Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމް.ޑީ.ޕީ

އެމްޑީޕީ އަކީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިން ޕާޓީ: ދޮންބިލެތް

3 ޖޫން 2025 | އަންގާރަ 12:56

އޭރު އުދިގެން އައީ އިސްލާޙީ މަސައްކަތް ކުރާ ބަޔަކާއި، ޤައުމު އެހެން ގޮތަކަށް އަދި އެހެން މިސްރާާބެއްގައި ކުރިއަށް ގެންދަން މަސައްކަތް ކުރި ބައެއް ކަމަށް ދޮންބިލެތް ވަނީ ފާހަގަ ކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖޫން 2025 | އަންގާރަ 12:56
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)

އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިން ޕާޓީ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ދޮންބިލެތް މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީ އުފެދިގެން އައި ގޮތަށް އިޝާރާތް ކުރައްވަމުން ދޮންބިލެތް ވިދާޅުވީ އޭރު އެމްޑީޕީ އުފެދިގެން އައި އިސްލާޙީ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެމްޑީޕީ އާއެކު އޭރު އުފެދިގެން އައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފެދުނީ އޭރު އޮތް ހުދުމުޚުތާރު ވެރިކަން ދިފާއު ކުރަން ކަމަށް ވެސް ދޮންބިލެތް ވިދާޅުވި އެވެ.

އެހެންކަމުން އޭރު އުފެދިގެން އައީ އިސްލާޙީ މަސައްކަތް ކުރާ ބަޔަކާއި، ޤައުމު އެހެން ގޮތަކަށް އަދި އެހެން މިސްރާާބެއްގައި ކުރިއަށް ގެންދަން މަސައްކަތް ކުރި ބައެއް ކަމަށް ދޮންބިލެތް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ދޮންބިލެތް ވިދާޅުވީ އެމްޑީޕީ އަކީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށް މަސައްކަތް ކުރި ޕާޓީއެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް އެމްޑީޕީ އިން ދިވެހި ރައްޔިތުންނަށް ވިސްނައިދިނީ އޭރު ރައްޔިތުންނަށް ލިބެމުން އައި މިންވަރަކީ ހައްގު މިންވަރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންނަށް އެއަށް ވުރެ ރަނގަޅު މިންވަރެއް މި ރާއްޖެ އިން ހައްގުވާ ކަމަށް ބުނެދިން ކަމަށް ވެސް ދޮންބިލެތް ވިދާޅުވި އެވެ.

އެގޮތުން ބޭސްފަރުވާގެ ނިޒާމަށް ސަލާމް ޖެހުމަކީ އޮންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ ރައްޔިތުުންނަށް ރަނގަޅަށް ބޭސްފަރުވާ ކުރެވި، ފޮތް ފަންސޫރު ލިބި، ދަތުރު ފަތުރުގެ ނިޒާމުގެ ބޭނުން ކުރެވި، ދިވެހިންނަށް ވެސް ރަނގަޅު އަދި ރީތި ދިރިއުޅެއް އުޅެވިދާނެކަން އެމްޑީޕީ އިން ބުނެދިިން ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

އެމްޑީޕީ އިން ފުރަތަމަ ވެސް ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ވިސްނައިދިނީ މިހާރު ތިބޭފުޅުންނަށް ލިބެމުން ތިދާ މިންވަރަކީ އެއީ ހައްގު މިންވަރު ނޫންކަން. އެއަށްވުރެ މާ ރަނގަޅު މިންވަރެއް މި ދިވެހި ރާއްޖެ އިން ތިބޭފުޅުންނަށް ހައްގުވާ ކަމަށް. އޭގެ ތެރޭގައި ބޭސްފަރުވާ އަށް ސަލާމް ޖެހުމަކީ އޮތް ކަމެއް ނޫންކަން، މި ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ރީއްޗަށް ކޮށްގެން، ފޮތް ފަންސޫރު ހޯދައިގެން، ދަތުރު ފަތުރުކޮށްގެން ދިވެހިންނަށް ވެސް ރީތި ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެކަން.
އަޙުމަދު ޙަލީމް (ދޮންބިލެތް) / ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު

މީގެ އިތުރުން ދޮންބިލެތް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ 30 އަހަރުގެ ވެރިކަމުގައި ދުވަހުން ދުވަހަށް ޙާލަތު ދިޔައީ ދަށްވަމުން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރައްޔިތުން ލައްވައި ސަލާމް ޖެހުމުގެ ވަރަށް ބޮޑު ސަގާފަތެއް އޮތް ކަމަށް ވެސް ދޮންބިލެތް ވިދާޅުވި އެވެ.

އެގޮތުން އޭރު ބޭސްފަރުވާ އަށް ސަލާމް ޖަހަން ޖެހޭ މިނުވަރު ފާހަގަ ކުރައްވައި ދޮންބިލެތް ވިދާޅުވީ، ދެކޮޅު ޓިކެޓު އަދި 200 ޑޮލަރު ހޯދުމަށް ވެސް ތީމުގޭ ދޮށުގައި ގިނަ ރައްޔިތުން ކިއު ޖެހިގެން ތިބޭ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ މީހެއްގެ ދަރިއަކަށް ނޫނީ މަތީ ތައުލީމު ޙާސިލު ކުރާނެ ފުރުސަތު ވެސް އޭރު ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް އެމްޑީޕީ އުފެދިގެން އައިސް އެކަންކަން ބަދަލު ކުރި ކަމަށް ދޮންބިލެތް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އާދައިގެ ރައްޔިތުން މީހާ އަށް ވެސް މަސައްކަތް ކޮށްގެން ކުރިއަށް ދާނެ ފުރުސަތު އެމްޑީޕީ އިން ހުޅުވާލަ ދިން ކަމަށް ފާހަގަ ކުރެއްވި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް