Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސިކުނޑީގެ ސަރޖަރީ

ސިކުނޑީގެ ސަރޖަރީތަކުގައި އޭއައިގެ އިރުޝާދުތައް ބޭނުން ކުރަން ޑޮކްޓަރުން ތަމްރީނު ކުރަނީ!

އޭއައި ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމާއެކު، އެ ވީޑިއޯއިން ފެންނަ ކަންކަން އޭއައި ނިޒާމުގެ ތެރެއިން ދެނެގަންނާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2023 | ހޮނިހިރު 07:05
ހާނީ މަރކަސް؛ ކޮންސަލްޓަންޓް ނިއުރޯސަރޖަން

ހާނީ މަރކަސް؛ ކޮންސަލްޓަންޓް ނިއުރޯސަރޖަން

ބަޔަކު ނާޖާއިޒު ފައިދާތަކެއް ނަގަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލި ކަމުގެ ޓެކްނޮލޮޖީގައި ހުރި ފައިދާތައް ހަނދާން ނައްތާލެވޭކަށް ނެތެވެ. އޭއައި ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ލިއްބައިދޭ ލުއި ފަސޭހަ ކަމުގެ އިތުރަށް، ޞިއްޙީ ދާއިރާއަށް ލިބެމުން ދާ ކުރިއެރުންތައްވެސް ގިނަގުނައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ޞިއްޙީ އެކިއެކި ފަރުވާތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުން ކުރެއެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ނޭޝަނަލް ހޮސްޕިޓަލް ފޮރ ނިއުރޮލޮޖީ އެންޑް ނިއުރޯސަރޖަރީ (އެންއެޗްއެންއެން) އަކީވެސް އޭއައި ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފަމުން ދާ ހޮސްޕިޓަލެކެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހޮސްޕިޓަލް ފޮރ ނިއުރޮލޮޖީ އެންޑް ނިއުރޯސަރޖަރީއިން އޭއައި ޓެކްނޮލޮޖީ ބޭނުން ކުރަނީ، ސިކުނޑީގެ ސަރޖަރީގެ ރޮނގުން ޑޮކްޓަރުން ތަމްރީނު ކުރުމަށެވެ. ޑޮކްޓަރުން ތަމްރީނު ކުރަމުން ދަނީ، ސިކުނޑީގައި ކުރަން ޖެހޭ ކުރިޓިކަލް އޮޕަރޭޝަންތައް، ވީހާވެސް ރައްކާތެރިކަމާއި، ކާމިޔާބު ކަމާއެކު ކޮށް ނިންމާލުމަށް ކަމަށް އެންއެޗްއެންއެންއިން ބުނެއެވެ.

އެންއެޗްއެންއެންގެ ޑޮކްޓަރުން ތަމްރީނު ކުރުމަށް ބޭނުން ކުރާ ނިޒާމް ތައްޔާރުކޮށް ނިންމާލުމުގެ މަސައްކަތް ކުރިއަށް ދަނީ ޔުނިވަރސިޓީ ކޮލެޖު ލަންޑަން (ޔޫސީއެލް)ގައެވެ. އެ ނިޒާމު ފަރުމާ ކޮށްފައި ވަނީ، ސިކުނޑީގެ ކްރިޓިކަލް ކަންކަމަށް ރިޢާޔަތް ކުރަނިވި ހެން، އޮޕަރޭޝަން ޑޮކްޓަރުގެ ސަމާލުކަމަށް، އެކަންކަން އަރާނެ ފަދަ ގޮތަކަށެވެ.

ސިކުނޑީގެ ސަރޖަރީއަކީ އަބަދުވެސް، އޮޕަރޭޝަން ކުރަމުން ދާ ވަޤުތު، އޮޕަރޭޝަން ކުރަމުން ދާ ސަރަޙައްދުގެ މަންޒަރުތައް ވަގުތުން ވަގުތަށް ސްކްރީނަކުން ފެންނާނެހެން ކުރަމުން ދާ އޮޕަރޭޝަންއެކެވެ. އޭއައި ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމާއެކު، އެ ވީޑިއޯއިން ފެންނަ ކަންކަން އޭއައި ނިޒާމުގެ ތެރެއިން ދެނެގަންނާނެއެވެ. އަދި ފެންނަމުން ދާ މަންޒަރުތައް ފަޙުމްކޮށްދިނުމަށް، ނުވަތަ ވަމުން ދާ ގޮތް ދެނެގަތުމަށް ޑޮކްޓަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އީޕީއެސްސީއާރް ސެންޓަރ ފޮރ އިންޓަރވެންޝަނަލް އެންޑް ސަރޖިކަލް ސައެންސަސްގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ވެލްކަމް، ހާނީ މަރކަސް ފާހަގަ ކުރެއްވި ގޮތުގައި، ސަރޖަރީގެ ފެންވަރު ރަނގަޅު ކުރުމަށް، އޭއައި ޓެކްނޮލޮޖީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދޮރު އޮތީ ހުޅުވާލެވިފައެވެ.

ސިކުނޑީގެ ސަރޖަރީ ހަދާ ޑޮކްޓަރުން ތަމްރީނު ކުރުމަށް ބޭނުން ކުރާ ނިޒާމަކީ ޕިޓުއިޓަރީ ގްލޭންޑްގައި އުފެދިފައި ވާ ޓިއުމަރުތައް ނެގުމަށް ކުރި 200 އަށް ވުރެ ގިނަ އޮޕަރޭޝަންތަކުގެ ވީޑިއޯތައް ބަލާ، އެ ވީޑިއޯތައް އެނަލައިޒް ކޮށްފައި ވާ ނިޒާމެކެވެ. ސަރޖަން ޑޮކްޓަރަކު 10 ވަރަކަށް އަހަރުގެ ތެރޭގައި ހޯދާ ޢަމަލީ މަސައްކަތުގެ ތަޖުރިބާ، އޭގެ 4 ބައިކުޅަ 1 ބައި ހާ ވަޤުތުގެ ތެރޭގައި، އޭއައި ނިޒާމުން ލިބިގެންފައި ވާ ކަމަށްވެސް މަރކަސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނަތީޖާއެއްގެ ގޮތުން، ސިކުނޑީގައި އޮޕަރޭޝަން ކުރަން ޖެހޭ ސީދާ މިޞްރާބަށް ޑޮކްޓަރުންގެ ސަމާލުކަން ގެންގޮސްދެއެވެ. އަދި ސަރޖަރީގެ ކޮންމެ މަރުޙަލާއެއްގައި ކަންތައްތައް ވަމުން ދާން ޖެހޭނެ ގޮތްވެސް ޑޮކްޓަރުންނަށް އަންގައިދެއެވެ. ނިއުރޯސަރޖަރީގެ ރޮނގުން ތަމްރީނު ވަމުން އަންނަ، އަދި ޔޫސީއެލްގައި އޭއައިގެ ރޮނގުން ދިރާސާ ކުރަމުން އަންނަ ދަންޔާލް ޚާން ފާހަގަ ކުރި ގޮތުގައި މި އޭއައި ނިޒާމަކީ، ތަމްރީނުތަކުގައި ބޭނުން ކުރުމަށް ލިބޭ ވަރަށް ރަނގަޅު އެހީއެކެވެ. ތަމްރީނުތަކުގައި އެހީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ސޮފްޓްވެއަރ ފަރުމާ ކުރުމުގައިވެސް ޚާން ވަނީ މަސައްކަތް ކޮށްފައެވެ.

ދާއިރާގެ އެންމެ ފުންނާބު އުސް ތަޖުރިބާކާރުންގެ ތެރޭގައި ގުނާލެވޭ މެންބަރުންގެ ޓީމަކުން ތަރައްޤީ ކުރަމުން ދާ ނިއުރޯސަރޖަރީ އޭއައި ނިޒާމް ފައްކާ ކުރުމަށް ފަހު، އޮޕަރޭޝަން ތިއޭޓަރުތަކުގައި ޢަމަލީ ގޮތުން ބޭނުން ކުރެވޭ ވަރު ވާނީ، އަދި 2 އަހަރެއްހާ ދުވަސް ފަހުން ކަމަށް ޔޫސީއެލްއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

15 މެއި 2017
ހެޕަޓައިޓިސް މުޅިން ނައްތާލުމަށް ސަރުކާރުގެ އެހީ ބޭނުންވޭ: އަމީތާބު

ހެޕަޓައިޓިސް މުޅިން ނައްތާލުމަށް ސަރުކާރުގެ އެހީ ބޭނުންވޭ: އަމީތާބު

13 މެއި 2017
އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

05 އެޕްރީލު 2017
ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

24 މާރިޗު 2017
ސޯނާކްޝީ ބޭނުންވަނީ އަމީތާބްގެ "ކޭބީސީ" ކަހަލަ ޝޯއެއް ހުށަހަޅަން

ސޯނާކްޝީ ބޭނުންވަނީ އަމީތާބްގެ "ކޭބީސީ" ކަހަލަ ޝޯއެއް ހުށަހަޅަން

18 މާރިޗު 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު