Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރުން

ވެރިންނަށް މަރުހަބާ ދަންނަވަން ދަރިވަރުން ނެރެން ފަށައިފި

4 މާރިޗު 2024 | ހޯމަ 00:56

މެންދުރުގެ ހޫނުގަދަ ގަޑީގައި ރައީސް ވަޑައިގެންނެވި އިރު ދަރިވަރުން ތިބީ ބަނދަރުމަތީގައި އަވީގައި މަރުހަބާ ކިޔަން ސަފަށް ނެރެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2024 | ހޯމަ 00:56
ރައިސް ދުވާފަރަށް މެންދުރުގެ ހޫނުގަޑީގައި ވަޑައިގެންނެވި އިރު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ސްކޫލް ދަރިވަރުން އަވީގައި ބައިތިއްބާފައި

ރައިސް ދުވާފަރަށް މެންދުރުގެ ހޫނުގަޑީގައި ވަޑައިގެންނެވި އިރު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ސްކޫލް ދަރިވަރުން އަވީގައި ބައިތިއްބާފައި

ސަރުކާރުގެ އިސްވެރިން ރަށްރަށަށް ކުރާ ދަތުރުތަކުގައި މަރުހަބާ ކިޔުމަށް ސްކޫލް ދަރިވަރުން ނެރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މި ސަރުކާރުން އަނެއްކާވެސް އެކަން ކުރަން ފަށައިފިއެވެ.

މިކަން ހާމަވެފައިވަނީ ރަސްމީ ދަތުރުފުޅުތަކެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގަންނަވާތީ، މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެން ސްކޫލްތަކަށް އަންގާ، ސްކޫލްތަކުން ކޮށްފައިވާ އިއުލާންތަކުންނެވެ.

Advertisement - newsAdvertisement

އެގޮތުން 3 މާޗްގައި ރައީސް މުއިއްޒު ރ. ދުވާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރުމަށް ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދުރަސާއިން ނެރެފައިވާ ދެންނެވުމުގައި ވެއެވެ. އެ ދެންނެވުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ރަސްމީ ދަތުރުފުޅެއްގައި ރ. ދުވާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނުގެ އިސްތިގުބާލުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ސްކޫލުގެ އެންމެހާ ދަރިވަރުންނާއި، ބެލެނިވެރިން 1:00 ގައި ބަނދަރަށް ދުރުވުމަށެވެ.

އަދި ދަރިވަރުން ހާޒިރުވާނީ ރަސްމީ ޔުނީފޯމުގައި ކަމަށާއި، މަގާމްތަކަށް ހޮވިފައިތިބި ކުދިން ޝޭޝް އަޅައިގެންކަމަށެވެ.

ސްކޫލުގެ އެންގުމާއެއްގޮތަށް ރައީސް މެންދުރުގެ ހޫނުގަދަ ގަޑީގައި އެރަށަށް ވަޑައިގެންނެވި އިރު ސްކޫލުން ދެންނެވި ދެންވުމުގައިވާގޮތަށް ދަރިވަރުން ހޫނުގައި ރައީސްއަށް މަރުހަބާ ދެންނެވުމަށް ކޮޅަށް ތިބެންޖެހުނެވެ. ރައީސް އެރަށަށް ވަޑައިގެންނެވީ 1:15 އެހާކަންހާއިރުއެވެ.

ސަރުކާރުގެ އިސްވެރިން ރަށްރަށަށް ވަޑައިގަންނަވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ސްކޫލް ދަރިވަރުން ނެރުން މަނާކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައެވެ. އެގޮތުން 2020 ވަނަ އަހަރު ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައި ނުވާނެ ކަމަށާއި، މި ފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް ޞާލިހް އިލްތިމާސްކުރައްވަވާ ކަމަށެވެ.

ނަމަވެސް ވެރިކަން ބަދަލުވެ ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުތަކުގައި ވަކިން ހާއްސަކޮށް މިހާރު ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގައި ސްކޫލް ދަރިވަރުން މަރުހަބާ ދެންނެވުމަށް ނެރެން އެޑިއުކޭޝަން މިނިސްޓްރީން ދަނީ އަންގަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް