Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއިން ޝަހީދުވަމުންދާ ޢާއްމުން

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 30،631 އަށް އަރައިފި

5 މާރިޗު 2024 | އަންގާރަ 12:46

އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް ވަނީ 72،043 އަށް އަރާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 5 މާރިޗު 2024 | އަންގާރަ 12:46
ޣައްޒާގައި ބަނޑު ހައިހޫނުކަމުގެ ހަނގުރާމައާއި ކުރިމަތިވެފައިވާ ކުޑަކުދިންތަކެއް

ޣައްޒާގައި ބަނޑު ހައިހޫނުކަމުގެ ހަނގުރާމައާއި ކުރިމަތިވެފައިވާ ކުޑަކުދިންތަކެއް

އިސްރާއީލުގެ އޮކިއުޕޭޝަން ފޯސަސް (އައިއޯއެފް) އިން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް 30،631 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް ވަނީ 72،043 އަށް އަރާފައި ކަމަށް އެ މިނިސްޓްރީން ވަނީ ރިޕޯޓްކޮށްފައެވެ.

ބަނޑުހައިހޫނުކަމުގެ ތެރޭގައި އިންސާނީ އެހީ އަށް އެދޭ މީހުން ހިމެނޭ ގޮތަށް އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް ދަނީ ހަމަލާދެމުންނެވެ.

އެހީ އަށް އެދޭ މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުން އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުން ދިޔަ އިރު، އެތައް މިލިއަން ބަޔަކު ވަނީ އެކަމާ ރުޅިވެރިކަމާއި މާޔޫސްކަން ފާޅުކޮށް، ޣައްޒާގެ އާންމުންނަށް ކުރިމަތިވެފައިވާ އިންސާނީ ހިތާމަވެރި ހާދިސާ ހުއްޓުވުމަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ބައިޑަންގެ ސަރުކާރަށް ގޮވާލާފައެވެ.

އަދި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ދަނީ މަލްނިއުޓްރިޝަންގެ ސަބަބުން މަރުވަމުންނެވެ.

އދ.ގެ ކުޑަކުދިންގެ ފަންޑުގެ ސަރަޙައްދީ ތަރުޖަމާނު ސަލީމް އޮވެއިސް ވަނީ މިނުރައްކާތެރި ޙާލަތާމެދު އިންޒާރުދެއްވާ، ކުޑަކުދިންނަށް އެހީވުމަށް ބައިނަލްއަޤްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ އިންސާނިއްޔަތާ ޚިލާފު ކަންކަން ކަމަށާއި ޣައްޒާގެ އުތުރަށް އެހީ ނުލިބުމުގެ ސަބަބުން ކުޑަކުދިންގެ ސިއްހީ ހާލަތު އިތުރަށް ގޯސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ޣައްޒާގައި ނުރައްކާތެރި މަލްނިއުޓްރިޝަން އުފެދިފައިވާ ކަމުގެ އިންޒާރު ދީފައެވެ.

ހާއްސަކޮށް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް ޕީޕަރކޯން ވިދާޅުވިއެވެ.

އަލްޖަޒީރާއާ ހަވާލާދީ ޕީޕަރކޯން ވިދާޅުވީ ދެ އަހަރުން ދަށުގެ ކޮންމެ ހަ ކުއްޖަކުން އެކަކީ އެ ސަރަޙައްދުގައި ވަރަށް ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް