Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ހިންގުން

އެމްޑީޕީގެ އަސްލު ރޫހަށް އާދެވޭތަން އަދިވެސް ނުފެނޭ، ޕާޓީގެ ލީޑަރޝިޕަށް ބަދަލު އަންނަން ޖެހޭ - ދޮންބިލެތް ހަލީމް

އެމްޑީޕީގެ ލޮތްބާއި އެކު މަސައްކަތް ކުރިމީހުން ބާކީވެ އެކަހެރިވެފައި ތިބިތަން އޭރު ފެނުނު ކަމަށް ވެސް ހަލީމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖުލައި 2024 | ހުކުރު 04:35
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެތް)

ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެތް)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސްލު ރޫހަށް އާދެވޭތަން އަދިވެސް ނުފެންނަ ކަަމަށާއި ޕާޓީގެ ލީޑަރޝިޕަށް ބަދަލު އަންނަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވަނީ އެމްޑީޕީ ދެ ބައިވެގެން ދިޔަ ގޮތާއި އެކަމުގެ ސަބަބުތަކުގެ ގޮތުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ދެ ބައިވެގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގައި ހުންނަން ނޭދޭ ބަޔަކު ޕާޓީ އަށް އައިސް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އެމްޑީޕީ އަށް ވެރިކަން ގެއްލުނު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާ ވަނީ އެމްޑީީޕީގައި އިސްކޮށް އުޅުނު ބައެއް މީހުންނާއި ރަށްރަށުގައި ތިބި ޕާޓީގެ ނަގާ ކިޔާ މީހުން ޕާޓީ އާއި ދުރުވުމަކީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެ މީހުންނަށް ބާކީ ވެފައިވާ ކަމުގެ އިހުސާސްކުރެވުނު ކަމަށް ހަލީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސްވެސް އަލުން އިންތިޚާބުކުރަން ޖެހޭ ކަމަށާއި އެކަން ކުރަން ޖެހެނީ ޗެއަރޕަރސަންގެ މަޤާމަށް ވެސް ބޭފުޅަކު އަލުން ހޮވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަދަލެއް ނުގެނެސް ޕާޓީގެ ރޫހު ރަނގަޅު ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބަދަލެއް އަންނަތަން ފެންނަ ކަމަށާއި އެކަން ވާން އޮތީ ޕާޓީ ދޫކޮށް ދިޔަ މީހުން ވެސް ޕާޓީ އަށް އައިސް އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ހަލީމް ވިދާޅުވިއެވެ. އެމްޑީޕީ އާއި މެދު އާއްމުން ފޫހިވީ އެއްކޮށް މަސައްކަތް ކުރި ބަޔަކު ބައިބައިވެގެން ދިއުމުން ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ. އެންމެ މުހިންމުކަމަކީ އެމްޑީޕީ އެއްބައިވަންތަކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން އުފެދުނު ޕާޓީ އެއް ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ ދެބައިވެގެން ދިޔަ އިރު ޕާޓީގެ އަސާސްތަކާއި ޕާޓީގެ ރޫހާއި ޚިލާފު ކަންތައްތައް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕި އަކީ ބަޔަކު ވަރަށް ޕާޓީ ވަންތަކަމާއި އެކު ނުކުމެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ހިންގި ޕާޓީ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީ އަކީ ފެނަކަ މީހުން ނެރެގެން ޕާޓީގެ ޖަލްސާތައް ތައްޔާރުކުރުވާނެ ބައެއް ނޫން ކަމަށާއި އެމްޑީޕީން ޖަލްސާތައް ތައްޔާރުކުރާނީ ޕާޓީގެ އާއްމު މެމްބަރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން އެފަދަ ބައެއް ކަންކަން ފެނުނީ ތަފާތުކޮށް ކަމަށާއި އެއީ ޕާޓީގެ އަސްލާއި ޚިލާފު ކަމެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

އެގޮތުން ފަހުން ގިނަ ކަންކަން ކުރީ "ކޮންޓްރެކްޓް" އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށުގައި އެމްޑީޕީގެ ލޮތްބާއި އެކު މަސައްކަތް ކުރިމީހުން ބާކީވެ އެކަހެރިވެފައި ތިބިތަން އޭރު ފެނުނު ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ. އެކަން އެހެންވީ ޕާޓީ އެއްކޮށް އާކޮށްލަން މަސައްކަތް ކުރުމުން ކަމަށާއި ސިޔާސީ ކަންކަމަކީ މުޅިން އެއްކޮށް އާކުރަން ޖެހޭ ކަންކަންކަމަށް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު