Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޭއައި ނިޒާމުތައް

ޗެޓްޖީޕީޓީ ފަދަ އޭއައި ނިޒާމުތައް ވިލަރެސް ކުރާނެ ގާނޫނުތައް އެކުލަވައިލުމުގެ ދުވެލި މެކުހަށް!

ކޮންމެ އުފެއްދުމަކީވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބައެއްގެ ފިކުރީ މުދަލެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 03:55
ގާނޫނުތަކާމެދު އެއްބަސްވުމަކަށް އައިސް، އެފަދަ ގާނޫނާއި ރެގިއުލޭޓަރީ ގަވައިދުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ގައުމުތަކުން ދަނީ މަޝްވަރާ ކުރަމުން

ގާނޫނުތަކާމެދު އެއްބަސްވުމަކަށް އައިސް، އެފަދަ ގާނޫނާއި ރެގިއުލޭޓަރީ ގަވައިދުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ގައުމުތަކުން ދަނީ މަޝްވަރާ ކުރަމުން

ސޯޝަލް މީޑިއާގެ ކޮންމެ ދިމާއަކަށް ބަލައިލިކަމުގައި ވީނަމަވެސް މި ދުވަސްވަރު އެންމެ އާންމުކޮށް ފެންނަ އެއް މަންޒަރަކަށް ވަނީ، ޓެކްނޮލޮޖީގެ ދުނިޔެއަށް ދާދި ފަހުން ތައާރަފުވެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަމުގެ އާލާތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އެކި ޒާތްޒާތުގެ މަންޒަރުތަކާއި އަޑުތަކެވެ.

މިއިން ކޮންމެ އުފެއްދުމަކީވެސް ކޮންމެވެސް މީހެއްގެ ނުވަތަ ބައެއްގެ ފިކުރީ މުދަލަކަށް ވާއިރު، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަރުކާރުތަކުން މިހާރު ހަލުއި ދުވެލީގައި މަސައްކަތް ކުރަމުންދަނީ، އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމާބެހޭ ގާނޫނުތަކާމެދު އެއްބަސްވުމަކަށް އައިސް، އެފަދަ ގާނޫނާއި ރެގިއުލޭޓަރީ ގަވައިދުތައް ހަރުދަނާކުރުމަށެވެ. އެގޮތުން، މި ބަލައިލަނީ އޭއައި އާލާތްތައް ބޭނުންކުރުމާ ގުޅޭގޮތުން ގައުމުތަކުގެ ސަރުކާރުތަކުގެ ފެންވަރުގައާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ފެންވަރުގައި ކުރަމުންދާ ބައެއް މަސައްކަތްތަކަށެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ހިސާބުން ފަށާއިރު، އެމެރިކާގެ މައި ސަރުކާރު މިހާރު އޮތީ، އޭއައި ޓެކްނޮލޮޖީ ރެގިއުލޭޓްކުރުމާ ބެހޭ ގާވައިދުތައް އެކުލަވައިލުމަށް ބޭނުންވާ އެކި ކަހަލަ ޚިޔާލުތައް ހޯދުމުގެ މަރުހަލާގައެވެ.

ފެޑެރަލް ޓްރޭޑް ކޮމިޝަންގެ އިސްވެރިޔާ ވިދާޅުވީ އޭއައި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މިހާރުވެސް ހުރި ގާނޫނުތަކުގެ ބޭނުން ހިފުމަށް އެ އިދާރާއިން ތައްޔާރަށް އޮތްކަމަށެވެ. އޭގެތެރޭގައި، މިހާރު އެންމެ ގަދަކޮށް އުޅޭ ކުންފުނިތަކުގެ ބާރުވެރިކަން އަދިވެސް ގަދަކުރުމާއި، މަކަރާއި އޮޅުވާލުމުގެ މައްސަލަތަކުގައި ކުރާ ދައުވާތައް މެކުހަށް ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، ސެނެޓަރ މައިކަލް ބެނެޓް އޭޕްރިލް މަހު ހުށަހެޅުއްވި ބިލުގައި ފާހަގަކުރެއްވި ބައެއް ކަންކަމަށް ބަލާއިރު، އެމެރިކާގެ އޭއައި ޓެކްނޮލޮޖީއާ ގުޅޭ ސިޔާސަތުތައް ވިލަރެސްކުރާނެ ޓާސްކް ފޯހެއް އުފެއްދުމާއި، ޒާތީ ސިއްރު ހިފެހެއްޓުމާއި، މަދަނީ މިނިވަންކަމާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށްގެންދިއުމަށް ހުރި ނުރައްކާތައް ވީހާވެސް ކުޑަކުރާނެ ގޮތްތައް ހޯދުން ހިމެނެއެވެ.

ޖޯ ބައިޑަންގެ ސަރުކާރުން ބުނީ، އޭއައި ޓެކްނޮލޮޖީގެ ނިޒާމު ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކާ ގުޅިގެން، ކަމާ ގުޅުންހުރި ފަރާތްތައް ޖަވާބުދާރީ ކުރުވިދާނެ ގޮތްތައް ބެލުމަށް އާންމުންގެ ޚިޔާލު ހުރި ނެތް ގޮތް ދެނެގަންނަމުން ދާކަމަށެވެ. ޓެކްނޮލޮޖީގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އުފެއްދުންތައް އާންމުންނާ ހިސާބަށް ދޫކޮށްލުމުގެ ކުރިން، އެ އުފެއްދުންތަކަކީ ރައްކާތެރި އުފެއްދުންތަކެއްކަން ކަށަވަރުކުރުމަކީ، ޓެކްނޮލޮޖީގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި މިކަން އޮތް ގޮތަށް ބަލާއިރު، އޭއައި ޓެކްނޮލޮޖީގެ ނިޒާމުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ، ކަމާބެހޭ އެކި ފަރާތްތަކުގެ މައްޗަށް ބަހައިލުމަށް ދަނީ ރާވަމުންނެވެ. އެގޮތުން، އާ އިދާރާއެއް އުފެއްދުމުގެ ބަދަލުގައި، އޭއައި ނިޒާމު ރެގިއުލޭޓްކުރުމުގެ ކަންކަން، އިންސާނީ ހައްގު، ސިއްހަތާއި ސަލާމަތްތެރިކަމުގެ ދާއިރާގެ މުއައްސަސާތަކާއި އަދި ވާދަވެރިންގެ މެދުގައި ކުރިއަށް ގެންދިއުމުގެ ފިކުރެއް އިނގިރޭސިވިލާތުގައި އޮތްކަން ފާހަގަކުރަން ޖެހެއެވެ.

އޭޕްރިލް މަހު ކުރިއަށްދިޔަ ވިޔަފާރި ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކު ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ބެލެހެއްޓުމަށްޓަކައި، އޭއައި ޓެކްނޮލޮޖީގެ ނިޒާމުގެ މައްޗަށް، ގައުމުތަކުގެ ސަރުކާރުތަކަށް "ސިޔާދަތީ ގާބިލިއްޔަތުކަން" ލިބިދޭންޖެހޭ ކަމަށެވެ. 

އޭއައި ޓެކްނޮލޮޖީއަކީ އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ދިމާއަކަށްވެސް ބަދަލު ގެނައުމުގެ ގާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީގެ ނިޒާމެއް ކަމަށާއި، އެއީ އެންމެންނަށްވެސް އެނގޭ ކަމެއް ކަމަށް ބޮޑުވަޒީރު ސުނާކު ވަނީ ވިދާޅުވެފައެވެ.

މަސްނޫއީ ތޫނުފިލިކަމުގެ ނިޒާމުގެ ކަންކަން ބެލެހެއްޓުމާބެހޭ ދެލިކޮޕީއެއް، ޗައިނާގެ ސައިބަރސްޕޭސް ރެގިއުލޭޓަރުން އެކުލަވާލީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. ޗައިނާ ސަރުކާރުން ބޭނުންވަނީ، އާންމުންނާ ހަމައަށް އެފަދަ ޓެކްނޮލޮޖީތައް ދޫކޮށްލުމުގެ ކުރިން، ސަލާމަތާއި ރައްކާތެރިކަމާބެހޭ އެސެސްމަންޓްތައް ހެދުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށެވެ.

ހަމަ މިއާއެކު، ޗައިނާގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ބިއުރޯއިން ވަނީ، ޗެޓްޖީޕީޓީއަށް ގޮންޖަހާނެ އޭއައި މޮޑެލް އުފައްދާ ބޮޑެތި ކުންފުނިތަކަށް ސަރުކާރުން އެއްބާރުލުން ދޭނެކަންވެސް ހާމަކޮށްފައެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ)އިން ދަނީ އޭއައި ޓެކްނޮލޮޖީގެ ނިޒާމުތައް އުފައްދައި، ތަރައްގީކޮށް، ބޭނުންކުރުމާބެހޭ ގަވައިދުތައް ހަރުދަނާކޮށް، އާ އުސޫލުތައް އެކުލަވައިލުމާގުޅޭ މަޝްވަރާތައް ކުރަމުންނެވެ. އޭއައި ޓެކްނޮލޮޖީއާ ގުޅިގެން ވިލާތުގެ ފިކުރު ބައްޓަންކުރަމުންދަނީ ކޮޕީރައިޓްގެ ހައްގު ރައްކާތެރިކުރުމުގެ ގިއުގަނޑުގެ ތެރެއިންނެވެ. ފާސްވެއްޖެނަމަ އޭއައި އެކްޓް ވެގެންދާނީ، އޭއައި ޓެކްނޮލޮޖީގެ ކަންކަން ވިލަރެސްކުރުމަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ތަންފީޒުކުރާ، އެންމެ ވަރުގަދަ އެއް ގާނޫނަށެވެ. އޭއައި އެކްޓަށް، ޔޫރަޕިއަން ޕާރލަމެންޓުން ވޯޓުލާނީ ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއިލާ އެކީ މަރުވި 5 މަހުގެ ކާފަދަރިފުޅާއެކު ފުރަތަމަވީ ތާއްޓެވެ. ދެން ބައްދަލުވީ 3 ހަފުތާ ފަހުންނެވެ!

އާއިލާ އެކީ މަރުވި 5 މަހުގެ ކާފަދަރިފުޅާއެކު ފުރަތަމަވީ ތާއްޓެވެ. ދެން ބައްދަލުވީ 3 ހަފުތާ ފަހުންނެވެ!

05 މާރިޗު 2023
ގޯޑަން ރެމްޒީއާއި ޖޭމީ އޮލިވަރ ފަދަ ކައްކާއިންގެ ޑިޝްތައް ވަގުތުން ވަގުތަށް ސުފުރާ މައްޗަށް ގެނެސްދޭ "ގާމާޝެފް"!

ގޯޑަން ރެމްޒީއާއި ޖޭމީ އޮލިވަރ ފަދަ ކައްކާއިންގެ ޑިޝްތައް ވަގުތުން ވަގުތަށް ސުފުރާ މައްޗަށް ގެނެސްދޭ "ގާމާޝެފް"!

11 ފެބުރުއަރީ 2023
މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

13 ނޮވެމްބަރު 2022
އުފުލެމުންދާ އަގުތަކާހެދި، ޤައުމީ ކޭން ކާލެވޭނެ ފަދަވެސް ޖީބުގައި ނެތް؟

އުފުލެމުންދާ އަގުތަކާހެދި، ޤައުމީ ކޭން ކާލެވޭނެ ފަދަވެސް ޖީބުގައި ނެތް؟

07 އޯގަސްޓު 2022
ގައުމީ ލޯބީގެ ލާމަސީލު މިސާލެއް ފަދަ ލުބްނާންގެ 3 ފަހުލަވާނުން!

ގައުމީ ލޯބީގެ ލާމަސީލު މިސާލެއް ފަދަ ލުބްނާންގެ 3 ފަހުލަވާނުން!

18 ޖުލައި 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު