Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލޯ ބަދަލުކުރުމުގެ އޮޕަރޭޝަން

މީހެއްގެ މުޅި ލޯ ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަންކޮށްފި!

ނަމަވެސް ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި، ބަދަލު ކުރި ލޮލުގެ ޞިއްޙަތަށް އެކަށީގެންވާ ބަދަލުތަކެއް އައިސްފައި ވާ ކަމަށް ސަރޖިކަލް ޓީމުން ފާހަގަކޮށްފަައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2023 | ހޮނިހިރު 10:46
ބަދަލު ކުރި ލޯ ލައްވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިން ޚިދުމަތް ކޮށްފައި ވާ، ޢުމުރުން 46 އަހަރުގެ އޭރަން ޖޭމްސްގެ

ބަދަލު ކުރި ލޯ ލައްވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ކުރިން ޚިދުމަތް ކޮށްފައި ވާ، ޢުމުރުން 46 އަހަރުގެ އޭރަން ޖޭމްސްގެ

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުން އަންނަ އަދުގެ ދުނިޔޭގައި، ކޮންމެ ދުވަހަކީވެސް އާދަޔާ ޚިލާފު އެތައް ވާހަކައެއް އަޑު އިވިގެން ދާ ދުވަހެކެވެ. މި ދެންނެވި ކުރިއެރުންތަކުގެ އަސަރު، ޢާންމު މުޖުތަމައަށް އެންމެ ސީދާ ގޮތެއްގައި ފޯރަނީ ޞިއްޙީ ބޭސްވެރިކަމުގެ ދާއިރާއިން ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ. މި ހިނގާ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހަކީވެސް އެފަދަ ޚަބަރެއް ލިބުނު ދުވަހެކެވެ. އެ ދުވަހަކީ، އިންސާނާގެ ހަށިގަނޑުގައި ވާ އެންމެ މުހިންމު ގުނަވަން ކަމަށް ވާ ލޯ، ބަދަލު ކުރުމަށް، ނުވަތަ މުޅި ލޯ ޓްރާންސްޕްލާންޓް ކުރުމަށް އޮޕަރޭޝަންއެއް ކުރިކަން، ނިއުޔޯކްގެ ޑޮކްޓަރުންގެ ޓީމަކުން ޢިއުލާން ކުރި ދުވަހެވެ. ބަލި މީހާގެ މުޅި ލޯ ބަދަލު ކުރުމަށް ކުރި އޮޕަރޭޝަން ނިންމާލި ނަމަވެސް، ބަދަލު ކުރި ލޮލަށް އަދި ފެންނަ ގޮތެއް ނުވެއެވެ.

ލޯ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރީ މީގެ 6 މަސްދުވަސް ކުރިންނެވެ. އެއީ ބަލި މީހާގެ މޫނުގެ އެއްފަޅި ބަދަލު ކުރުމަށް ކުރި އޮޕަރޭޝަންއެއްގެ ތެރެއިންނެވެ. އޭގެ ފަހުން ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި، ބަދަލު ކުރި ލޮލުގެ ޞިއްޙަތަށް އެކަށީގެންވާ ބަދަލުތަކެއް އައިސްފައި ވާ ކަމަށް، އެންވައިޔޫ ލެންގޯން ހެލްތުގެ ސަރޖިކަލް ޓީމުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ލޮލުގެ ލޭނާރުތަކުގެ މަސައްކަތްތައް ރަނގަޅު ކަމަށާ، ރެޓީނާގެ ޙާލަތުވެސް ރަނގަޅު ކަމަށް ޓީމުން ވަނީ ހާމަ ކޮށްފައެވެ.

މި ދެންނެވި ސަރޖަރީއާ ހިސާބަށް، މިހާތަނަށް މުޅިންވެސް ހަދާފައި ވަނީ ލޮލުގެ ކޯނިއަރ ނުވަތަ ސާފުކޮށް ބޭރަށް ފެންނަން ހުންނަ ފަށަލަ ބަދަލު ކުރުމުގެ އޮޕަރޭޝަންތަކެވެ.

ބަދަލު ކުރި ލޯ ލައްވާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގައި ކުރިން ޚިދުމަތް ކޮށްފައި ވާ، ޢުމުރުން 46 އަހަރުގެ އޭރަން ޖޭމްސްއަށެވެ. އޭރަން ޖޭމްސްގެ މޫނުގެ އެއްފަޅި ބަދަލު ކުރަން ޖެހުނީ، މަސައްކަތުގެ މާޙައުލުގައި އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަކާ ގުޅިގެންނެވެ. ކަރަންޓުގެ އެކްސިޑެންޓެއްގައި އޭރަން ޖޭމްސްގެ މޫނުގެ ވާތް ފަޅި އެއްކޮށް ހަލާކުވިއެވެ. ނޭފަތާއި، އަނގަޔާއި ވާތު ލޯވެސް ހަލާކުވިއެވެ. ޓްރާންސްޕްލާންޓް ސަރޖަރީ، 21 ގަޑިއިރަށް ދެމިގެން ދިޔައެވެ.

އޭރަން ޖޭމްސްގެ ކޭސް ބަލަމުން ދިޔަ ޑޮކްޓަރުން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ބަލާ ބެލުމަށް މޫނުމަތިން އައިބެއް ނުފެންނާނެ ގޮތަށް، ލޮލުގެ ގޮބޮޅިގަނޑޭ މިކިޔާ ބައި ނުވަތަ، އައިބޯލް ބަދަލު ކުރުމަށް އެކަންޏެވެ.

ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ކަމުގައި ވީ ނަމަވެސް، އޭރަން ޖޭމްސްގެ ޙާލަތު ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

އަދުގެ ޙާލަތަށް ބަލާއިރު، އޭރަން ޖޭމްސްގެ ހަށިގަނޑަށް ލެއްވި ބަދަލު ލޮލާއި، އޭނާގެ ސިކުނޑިއާ ދެމެދު މަޢުލުމާތު ބަދަލެއް ނުކުރެއެވެ. ނުވަތަ އޮޕްޓިކް ނަރވް މެދުވެރިކޮށް، ސިގުނަލްތަކެއް ނުފޮނުވައެވެ. ނަމަވެސް، ލޮލުގެ ޑޯނަރާއި އޭރަން ޖޭމްސްގެ ލޮލުގެ ނާރުތަކާ ދެމެދު ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން، އޮޕަރޭޝަން ޓީމުން ވަނީ، ޑޯނަރުގެ ބޯން މެރޯއިން ސްޓެމް ސެލްތައް ނަގާ، ޓްރާންސްޕްލާންޓް ސަރޖަރީގެ ތެރޭގައި، އޭރަން ޖޭމްސްގެ އޮޕްޓިކް ނަރވްއަށް އެ މާއްދާތައް ފޮނުވާލާފައެވެ. އުންމީދަކީ، އޭރަން ޖޭމްސްގެ ހަށިގަނޑުގައި ހަލާކުވެފައި ވާ ލޮލުގެ ސެލްތައް މަރާމާތުވެ، މަސައްކަތް ފެށިގެން ދިއުމެވެ.

އޭރަން ޖޭމްސްގެ ވާތު ލޯ ބަދަލު ކުރުމަށް ކުރި އޮޕަރޭޝަންއާއެކު، ލޮލުގެ ޞިއްޙަތާ ގުޅިގެން އައު ފުރުޞަތުތަކެއް ވަނީ ތަނަވަސްވެފައެވެ. އައު ތަޖުރިބާތަކެއް ކުރުމަށް، އެތައް ބަޔަކަށް ވަނީ ހިތްވަރު ލިއްބައިދީފައެވެ.

ލޮލުގެ ފަރުވާގެ ރޮނގުން ދިރާސާ ކުރަމުންދާ އެހެން ޓީމުތަކުންވެސް ވަނީ، އިލެކްޓްރޯޑްސް ލައްވައިގެން، ލޮލުގެ ނާރުތަކުގެ ނިޒާމާއި، ބަލި މިހާގެ ސިކުނޑި ގުޅާލުމަށް މަސައްކަތްކޮށްފައެވެ. ލޮލުގެ ފެނުން އިޔާދަ ކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ.

ކުރިމަތިވި ނުރައްކާތެރި އެކްސިޑެންޓްއަށް ފަހުގައިވެސް، އޭރަން ޖޭމްސްގެ ކަނާތު ލޮލަށް ފެނެއެވެ. ނަމަވެސް، އޭނާގެ ވާތު ލޮލުގެ ފެނުން އަނބުރާ ނުލިބިދާނެ ކަން، އޭރަން ޖޭމްސް ހުރީ ޤަބޫލު ކޮށްގެންނެވެ.

ލޮލުގެ ފެނުން އަނބުރާ ލިބުމުގެ ފުރުޞަތު އޮތް ކަމަށް ޑޮކްޓަރު އަދިވެސް ޤަބޫލު ކުރެއެވެ.

ލޯ ބަދަލުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު