމީންގެ އެއްވެސް ފޯނު ކޯލަކަށް މުޢިއްޒު ޖަވާބު ދެއްވައިފައެއް ނުވެ އެވެ. ޔާމީން ކުރައްވާ މެސެޖަކަށް ވެސް ރިޕްލައި ކުރައްވާފައި ނުވާ ކަމަށް، ޕީޕީއެމްގެ އިސް ބޭފުޅުން އަދި ޔާމީނާ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އަނެއް ކަމަކީ، މުޢިއްޒު ހުވާ ކުރެއްވުމުން ޔާމީން މަރުޙަބާ ވިދާޅުވެފައެއް ވެސް ނުވެ އެވެ. މީގެ ކުރިން، އެކްސްގައި ވަރަށް ވަރުގަދަ ބަސްތަކުން ޔާމީން ޕޯސްޓު ކުރައްވާފައިވީ ނަމަވެސް، މުޢިއްޒު އަށް މަރުޙަބާ ވިދާޅުވާން އެންމެ ކުޑަމިނުން އެވަރު ވެސް ކުރައްވައިފައެއް ނުވެ އެވެ. މިއީ، ދެ ރައީސުންގެ ގުޅުން ގޯސް ކަމަށް، އާންމު ރައްޔިތުން ވެސް ދައްކާ ވާހަކަ އެކެވެ.

ރިޔާސީ އިންތިޚާބަށްފަހު، ޕީއެންސީގެ ރައީސަކަށް މުޢިިއްޒު ހަމަޖެއްސެވި އެވެ. އެ ޕާޓީގެ ނާއިބު ރައީސަކަށް ހަމަޖެއްސެވީ، ރައީސުލްޖުމްޙޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް އެވެ. ޕާޓީގެ ޗެއާޕާސަން އަކީ، މިވަގުތު މުޢިއްޒުގެ އެންމެ އަރިސް، ޢަބްދުއް ރަޙީމް، އަދުރޭ އެވެ. އެ ނިންމެވުމަށްފަހު، އަދުރޭ ވިދާޅުވީ، މުޢިއްޒު އާއެކު ވެރިކަމަށް ވަޑައިގެންނެވީ ދިހަ އަހަރަށް ވެރިކަން ކުރައްވަން ކަމަށެވެ. އޭގެ ފަހުން، ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމާ ހިތްޕުޅާނުވެ، ޔާމީން ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ޕީޕީއެމްގެ އޮފީހުގައި، އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް ބަދަލުވާން ނުޖެހޭނެ ކަމަށެވެ. އެހެންވިޔަސް، ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕީޕީއެމްގެ މެންބަރުން އެ ޕާޓީ އަށް ބަދަލު ކުރުމަށް އަދުރޭ މަސައްކަތް ކުރައްވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

ޖެހިގެން ދައްކާލި މަންޒަރު ނިކަން ދެކިބަލާށެވެ. މި ފާއިތުވި ފަސް އަހަރު، އެއް ފުރާޅެއްގެ ދަށުން، އެއް މޭޒެއްގެ ދޮށުން، އެއް ޤަލަމަކުން މަަސައްކަތް ކުރި ދެ ޕާޓީ ވަކިވާން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފަށައިފި އެވެ. ޕީޕީއެމްގެ އޮފީހާ ދުރަށް ޖެހި، ޕީއެންސީން ރަސްމީކޮށް، ވަކި އޮފީހެއް ޤާއިމުކޮށްފި އެވެ. ޔަގީނުން ވެސް މިކަމުގެ ފަހަތުގައި އެތައް ކަމެއް ފޮރުވިފައި އޮންނާނެ އެވެ. މިއީ، ޕީޕީއެމް، ޕީއެންސީ ވަކިވުމުގެ ދެ ވަނަ މަރުހަލާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މިއޮށްހާ ދުވަހު އެއް އޮފީހެއްގައި މަސައްކަތް ކުރުމަށްފަހު، މިއަދު އެހެން އޮފީހެއް ޤާއިމު ކުރާނީ ގައިމު ސަބަބުތަކެއް އޮތަތީ އެވެ.

ރިޔާސީ އިންތިޚާބަށް ފަހު، އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި ވެސް ދެ ޕާޓީ އެއްކޮށް މަސަައްކަތް ކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވި ނަމަވެސް، އެއީ ހަމައެކަނި ވިދާޅުވުމެކެވެ. ޕީއެންސީން ބޭނުންވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ސީދާ އެ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތުމަށެވެ. އެހެންކަމުން، މީގެ ކުރިން ދެ ޕާޓީ އެކުވެގެން ބާއްވަން ވިދާޅުވި ޕްރައިމަރީ ވެސް އޮންނާނީ ވަކިން ކަމަށް، ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެ އެވެ. ފަހަތުން ނަގަމުން އަންނަ ބިޔަ ރާޅު ބިންދާލާނެ ކަމަށް އެ ބޭފުޅުން ޤަބޫލު ކުރަނީ އެހިސާބުންނެވެ. ސުވާލަކީ، އެހިސާބަށް ދާއިރު، ގަދަވާނީ ޔާމީންގެ ޕީޕީއެމްތޯ ނުވަތަ މުޢިއްޒުގެ ޕީއެންސީތޯ އެވެ؟ މިއަދު ފެންނަ މަންޒަރާއި، އިންސާނީ ޠަބީއަތަށް ބަލާއިރު، އެ ރާޅު ބިންދާލާނީ ޕީޕީއެމް އަދި ޔާމީންގެ ބޯފުޅު މައްޗަށެވެ.

ޕީޕީއެމްޕީޕީއެމް-ޕީއެންސީޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު