Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީނުގެ ޒުވާން މިއުޒީޝަން އަފީފީ

ޔަހޫދީ ސިފައިން އަނިޔާކުރި އިރުވެސް މޫނު މަތިން ހިނިތުންވުން

އަފީފީ ހައްޔަރު ކޮށްފައިވަނީ އިސްރާއީލްގެ ޔަހޫދީންނާ ދެކޮޅައް އަޑުއުފުލަން އުޅެނިކޮށް

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް | 21 މެއި 2021 | ހުކުރު 03:14
ފަލަސްތީނުގެ ޒުވާން މިޔުޒީޝަން މަރިޔަމް އަފީފީގެ އިތުރުން ފަލަސްތީނުގައި އަނިޔާ ލިބެމުންދާ ފަރާތްތައް

ފަލަސްތީނުގެ ޒުވާން މިޔުޒީޝަން މަރިޔަމް އަފީފީގެ އިތުރުން ފަލަސްތީނުގައި އަނިޔާ ލިބެމުންދާ ފަރާތްތައް

އިސްރާއީލްގެ ޔަހޫދީން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި ކުށެއް ނެތް އެތަކެއް ރައްޔިތުންތަކަކަށް ލާއިންސާނީ އަނިޔާތަކެއް ކުރަމުންދާއިރު ވެސް ފަލަސްތީނުގެ ރައްޔިތުން ގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމެވެ. ފަހަތަށް ބިޑިއަޅުވައި އަނިޔާ ކުރަމުންދާ އިރުވެސް މި ފެންނަނީ މޫނުމަތިން އުޖާލާ ކަމެވެ. އެއީ ކީއްވެގެންކަން ބުނެދިނީ އުމުރުން އެންމެ 26 އަހަރުގެ މަރިޔަމް އަފީފީ އެވެ.

އަފީފީ އަކީ ފަލަސްތީނުގެ ޒުވާން މިއުޒީޝަނެކެވެ. އަފީފީ ހައްޔަރު ކޮށްފައިވަނީ އިސްރާއީލްގެ ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލަން އުޅެނިކޮށެވެ.

ނަމަވެސް އިސްރާއީލްގެ ޔަހޫދީ ސިފައިން ވަނީ އަފީފީ ބިންމައްޗަށް ވައްޓާލައި އެތައް އަނިޔާއެއް ކޮށް ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަފީފީ ބުނީ އޭނާއަށް އަނިޔާކޮށް ބިޑިއެޅުވިޔަސް އެދުވަހު ހިނިތުން ވީ އެއީ އަފީފީ އެދުވަހު އަޑު އުފުލަމުން ދިޔައީ ހަގީގީ ވާހަކައެއް ކަމަށާ އަދި އިސްރާއީލްގެ ފުލުހުން އޭނާއަށް މުހާޠަބު ކުރިގޮތާ އަދި ކުރި އަނިޔާއަށް މަގުމަތީ ދަމާފައި ގެންދިޔައަސް އޭނާއަށް ހަމަ "އޯކޭ" ކަމަށާ، އިސްރާއީލު ފުލުހުން ދެކެ ބިރުވެސް ނުގަންނަކަން ދެއްކުމަށް ކަމަށް އަފީފީ ބުންޏެވެ.

އިސްރާއީލުގެ ޔަހޫދީ ފުލުހުންގެ ކުރިމަތީގައި އަފީފީ ދެއްކި ހިތްވަރަށް އެތައް ބަޔެއްގެ ތައުރީފް އޭނާއަށް ލިބެމުންދާއިރު އަފީފީ ވަނީ ކުރިއަށް އޮތްތަނުގައި ވެސް  ޔަހޫދީ ފުލުހުންގެ ކުރިމަތީ އޭނާ ކުޑަ ކަކޫ ނުޖަހާނެ ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން

16 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން
04 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"
08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
07 އޯގަސްޓު 2017

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟
21 ޖޫން 2017

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު