Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ ޖަމީލު ކޯޓުގެ ހުރުމަތް ކެނޑުން

ނަޖިހުގެ ވަސް...!

ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދައްކަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2021 | ހޯމަ 11:30
ޑރ ޖަމީލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާން ކުރައްވަނީ

ޑރ ޖަމީލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާން ކުރައްވަނީ

"ނަޖިސް ހުކުމްތަކެއް އެއީ. މުޅި ދިވެހިރާއްޖެއަށް މިވަނީ ޝަރުއީ ދާއިރާގެ ނަޖިސް ވަސް ފެތުރިފައި."

މިއީ ކުރީގެ ނާއިބުރައީސް އަދި މިހާރު ރައީސް އަބްދުﷲ ޔާމީނުގެ މަހާ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ދާދި ފަހުން ޕޯޑިއަމެއްގައި ވިދާޅުވި އިބާރާތެކެވެ. އިދިކޮޅު ކޯލިޝަނުން "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިން ބަސްކޮޅެކެވެ. ޖުމުލަ ގޮތެއްގައި ޑރ ޖަމީލް މިވަނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ނެރުއްވާ ހުކުމްތަކަކީ ނަޖިހުގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ނުވިތާކަށް މުޅި ދިވެހިރާއްޖޭގައި ޝަރުއީ ދާއިރާގެ ނަޖިސް ވަސް ފެތުރިފައިވާކަމަށް ވިދާޅުވެ، ޑރ ޖަމީލް ވަނީ ޝަރުއީ ދާއިރާއަކީ ނަޖިހުން ތަތްތެޅިފައިވާ މުޑުދާރު ދާއިރާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ޑރ ޖަމީލަކީ ގާނޫނީ ވަކީލެކެވެ. ކޯޓުތަކަށް ވަޑައިގެން މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ. ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ ޖަމީލްފަދަ ބޭފުޅަކު ރާއްޖޭގެ ޝަރުއީ ނިޒާމަށް މިހާ ބޮޑަށް ގަދަރު ކުޑަކޮށްލުމަކީ ގިނަ ބައެއްގެ ނަޒަރުގައި ބަލައިގަނެވޭ ކަމެއް ނޫނެވެ. އަނެއްކޮޅުން ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ކުރުމާއި، އެފަދަ ވާހަކަތައް ދެއްކުމަކީވެސް ކުށެކެވެ. ވަކިން ޚާއްސަކޮށް ޑރ ޖަމީލްފަދަ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ކޯޓުތަކުގައި މިހާރުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅަކު ރާއްޖޭގެ ކޯޓުތަކަކީ މުޑުދާރު ތަންތަން ކަމަށް ސިފަ ކުރެއްވި ކުރެއްވުމަށް ފާޑުކިޔާ މީހުން މަދެއް ނޫނެވެ.

ގާނޫނީ ކަންކަމަށް ގާނޫނީ ހައްލު ހޯއްދަވަން ޑރ ޖަމީލް ފަދަ ގާނޫނީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ. ހޮޅުއަށީގައި ގަދަޔަށް ދުފާލައިގެން އެއް އަތުން ގުޑުގުޑާ ހިފައިގެން އަނެއް އަތުން ދުންފަތްކޮޅު ހިފައިގެން "ހޮޅި ވާހަކަ" ދައްކަން އިންނަ މީހަކާއި ޑރ ޖަމީލް ފަދަ ގާނޫނީ ބޭފުޅަކު ދައްކަވާ ވާހަކަތަކާ ތަފާތު ވާނޭކަމަށް މީހުންނަށް އޮތީ ހީކުރެވިފައެވެ. ނަމަވެސް ކަން އޮތީ އެހެނަކުން ނޫންތާއެވެ.

ދެރައީ މި ކަންކަން ބަލައި އެކަމަށް ފިޔަވަޅު އަޅާ މަންޒަރު މިއަދު ނުފެނުމެވެ. ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލައި ޝަރުއީ ދާއިރާގެ ހުރުމަތް މިހާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑުއްވަމުން ގެންދަވާއިރުވެސް، ކުޑަމިނުން އެ ވާހަކަތައް ކަމާބެހޭ އިދާރާއަކުން ކުށްވެރިކޮށްފައެއްވެސް ނުވެއެވެ. އެއްއިރަކު ކޯޓުގެ ނަން ކިޔަސް އެމީހަކު ހައްޔަރުކޮށް، ކޯޓުގެ ހުރުމަތް ކެނޑީކަމަށް ބުނެ، އެމީހާގެ މައްޗަށް ޝަރީއަތް ހިންގި ޒަމާނެއް ދިވެހިން ވަނީ ދެކެފައެވެ. އެއީ ތިމާ ލާން ގެންގުޅޭ ވިއްސާރަ ކޯޓުގެ ވާހަކަ ދެއްކި ކަމުގައި ވިޔަސްމެއެވެ.

ކޯޓުތަކުގެ ހުރުމަތް ކަނޑަނީކަމަށް ބުނެ މީހުންގެ މައްޗަށް އެ ތުހުމަތު ކޮށްފައިވަނީ މަދަކުން ނޫނެވެ. ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ކުޑަ ވާހަކައެއް ދެއްކިޔަސް އެ މައްސަލައެއް ބަލައެވެ. އެކަމާ އިދާރާތަކުން ކަންބޮޑުވުންވެސް ފާޅު ކުރެއެވެ. ނަމަވެސް ޑރ ޖަމީލް އެކި ފަހަރުމަތިން ކޯޓުތަކުގެ ގަދަރު ކުޑަވާ ބީދައިން ވާހަކަ ދައްކަވަމުން ގެންދަވާއިރު ކުޑަމިނުން އެކަން ކުށްވެރިކޮށްލާނެ އިދާރާއެއްވެސް ނެތީބާވައޭ ހިތަށް އަރައެވެ. ގައިމު ވަކީލުންގެވެސް "އެތިކްސް" ތަކަކާއި ކޯޑް އޮފް ކޮންޑަކްޓެއް އޮންނާނެތާއެވެ. ޝަރުއީ ދާއިރާގެވެސް އަގެއް އޮންނާނެތާއެވެ.

ޝަރުއީ ދާއިރާގައި މައްސަލައެއް ހުރިނަމަ އެކަން ހައްލު ކުރުމަށް މިއަށްވުރެ ބިނާކުރުވަނިވި ވާހަކަ ދެއްކިދާނެ ނޫންތޯއެވެ؟ ބިނާ ކުރުވަނިވި ފާޑު ވިދާޅުވުމުގެ ބަދަލުގައި ފަނާ ކުރަނިވި އާޑަ ވިދާޅުވެގެން، ޑރ ޖަމީލްވެސް ތިޔަ މުގުރާލައްވަނީ މުޅި ޝަރުއީ ނިޒާމުގެ އިއްޒަތާއި ގަދަރެވެ. ތިޔައީ މިގައުމުގެ ޖަސްޓިސް މިނިސްޓަރުކަމާއި އެނޫންވެސް އެކި އެކި މިނިސްޓަރުކަމާއި ނާއިބުރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ދާއިރާއިން ތައުލީމު ހާސިލުކޮށް އަންނަން ތިބި ވަކީލުންނަށް ތިޔަ ދައްކަވަނީ ވަރަށް ހުތުރު ނަމޫނާއެކެވެ. އެންމެ ފުރަތަމަ ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓެވުން މިއީ ވަކީލެއްގެ ހައިސިއްޔަތުން ދަސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށް ދެކެމެވެ. ތިމާ ބޭނުންވާ ގޮތަކަށް ކޯޓުން ހުކުމް ނުކުރާ ކޮންމެ ފަހަރަކު ކޯޓުތަކަކީ ފާޚާނާ ބަރިތަކެއްގެ ގޮތުގައި ކޯޓު ސިފަ ކުރެވޭނަމަ، ޑރ ޖަމީލުގެ ވިސްނުންފުޅުގައި މައްސަލައެއް އުޅޭކަމަށް ދެކެމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު