Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭއައި ޓެކްނޮލޮޖީ

އޮޕަރޭޝަން ތިއޭޓަރުތަކަށްވެސް އޭއައި ޓެކްނޮލޮޖީ!

އޭއައި ޓެކްނޮލޮޖީއަކީ އޭގެ ސުލޫކީ އަދި ގާނޫނީ މިންގަނޑުތަކާމެދު ބަހުސްތަކެއް އުފައްދަނިވި ފުރުސަތުއޮތް ޓެކްނޮލޮޖީއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 15:41
ޖައުމޭ އަމާތު ރިއޭރާ؛ ރޮބް ސަރޖިކަލްގެ ސީއީއޯ އަދި ފައުންޑަރު

ޖައުމޭ އަމާތު ރިއޭރާ؛ ރޮބް ސަރޖިކަލްގެ ސީއީއޯ އަދި ފައުންޑަރު

ޓެކްނޮލޮޖީގެ މައިދާނުގައި ހޯދަމުން އަންނަ ހައިރާން ކުރުވަނިވި ކުރިއެރުންތަކުގެ ވާހަކަދައްކާއިރު، ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާއާ ގުޅުންހުރި ޓެކްނޮލޮޖީ އިންގިލާބަކީ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ދިމާއެވެ. ހުސްވި ފެބުރުއަރީ މަހުގެ ފަހު ހަފުތާގައި، ސްޕެއިންގެ ބާސެލޯނާގައި ކުރިއަށް ގެންދިޔަ މޯބައިލް ވޯރލްޑް ކޮންގްރެސްއަކީ، މި ދެންނެވި ފަދަ އިންގިލާބީ ސިއްހީ ޓެކްނޮލޮޖީގެ އުފެއްދުންތަކުން އެންމެ ފަހުން ފެނިގެން ދިޔަ އެއް އިވެންޓެވެ.

ސިއްހީ ދާއިރާގެ ކުރިއެރުން، އައު ހަރުފަތަކަށް ގެންގޮސްދިން އެއް ޓެކްނޮލޮޖީއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަމެވެ. މޯބައިލް ވަރލްޑް ކޮންގްރެސްއިން ފެނުނު، ސަރޖިކަލް ރޮބޮޓް ނުވަތަ އޮޕަރޭޝަން ކުރާ ރޮބޮޓް ޑޮކްޓަރަކީ މި ދެންނެވި ގޮތަށް، މަސްނޫއީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީން ތަރައްގީކޮށް، ފައްކާ ކޮށްފައިވާ އުފެއްދުމެކެވެ.

ރޮބް ސަރޖިކަލްގެ ސީއީއޯ އަދި ފައުންޑަރު، ޖައުމެ އަމާތު ރިއޭރާ ފާހަގަކުރި ގޮތުގައި، އިންތިހާއަށް ހައްސާސް އަދި ކަވި ސަރޖަރީތައް ހަދަމުންދާއިރު، އެ ތަނުގައި ހުންނަ އަސްލު ޑޮކްޓަރުގެ ހިއްސުތަކަށް އިހްސާސްތަކެއް ކޮށްދެއެވެ. މިއީ އިންތިހާއަށް ކްރިޓިކަލް ފައްތަރުތަރުގައި ޑޮކްޓަރުންނަށް ލިބޭނެ ކުޑަ ނަމަވެސް ތަސައްލީއަކަށް ވާނެއެވެ.

އޮޕަރޭޝަން ނުވަތަ ސަރޖަރީގެ މުސްތަގުބަލުވެސް ގުޅިފައި އޮތީ ޑިޖިޓަލް ދުނިޔެއަކާއެވެ. ރިއެރާ ބުނިގޮތުގައި، އެ ކުންފުނިން ޢަމާޒު ހިފާފައިވަނީ ރޮބޮޓް ޓެކްނޮލޮޖީއާއި އޭއައި އަދި ޑައެގްނޯސްޓިކް އިމޭޖް ގުޅާލައިގެން އިންގިލާބީ ކުރިއެރުންތަކެއް ހާސިލުކުރުމަށެވެ.

މޯބައިލް ވަރލްޑް ކޮންގްރެސްއިން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އަނެއް އުފެއްދުމަކީ ފުރޮޅުލީ ހޮސްޕިޓަލެކެވެ. އެއްތަނުން އަނެއް ތަނަށް ފަސޭހަ ކަމާއެކު ގެންދެވޭ މި ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ، ޕޭޝަންޓުންނާ އެންމެ ގާތުން ޚިދުމަތް ދޭން ތިބޭ ޓެކްނީޝަނުންނާ ޑޮކްޓަރުންނާ ދެމެދު އޭއާރް އައިނު ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސް ކުރެވޭ ގޮތަށެވެ. އޭގެ އިތުރުން، ސްޓްރޯކް ޖެހުމަށްފަހު ސިކުނޑިއަށް އަންނަ ބަދަލުތައް ވަގުތުން މޮނިޓަރ ކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެޑްބޭންޑެއް ވެސް ދައްކާލާފައިވެއެވެ.

މޯބައިލް ވަރލްޑް ކޮންގްރެސްއަކީ ޓެކްނޮލޮޖީއާއި ޓެލެކޮމް ނުވަތަ މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުން އައު އުފެއްދުންތަކާއި އިންގިލާބީ އީޖާދުތައް ދައްކާލާ މައުރަޒެކެވެ. މި ފަހަކަށް އައިސް ކުރިއަށްގެންދާ މިފަދަ ހުރިހާ މައުރަޒެއްގެ މައިގަނޑު މައުލޫއަކަށް ވެފައި އޮންނަނީ މަސްނޫއީ ތޫނިފިލިކަމެވެ.

ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު، އޭއައި ޓެކްނޮލޮޖީއަކީ އޭގެ ސުލޫކީ އަދި ގާނޫނީ މިންގަނޑުތަކާމެދު ބަހުސްތަކެއް އުފައްދަނިވި ފުރުސަތު އޮތް ޓެކްނޮލޮޖީއެކެވެ. ނަމަވެސް ސިއްހީ ދާއިރާއަށް އޭއައި ޓެކްނޮލޮޖީ ތައާރަފުކޮށް ހުށަހަޅާ ފަރާތްތަކުން ވަކާލާތުކުރާ ގޮތުގައި، މިއީ އެތަނެއްގެ ސިއްހީ ޚިދުމަތުގެ ގާބިލުކަން އިތުރުކޮށްދޭނެ ކަމެކެވެ. އަދި އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ތަނަކުން ޚިދުމަތް ހޯދާ ބަލި މީހުންނަށްވެސް އެކަމުގައި ފައިދާތަކެއް އެކުލެވޭ ކަމެއް ކަމަށްވެސް އެ މީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާމެލާމެލިން ބޭސްވެރިކަން ކުރަންވެސް އޭއައި!

މާމެލާމެލިން ބޭސްވެރިކަން ކުރަންވެސް އޭއައި!

28 އެޕްރީލު 2024
މީހެއްގެ މުޅި ލޯ ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަންކޮށްފި!

މީހެއްގެ މުޅި ލޯ ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަންކޮށްފި!

11 ނޮވެމްބަރު 2023
ސިކުނޑީގެ ސަރޖަރީތަކުގައި އޭއައިގެ އިރުޝާދުތައް ބޭނުން ކުރަން ޑޮކްޓަރުން ތަމްރީނު ކުރަނީ!

ސިކުނޑީގެ ސަރޖަރީތަކުގައި އޭއައިގެ އިރުޝާދުތައް ބޭނުން ކުރަން ޑޮކްޓަރުން ތަމްރީނު ކުރަނީ!

21 އޮކްޓޯބަރު 2023
40 އަކަށް އަހަރު ކުރިން އޭއައިގެ އިންޒާރު ދިން ކެމެރަންގެ ފިލްމެއްގައި އެ ޓެކްނޮލޮޖީ؟

40 އަކަށް އަހަރު ކުރިން އޭއައިގެ އިންޒާރު ދިން ކެމެރަންގެ ފިލްމެއްގައި އެ ޓެކްނޮލޮޖީ؟

24 ޖުލައި 2023
ޗެޓްޖީޕީޓީ ފަދަ އޭއައި ނިޒާމުތައް ވިލަރެސް ކުރާނެ ގާނޫނުތައް އެކުލަވައިލުމުގެ ދުވެލި މެކުހަށް!

ޗެޓްޖީޕީޓީ ފަދަ އޭއައި ނިޒާމުތައް ވިލަރެސް ކުރާނެ ގާނޫނުތައް އެކުލަވައިލުމުގެ ދުވެލި މެކުހަށް!

13 މެއި 2023

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު