Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންޖެލީނާ ޖޯލީ

މީހަކު އެންޖެލީނާ ޖޯލީއަށްވާން 50 އޮޕަރޭޝަން ކޮށްފި

ސަހަރު ހުރީ އެންޖެލީނާއާއި ވައްތަރުވުމަށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ތައްޔާރަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 ޑިސެމްބަރު 2017 | ހުކުރު 09:36
އެންޖެލީނާ ޖޯލީގެ ސިފަ ބޭނުންވާ ސަހަރު

އެންޖެލީނާ ޖޯލީގެ ސިފަ ބޭނުންވާ ސަހަރު

އެންޖެލީނާ ޖޯލީއަށް ވުމަށް އީރާނުގެ އަންހެނަކު 50 އޮޕަރޭޝަން ކޮށްފިއެވެ.

އީރާނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 22 އަހަރުގެ ސަހަރު ތަބަރު ވަނީ އޭނާގެ އޮޕަރޭޝަންތަކަށް ފަހު ސްނެޕްޗެޓާއި އިންސްޓާގްރާމަށް ފޮޓޯތައް ލާފައެވެ.

ބެލްޖިއަމްގެ މިޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސަހަރު ތަބަރު ވަނީ އެންޖެލީނާ ޖޯލީއާއި އެއްގޮތަށް ހުރުމަށް ތަފާތު އެކި އޮޕަރޭޝަން ކޮށްފައެވެ. އެންޖެލީނާގެ އޭނާގެ މޫނު ވައްތަރު ކުރުމަށް 50 އޮޕަރޭޝަން ކޮށްފައިވާ ކަމަށް އެ މީޑިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ސަހަރުގެ ފޮޓޯތަކަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ އޭނާ ހީވަނީ"ޒޮންބީ"އެއް ހެން ކަމަށެވެ. އޮޕަރޭޝަނަށް ފަހު އޭނާ ފެންނަ ގޮތް އެހާވެސް ބިރުވެރިކަމަށް އެފަރާތްތަކުގެ ކޮމެންޓުގައި ވަނީ ބުނެފައެވެ. އަދި ބައެއް ކޮމެންޓްތަކުގައި އެންޖެލީނާ އާއި ކޮންމެވެސް ވަރަކަށް ވައްތަރު ކަމަށް ވަނީ ބުނެފައެވެ.

ސަހަރު ބުނެފައިވަނީ އޭނާއަކީ އެންޖެލީނާ ޖޯލީގެ އެންމެ ބޮޑު އެއް ފޭންކަމަށާއި އެންޖެލީނާއާއި އެއްވައްތަރުވުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ސަހަރުގެ މޫނަށް އައިސްފައިވާ ބަދަލަށް މީހުން އެއްޗެހި ކިޔަސް އޭނާގެ މާބޮޑު ފަރުވާލެއް ނެތެވެ. އޭނާ ދަނީ ކޮންމެ ދުވަހަކުހެން އިންސްޓަގްރާމަށާއި ސްނެޕްޗެޓަށް އޭނާގެ ފޮޓޯއާއި ސެލްފީ ނެގުމަށްފަހު ލަމުންނެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
05 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު