Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭއައި އާރޓް

އޭއައި އާރޓުގެ ކޮޕީރައިޓް، އިންސާނުންނަށް ހައްގުތަ؟

"މިޑްޖަރނީ"އަށް ކަޝްޓަނޯވާ އިރުޝާދު ދިނީ، އެމެރިކާގެ މަޝްހޫރު ސެންޓްރަލް ޕާކުން ޒެންޑާޔާ ނުކުމެގެން އަންނަ މަންޒަރު ތަސްވީރު ކޮށްދިނުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2023 | އާދީއްތަ 11:07
މަރޗް 16 ވަނަ ދުވަހު އެ އިދާރާއިން ނެރުނު ޤަވައިދުގައި، އުފެއްދުންތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްފައި ވާ ނަމަ، އެކަން ބަޔާންކޮށްދިނުމަށް އަންގާފައިވޭ

މަރޗް 16 ވަނަ ދުވަހު އެ އިދާރާއިން ނެރުނު ޤަވައިދުގައި، އުފެއްދުންތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްފައި ވާ ނަމަ، އެކަން ބަޔާންކޮށްދިނުމަށް އަންގާފައިވޭ

ސޯޝަލް މީޑިއާގެ ކޮންމެ ދިމާއަކަށް ބަލައިލިކަމުގައި ވީނަމަވެސް މިހާރު އެންމެ ގަދައަށް ޓްރެންޑް ވާތީ ފެންނަނީ އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނިފިލިކަމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުންތަކާއި، މަންޒަރުތަކާއި، ލިޔުންތަކާއި ވީޑިއޯފަދަ ފިކުރީ މުދާތަކެވެ. މި ޒަމާނަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަވަންތަކަމާއި ހައްގުތަކުގެ ދިފާއުގައި، ތާރީޚު ނުދެކޭ ދަރަޖައަކަށް ވަކާލާތުކުރަމުންދާ ޒަމާނަކަށް ވާއިރު، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކުގެ ކޮޕީރައިޓް ހައްގުވެރިންނަކީ ހަގީގަތުގައި ކޮން ބައެއް ތޯއެވެ؟

އިތުރު ތަފްސީލަކަށް ނުގޮސް، ހުސްވި އަހަރު ހިނގި ހާދިސާއަކަށް ޖެހިލާނަމެވެ. ކްރިސް ކެޝްޓަނޯވާ، އާ އޭއައި ޕްރޮގްރަމަކަށް އިރުޝާދުތައް ދިނެވެ. އޭނާ ހިތް އެދޭ ފަދަ މަންޒަރެއް އުފެއްދުމަށެވެ. މަންޒަރު ކުރަހާލައިފިއެވެ. އެހާ ހިސާބުން އުފެދުނީ އާދަޔާ ޚިލާފު، ހޫނުގަދަ ބަހުސެކެވެ. އެއީ، އޭއައި ޓެކްނޮލޮޖީގެ އެހީގައި ކުރެހި އެ މަންޒަރު އުފެއްދީ އިންސާނެއްތޯ ނުވަތަ އަލްގޮރިދަމްއެއްތޯ ކުރެވޭ ބަހުސްއެވެ.

މިއަދު ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ ޗެޓްޖީޕީއާ ދާދި އެއްގޮތަށް މަސައްކަތްކުރާ އޭއައި ޕްރޮގްރާމެއް ކަމަށްވާ "މިޑްޖަރނީ"އަށް ކަޝްޓަނޯވާ އިރުޝާދު ދިނީ، އެމެރިކާގެ މަޝްހޫރު ސެންޓްރަލް ޕާކުން ޒެންޑާޔާ ނުކުމެގެން އަންނަ މަންޒަރު ތަސްވީރު ކޮށްދިނުމަށެވެ. މަންޒަރު ވާންޖެހޭނީ ސައި-ފައި ފިލްމަކުން ފެންނަ ކަހަލަ މަންޒަރަކަށް ކަމަށާއި، ދޭހަވާންވާނީ، މުސްތަގުބަލުގައި ފަޅުވެފައި އޮންނަ ނިއުޔޯކް ސިޓީ ކަމަށްވެސް އޭއައި ޕްރޮގްރާމަށް އިރުޝާދު ދިނީ ކަޝްޓަނީވާއެވެ.

މިފަދަ ގޮތަކަށް އޭއައި ޕްރޮގްރާމަށް ދިން އެތައް ސަތޭކަ އިރުޝާދަކާއެކު، "ޒާރްޔާ އޮފް ދަ ޑޯން"ގެ ނަމުގައި 18 ސަފުހާގެ ވާހަކައެއްވެސް ލިޔެފިއެވެ. ވާހަކާގައި އުޅެނީ ޒެންޑާޔާ ރަމްޒުކޮށްދޭ އަންހެންކުއްޖެކެވެ. މީގެ އެތައް ސަތޭކަ އަހަރެއް ފަހުން، ފަޅުވެފައިވާ މެންހެޓަންގައި އެކުއްޖާ އުޅޭ ގޮތުގެ ވާހަކައެވެ. ކަޝްޓަނޯވާ، އެ ވާހަކައިގެ ކޮޕީރައިޓް ކަށަވަރުކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ފަންނުވެރި އުފެއްދުންތަކުގެ ގާނޫނީ މިލްކުވެރިންނަކީ، އެ އުފައްދާ ފަންނުވެރިޔާ ކަމަށް، ސޯޝަލް މީޑިއާގައި ކަޝްޓަނޯވާ އިއުލާން ކުރިއެވެ.

ނަމަވެސް، މާ ގިނަ ދުވަހަކު އެކަން ދެމި އޮންނަ ގޮތެއް ނުވިއެވެ. އެމެރިކާގެ ކޮޕީރައިޓާބެހޭ އިދާރާގެ ނިންމުން، އެ އިދާރާއިން އަނބުރައި ގެންދިޔައީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. ކަޝްޓަނޯވާއަކީ، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފަންނުވެރި މަސައްކަތުގެ ގާނޫނީ މިލްކުވެރިކަން ގެއްލުނު ފުރަތަމަ މީހާއަށްވިއެވެ. "ޒާރްޔާ"ގެ މަންޒަރުތަކަކީ، އިންސާނެއްގެ މަސައްކަތް ނޫންކަމަށް، އެމެރިކާގެ ކޮޕީރައިޓް އޮފީހުން ކަނޑައެޅިއެވެ. އަދި، ވާހަކައިގެ ސްޓޯރީލައިން ނުވަތަ ވާހަކަ ކުރިއަށްދާ ގޮތާއި ތަރުތީބުކޮށްފައި ވާ ގޮތަކީ ކަޝްޓޮނޯވާގެ މިލްކެއް ކަމަށްވެސް އެ އިދާރާއިން ނިންމިއެވެ.

ކަޝްޓަނޯވާވެސް ދުލެއް ނުދިނެވެ. ގާނޫނީގޮތުން ވަރުގަދަ ޓީމަކާއެކު މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ، ކޮޕީރައިޓް ގާނޫނުގައި ހުރި ވަރެއް ވަޒަން ކުރުމަށެވެ. އާ ފޮތެއް ލިއުމަށް، ކަޝްޓަނޯވާ މިހާރު ބޭނުންކުރަނީ، ތަފާތު އޭއައި ޕްރޮގްރާމެއް ކަމަށްވާ "ސްޓޭބަލް ޑިފިއުޜަން"އެވެ. މި ޕްރޮގްރާމަކީ މީހަކު ބޭނުންވާ ގޮތަށް އަމިއްލައަށް ކުރަހާފައި ހުންނަ ކުރެހުންތައް ސްކޭންކޮށް، ޕްރޮގްރާމަށް ނެގުމަށްފަހު، އެ ޕްރޮގްރާމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް އެ ކުރެހުންތައް އިތުރަށް ފުރިހަމަކޮށްދޭ ޕްރޮގްރާމެކެވެ. ކަޝްޓަނޯވާ ބުނާގޮތުގައި، އަމިއްލަ މަސައްކަތުން ކުރަހާފައިވާ ކުރެހުމެއް އިތުރަށް ފައްކާކުރި ކަމުގައި ވީނަމަވެސް، އެ ކުރެހުމުގެ އަސްލަކީ އިންސާނެއްގެ މަސައްކަތް ނޫން ކަމަކަށް ނުވާނެއެވެ.

މިކަމާ ބެހޭގޮތުން އެއްޗެއް ބުނުމަށް، އެމެރިކާގެ ކޮޕީރައިޓް އޮފީހުގެ ތަރުޖަމާނު ވަނީ އިންކާރުކުރައްވާފައެވެ. މިޑްޖަރނީއިންވެސް އެއްޗެއް ބުނުމަށް އިންކާރުކޮށްފައި ވާއިރު، މީޑިއާއިން ކުރި ސުވާލުތަކަށް ސްޓެބިލިޓީއިން ޖަވާބެއް ދީފައެއްނުވެއެވެ.

ޗެޓްޖީޕީޓީ، މިޑްޖަރނީ އަދި ސްޓޭބަލް ޑިފިއުޜަން ފަދަ އޭއައި ޕްރޮގްރާމްތަކުން، އިންސާނުންގެ ޚިޔާލުފާޅުކުރުމުގެ ހުނަރުވެރިކަން އާ އުސްމިންތަކަކަށް ގެންގޮސްދޭއިރު، މަސްނޫއީ ތޫނިފިލިކަން ބޭނުންކުރާ ޕްރޮގްރާމްތައް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ދަނީ ރެކޯޑް މިންވަރަކަށް އިތުރު ވަމުންނެވެ. ނަމަވެސް، މިފަދަ އުފެއްދުންތަކުގެ ހަގީގީ މިލްކުވެރިންނަކީ ކޮބައިކަން ކަނޑައެޅުމަށް ގާނޫނީ ނިޒާމު އަދިވެސް ވަނީ ނުކުޅެދިފައެވެ. ހަގީގީ މިލްކުވެރިންނަކީ ޕްރޮގްރާމް ބޭނުންކުރާ ފަރާތްތޯއެވެ؟ ނުވަތަ ޕްރޮގްރާމްގެ ވެރިފަރާތް ތޯއެވެ؟ ނޫނީ އެއްވެސް މީހަކަށް މި އުފެއްދުންތަކުގެ މިލްކުވެރިކަން އެބަ އޮތްތޯއެވެ؟

މިއީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ބަހުސެކެވެ. ފަންނުވެރިންގެ މަސައްކަތްތައް ހިއްސާކުރުމަށް، ލައިސަންސް ދޫކުރާ އެމެރިކާގެ ކްރިއޭޓިވް ކޮމަންސްގެ ކުރީގެ އިސްވެރިޔާ ރާޔަން މަރކްލީ ވިދާޅުވީ، އާ އޭއައި ނިޒާމްތަކުގެ އޯނަރުންނާއި އެ ޕްރޮގްރާމްތައް ބޭނުންކުރާ ފަރާތްތަކަށް ކޮޕީރައިޓް ހައްގު ލިބިދޭނަމަ، އެ މީހުންނަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ވާނެކަމަށެވެ.

އެމެރިކާގެ އިތުރުން އަދިވެސް ގިނަ ގައުމުތަކެއްގައި އުފައްދާ ފަންނުވެރި އުފެއްދުންތަކުގެ ގާނޫނީ މިލްކިއްޔާތު، އޭގެ ޒާތުގައި ލިބިދީފައި އޮންނަނީ އެ އުފެއްދި ފަރާތަކަށެވެ. ކޮޕީރައިޓް ރަޖިސްޓްރީކުރުމާއެކު، އެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ކޯޓު މެދުވެރިކޮށް މަސައްކަތްކުރުމުގެ ބާރުވެސް މިލްކުވެރި ފަރާތަށް ލިބިގެންވެއެވެ.

ކަންމިހެން އޮތްއިރު، ކުރެހުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނުވެރިންނާއި ކުންފުނިތަކުން ދަނީ އޭއައި ޕްރޮގްރާމްތަކުގެ ވެރި ފަރާތާއި އެ ޕްރޮގްރާމްތައް ބޭނުންކުރާ މީހުންނަށް ކޮޕީރައިޓް ހައްގު ދިނުމާ ދެކޮޅަށް، ހަރު އަޑުން ވަކާލާތުކުރަމުންނެވެ. ސަބަބެއް ކަމުގައި ބުނަނީ، އޭއައި ޕްރޮގްރާމްތައް މަސައްކަތްކުރަނީ، މިހާރުވެސް އިންޓަރނެޓްގައި ލިބެން ހުރި މަންޒަރުތަކަށް ރިއާޔަތްކޮށްގެން ކަމަށް ވެފައި، އެފަދަ ބައެއް މަންޒަރުތަކަކީ މިހާރުވެސް ކޮޕީރައިޓް ކޮށްފައިވާ މަންޒަރުތަކަކަށް ވާތީ ކަމަށެވެ. އަދި އޭއައި ސިސްޓަމްތަކުން، ހުއްދައަކާ ނުލައި، ކޮޕީރައިޓް އުފެއްދުންތަކުގެ ގާނޫނީ ހައިސިއްޔަތަށް އަރައިގަންނަ ކަމުގެ ދައުވާ އަޑުވެސް ދަނީ ގަދަވަމުންނެވެ.

އިންޓަރނެޓްގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޓޮކް ފޮޓޯގެ ޚިދުމަތްދޭ ގެޓީ އިމޭޖަޒްއާއި، ވިޜުއަލް އާރޓިސްޓުންނާއި، ކޮމްޕިއުޓަރ ކޯޑިންގ ގްރޫޕުތަކުން މިހާރުވެސް ވަނީ، މިޑްޖަރނީ، ސްޓެބިލިޓީ އޭއައި އަދި ޗެޓްޖީޕީޓީއައިގެ ޑިވަލޮޕަރު ކަމަށްވާ އޯޕަންއޭއައި އާ ދެކޮޅަށް، ވަކިވަކީން ދައުވާ ހުށަހަޅާފައެވެ. ކޮޕީރައިޓް ހައްގުތަކަށް އަރައިގެންފައިވާކަމަށް ބުނާ އެ ދައުވާތަކަށް، އޭއައި ކުންފުނިތަކުން އިންކާރުކުރެއެވެ.

އެމެރިކާގެ ކޮޕީރައިޓް އޮފީހުން، ކަޝްޓަނޯވާގެ "ޒާރްޔާ"އަށް ސެޕްޓެމްބަރު މަހު ކޮޕީރައިޓް ހުއްދަ ދޫކުރިއިރު، އެއީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދި އުފެއްދުމެއްކަން ސާފުކޮށްދީފައި ނުވާކަމަށް ބުނެއެވެ. މާޗް 16 ވަނަ ދުވަހު އެ އިދާރާއިން ނެރުނު ގަވައިދުގައި، އުފެއްދުންތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްފައިވާނަމަ އެކަން ބަޔާންކޮށްދިނުމަށް އަންގާފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާމެލާމެލިން ބޭސްވެރިކަން ކުރަންވެސް އޭއައި!

މާމެލާމެލިން ބޭސްވެރިކަން ކުރަންވެސް އޭއައި!

28 އެޕްރީލު 2024
އޮޕަރޭޝަން ތިއޭޓަރުތަކަށްވެސް އޭއައި ޓެކްނޮލޮޖީ!

އޮޕަރޭޝަން ތިއޭޓަރުތަކަށްވެސް އޭއައި ޓެކްނޮލޮޖީ!

05 މާރިޗު 2024
އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟

އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟

19 ޖެނުއަރީ 2024
ސިކުނޑީގެ ސަރޖަރީތަކުގައި އޭއައިގެ އިރުޝާދުތައް ބޭނުން ކުރަން ޑޮކްޓަރުން ތަމްރީނު ކުރަނީ!

ސިކުނޑީގެ ސަރޖަރީތަކުގައި އޭއައިގެ އިރުޝާދުތައް ބޭނުން ކުރަން ޑޮކްޓަރުން ތަމްރީނު ކުރަނީ!

21 އޮކްޓޯބަރު 2023
އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން

އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން

17 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު