Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސަށް ދޮންބިލެތް ހަލީމްގެ ފާޑުކިޔުން

ރައީސަށް އާއްމުން ސަމާލުކަމެއް ނުދޭ، ހިތޯބެއް ދިނަސް ގިނަ މީހުން އަޑެއް ނާހާ - ދޮންބިލެތް

ރައްޔިތުންގެ ރައީސް ޑރ.މުއިއްޒު އަށް ވެސް ވޯޓު ދިނީ އިތުބާރުކޮށްފައި ކަމަށާއި އެ އިތުބާރު މިހާރުވެސް ރައީސް ވަނީ ގެއްލުވާލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 މާރިޗު 2024 | އާދީއްތަ 01:16
ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)

ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެދު ރައްޔިތުންގެ ސަމާލުކަމެއް ނެތް ކަމަށާއި އެމަނިކުފާނާއި މެދު ރައްޔިތުން މާބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ނުދާ ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރައީސްކަމަށް ހުންނަ ބޭފުޅަކު ދައްކާ ވާހަކަ އަށް އިތުބާރު ކުރެވެން ވާނެ ކަމަށާއި ރައީސަކު ދައްކަވާ ވާހަކަ އަށް އާއްމުން އިންތިޒާރު ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ މަންޒަރު ފެންނަމުން ނުދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޒަމާނުން ފެށިގެން ރައީސަކު ދައްކާ ވާހަކަފުޅެއް ނަމަ އެ ވާހަކަފުޅަކީ ރައްޔިތުންގެ ސަމާލުކަން ދޭ ވާހަކަ އަކަށް ވާކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ހިނގަން މެދުވެރިވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންތިޚާބު ތެރޭގައި ހައްދަވާފައިވާ އިތުރުފުޅުތައް އެނގި ހާމަވަމުންދާތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައްޔިތުން، ރައީސް ޑރ.މުއިއްޒު އަށް ވެސް ވޯޓު ދިނީ އިތުބާރުކޮށްފައި ކަމަށާއި އެ އިތުބާރު މިހާރު ރައީސް ވަނީ ގެއްލުވާލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އަބަދުވެސް ކުރީ ސަރުކާރުގެ ވާހަކަދައްކައިގެން ކަންކަމުން ރެކެން ރައީސް ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ މިއަދު ދިވެހިން ޤަބޫލުކުރާނެ ވާހަކަ އެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ވެރިކަމަށް އިންތިޚާބުވުމަށް ފަހުގައި ވެސް ރައީސް މުއިއްޒު އަށް އިންތިޤާލީ މަރުހަލާގައި ކަންކަން ބަލާ ހޯދަން ރަނގަޅު ފުރުސަތެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭރުވެސް މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން މުޅިން މާޔޫސްކޮށްލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަބަދުވެސް އިވޭ އަޑަކީ ކުރީ ސަރުކާރު ކުށްވެރިކޮށް ވާހަކަދައްކާ އަޑު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
03 މާރިޗު 2017

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު