Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކާންޔޭ ވެސްޓް

ކާންޔޭގެ އާ އަލްބަމް ކަވަރގައި އޭނާގެ މަންމަ އޮޕަރޭޝަން ކުރި ފަހު ޑޮކްޓަރ

29 އެޕްރީލު 2018 | އާދީއްތަ 09:44

ކާންޔޭ ވެސްޓުގެ ދެ އަލްބަމެއް އަންނަ ޖޫންގައި ނިކުންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 އެޕްރީލު 2018 | އާދީއްތަ 09:44
ކާންޔޭ އާއި އޭނާގެ މަންމަ ޑޮންޑާ ވެސްޓް

ކާންޔޭ އާއި އޭނާގެ މަންމަ ޑޮންޑާ ވެސްޓް

ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ ދެ އަލްބަމެއް އަންނަ ޖޫންގައި ނިކުންނާނެއެވެ.

ކާންޔޭ ވެސްޓު ބުނެފައިވަނީ ފުރަތަމަ އަލްބަމް ރިލީޒް ކުރާނީ އަންނަ ޖޫންމަހުގެ 1 ގައި ކަމަށެވެ. ދެވަނަ އަލްބަމް ނެރޭނީ ޖޫން މަހުގެ 8 ވަނަ ދުވަހުގައި ލަވަކިޔުންތެރިޔާ އަދި އެކްޓަރ ކިޑް ކުޑީ އާއި ގުޅިގެން ނެރޭ އަލްބަމެކެވެ. އެ އަލްބަމުގެ ނަމަކީ ކިޑްސް ސީ ގޯސްޓެވެ.

ކާންޔޭ ޖޫން މަހުގެ 1 ގައި ނެރޭ އަލްބަމުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް ޚަބަރުތައް ބުނާގޮތުގައި ހަތްލަވަ ހިމެނޭ އެ އަލްބަމްގެ ނަމަކީ ޓާބޯ ގްރެފިކްސް 16 އެވެ.

ކާންޔޭވަނީ އޭނާގެ އަލްބަމުގެ ކަވަރ ގައި ފެނިގެންދާނީ މަރުވެފައިވާ އޭނާގެ މަންމަ ޑޮންޑާ ވެސްޓުގެ ސާޖަންޓް އަދި ޕްލާސްޓިކް ސާޖަރީ ޑޮކްޓަރ ޖެން އެޑަމް ކަމަށް ބުނެފައެވެ. ކާންޔޭ ހޮނިހިރު ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ޖެން އެޑަމްގެ ފޮޓޯއެއްހިމެނޭ ޗެޓް ލޮގްގައި ބުނެފައިވަނީ އެއީ އޭނާގެ އަލްބަމްގެ ކަވަރ ކަމަށެވެ. އެ ޑޮކްޓަރަކީ އޭނާގެ މަންމަ އެންމެ ފަހުން ހަދާފައިވާ ސާޖަރީގެ ޑޮކްޓަރު ކަމަށެވެ.

ކާންޔޭގެ މަންމަ ޑޮންޑާ ވެސްޓް މަރުވެފައިވަނީ އޭނާ ހަދާފައިވާ ޕްލާސްޓިކް ސާޖަރީގެ ސަބަބުން މެއަށް ކުއްލިއަކަށް ތަދެއް އަރައިގެން 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާ މަރުވީ އެމެރިކާގެ ކެލެފޯނިއާގެ ހޮސްޕިޓަލެއްގައެވެ.

ޑޮންޑާގެ މަރާއި ގުޅިގެން 2008 ވަނައަހަރުގެ ޖެނުއަރީގައި އެމެރިކާގެ ލޮސްއެންޖަލްސްއިން ހާމަކޮށްފައިވާ އޮޓޮޕްސީ ރިޕޯޓެއްގައި ބުނެފައިވަނީ އޭނާ މަރުވީ ޕްލާސްޓިކް ސާޖަރީއަށް ފަހު އޭނާއަށް ދިމާވި ހިތުގެ ބައްޔެއްގެ ސަބަބުންކަމަށެވެ.

"އަހަރެން ބޭނުންވަނީ އޭނާއަށް މާފު ކުރަން. އަދި ނަފްރަތު ކުރުން ހުއްޓާލަން. އެންމެން ދެކެވެސް ލޯބިވަން." ކާންޔޭ ކޮށްފައިވާ ޓްވީޓުގެ ޗެޓްލޮގްގައިވެއެވެ.

ކާންޔޭ އެނެމް ފަހުން އަލްބަމެއް ރިލީޒް ކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. ދަ ލައިފް އޮފް ޕްބްލޯ ގެ ނަމުގައި ނެރުނު އަލްބަމްގެ އިތުރުން ކާންޔޭ ނެރުނު އެހެން އަލްބަމްތަކަށް ބަލާއިރުލޭޓް ރެޖިސްޓްރޭޝަން (2005)، ގްރެޖުއޭޝަން (2007)، 808 އެންޑް ހާޓްބްރޭކް (2008)، މައި ބިއުޓިފުލް ޑާކް ޓްވިސްޓެޑް ފެންޓަސީ (2010)، ވޮޗް ދަ ތުރޯން (2011) އަދި ޔީޒަސް (2013) ހިމެނެއެވެ.

މަޝްހޫރު ރިއަލިޓީޝޯ ކީޕިން އަޕް ވިތު ކާޑޭޝިއަންސްގެ ތަރިއެއް ކަމަށްވާ މަޝްހޫރު ތަރި ކިމް ކާޑޭޝިއަން އާއި ކައިވެނިކޮށްގެން އޭނާއަށް ވަނީ 3 ދަރިން ލިބިފައެވެ. އެއީ ނޯތު ވެސްޓް، ސެއިންޓް ވެސްޓް އަދި ޝިކާގޯ ވެސްޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
21 ފެބުރުއަރީ 2017

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް