Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭއައި ޓެކްނޮލޮޖީ

40 އަކަށް އަހަރު ކުރިން އޭއައިގެ އިންޒާރު ދިން ކެމެރަންގެ ފިލްމެއްގައި އެ ޓެކްނޮލޮޖީ؟

މަސްނޫއީ ތޫނުފިލިކަން ނުވަތަ އޭއައި ޓެކްނޮލޮޖީގެ ބަހުސްތަކަކީ ބައިނަލްއަޤުވާމީ ސިޔާސީ ޕޯޑިއަމްތަކުގައިވެސް ހޫނުކޮށް ކުރިއަށް ގެންދާ ބަހުސެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 09:07
ޖޭމްސް ކެމެރަން؛ ހޮލީވުޑްގެ ޑައިރެކްޓަރެއް

ޖޭމްސް ކެމެރަން؛ ހޮލީވުޑްގެ ޑައިރެކްޓަރެއް

ދުނިޔެ އަދު ދެކެމުން މިދާ ޓެކްނޮލޮޖީގެ އިންޤިލާބީ ރޭހުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވާ އެއް ދާއިރާއަކީ މަސްނޫއީ ތޫނުފިލިކަން ނުވަތަ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއެވެ. އޭއައި ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ އެތައް ކަމަކަށް، ވަކިން ޚާއްޞަކޮށް ފަންނީ ދާއިރާގެ މަސައްކަތްތަކަށް ލުއި ލިބެމުން ދެއެވެ. މީހަކަށް ބޮޑު އަގު ދީގެން މީގެ ކުރިން ކުރުވި މަސައްކަތްތައް، އޭއައި ޓޫލް ބޭނުން ކުރާ ޕްލެޓްފޯމެއް މެދުވެރިކޮށް، އެތައް ގުނައެއް އަގު ހެޔޮކޮށް ނުވަތަ އެއްވެސް އަގަކާ ނުލާވެސް ކޮށް ނިންމާލެވެއެވެ. އޭއައި ޓެކްނޮލޮޖީއަށް އޮންނަ ތަރުހީބާ އެއްވަރަށް، މިކަމުގެ ސަބަބުން އިންސާނުންގެ ފިކުރީ ޙައްޤުތަކަށް އުނިކަން ލިބޭ ކަމުގެ ބަހުސްގެ އަޑުވެސް ދަނީ އިންތިހާއަށް ގަދަ ވަމުންނެވެ.

އޭއައި ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންނަށް އޮތް ނުރައްކަލާ ބެހޭ ގޮތުން އެންމެ ފަހުން ވާހަކަ ދެއްކި އެކަކީ، އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރ ޖޭމްސް ކެމަރަންއެވެ. ކެމެރަން އަކީ އޭއައި ޓެކްނޮލޮޖީގެ ފަލްސަފާއަށް ބީރައްޓެހި މީހެއް ނޫނެވެ. އޭނާގެ ތާރީޚީ ފިލްމު 'ޓަރމިނޭޓަރ' ބިނާކޮށްފައި ވަނީވެސް، މަސްނޫއީ ތޫނުފިލިކަން ލިބިފައި ވާ މެޝިންތަކެއް މުޅި ދުނިޔެއަށް އަތްގަދަ ކުރަމުން ދާ ދިއުމުގެ މައްޗަށެވެ.

ކެނެޑާގެ ބްރޯޑްކާސްޓަރެއް ކަމަށް ވާ ސީޓީވީއަށް ދިން އިންޓަރވިއެއްގައި ކެމަރަން ބުނީ، އޭއައިގެ އިންޒާރު، 1984 ވަނަ އަހަރު އޭނާ ދީފައި ވާނެ ކަމަށާ، ނަމަވެސް އެއްވެސް މީހަކު އޭރު އޭނާގެ އަޑު ނޭހި ކަމަށެވެ. ކެމެރަންގެ ނަޒަރުގައި، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ އެންމެ ނުރައްކަލަކީ ކޮބައިތޯ ބަލާލުން މުހިންމެވެ.

އަދި އެވަރުން ނިމުނީއެއް ނޫނެވެ. އަސްކަރީ މައިދާނުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ހަތިޔާރަކީ ނިއުކްލިއަރ ހަތިޔާރު ކަމަށް ވާ އިރު، ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން ކަށަވަރު ކުރުމަށް ޤައުމުތަކުން ޖަހާ ރޭހުގެ ބީދައިން، ހަމަ އެފަދަ ވާދަވެރިކަމެއް، އޭއައި ޓެކްނޮލޮޖީގެ ސަބަބުންވެސް ފެށި ދާނެ ކަމަށް ކެމަރަން ޤަބޫލު ކުރެއެވެ.

ހޮލީވުޑްގެ އަދުގެ މަސްރަހަށް ބަލާލުމުން އެކަނިވެސް ކެމަރަންގެ ވާހަކަތަކުގައި ޙަޤީޤަތް އެކުލެވޭ މިންވަރު ހާމަވެއެވެ. މި ދުވަސްވަރަކީ ހޮލީވުޑްގެ ގިނަ ޢަދަދެއްގެ ލިޔުންތެރިންނާއި އެނޫންވެސް ފަންނީ ދާއިރާތަކުގެ މީހުން، ވަރުގަދަ ހަޅުތާލެއް ކުރަމުންދާ ދުވަސްވަރެކެވެ. ހަޅުތާލުގެ އަސްލު ގޮސް ގުޅެނީވެސް މަސްނޫއީ ތޫނުފިލިކަމާއެވެ.

ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ބަސް ހުއްޓުވާލި މަސައްކަތްތަކެއް ކޮށްފައިވާ ކެމެރަންގެ އެންމެ ފަހުގެ ފިލްމު 'އެވަޓަރ: ދަ ވޭ އޮފް ވޯޓަރ'އަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 2.32 ބިލިއަން ޑޮލަރުވަނީ ލިބިފައެވެ. ކެމެރަން ބުނި ގޮތުގައި އޭއައި ޓެކްނޮލޮޖީގެ އެހީގައި ސްކްރީންޕްލޭ ލިޔުމާ މެދު، ޚުދު އޭނާވެސް ދެގޮތަކަށް ވިސްނުން ގެންގުޅުނު ކަމަށެވެ.

އޭއައި ޓެކްނޮލޮޖީގެ އެހީގައި ކެމެރަންގެ ފިލްމެއްގެ ސްކްރިޕްޓް ތައްޔާރުކޮށްފާނެބާއެވެ؟ ނުކުރާނެއެކޭ ބުނެވޭކަށް ނެތެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މަސްނޫއީ ތޫނުފިލިކަން ނުވަތަ އޭއައި ޓެކްނޮލޮޖީގެ ބަހުސްތަކަކީ ބައިނަލްއަޤުވާމީ ސިޔާސީ ޕޯޑިއަމްތަކުގައިވެސް ހޫނުކޮށް ކުރިއަށް ގެންދާ ބަހުސެކެވެ. އޭއައި ޓެކްނޮލޮޖީގެ ކަންކަން ރެގިއުލޭޓްކޮށް، ޤާނޫނީ ޤަވައިދާއި ހަމަތަކުގެ ތެރެއިން ރެގިއުލޭޓް ކުރާނެ އުސޫލުތަކަކަށް މުޅި ދުނިޔެ ވަނީ ބޭނުން ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

ވައިޓް ހެލްމެޓްސް ޖަމާޢަތް އޮސްކާއަކަށް ނުދާނެ

26 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު