Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޢައްބާސް

ހަނގުރާމައަށްފަހު ޣައްޒާއާ މެދު އަމަލުކުރަން ނަތަންޔާހޫ ރޭވި ޕްލޭނަށް ފަލަސްތީނުން ދެކޮޅު ހަދައިފި

1.8 މިލިއަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން އެނބުރި ޣައްޒާގެ ގެތަކަށް ދެވޭނެގޮތް ހަދައިދިނުމަށް ޢައްބާސް ގޮވާލެއްވި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 29 ފެބުރުއަރީ 2024 | ބުރާސްފަތި 03:39
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް

ހަނގުރާމައަށްފަހު ޣައްޒާއާ މެދު އަމަލުކުރަން ނަތަންޔާހޫ ރޭވި ޕްލޭނަށް ފަލަސްތީނުން ދެކޮޅު ހަދައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފަހު އަމަލުކުރާނެ ކަމަށް އިއުލާންކުރި އުސޫލުތަކާ ފަލަސްތީނުގެ ދައުލަތުން ކަނޑައެޅިގެން ދެކޮޅުކަން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރޭ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ގައުމުތަކުގެ އިސްވެރިންނާއި ބޮޑުވަޒީރުންނާއި ޖަމިއްޔާތަކާއި ޔޫނިއަންތަކުގެ ވެރިންނަށް ރައީސް އައްބާސް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ ސްޓޭންޑްތަކާއި ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތަކާއި ޚިލާފުވާ ނަތަންޔާހޫގެ އުޞޫލުތަކުގެ ނުރައްކާތެރި އަސަރުތަކާއި، ޣައްޒާއިން އިސްރާއީލު މުޅިން ފޭބުމަށާއި، ކާބޯތަކެއްޗާއި، ޞިއްޙީ އެހީތެރިކަމާއި، ޒަރޫރީ ބޭނުންތައް ހިމެނޭގޮތަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލާ، ނަތަންޔާހޫގެ އުޞޫލުތަކުގެ ނުރައްކާތެރި އަސަރުތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ރައީސް އައްބާސް ފޮނުއްވި ސިޓީފުޅުގައި، ފަލަސްޠީނުގެ ޣައްޒާއަށް ބަނޑުހައިހޫނުކަމުގެ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ފަލަސްޠީނުގެ 1.8 މިލިއަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން އެނބުރި ޣައްޒާގެ ގެތަކަށް އެނބުރި ދިއުމަށް ގޮވާލެއްވިއެވެ.

އަދި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އެންކްލޭވްގެ ހޮސްޕިޓަލްތަކާއި ސްކޫލްތައް އަލުން ހުޅުވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލެއްވިއެވެ.

އިސްރާއީލުގެ މި ހަރުކަށި ސަރުކާރުގެ އަމާޒަކީ ހަމައެކަނި ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށް ސުލްހަ ގާއިމުކުރުމުގެ ފުރުސަތު ހަނިކުރުން ނޫން ކަމަށާއި ނަސްލު ނައްތާލުމުގެ ކެމްޕޭންތައް ހަރުދަނާކޮށް، ޣައްޒާއާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްއިން ފަލަސްތީނު މީހުން ބޭރުކޮށްލުމާއި ގުދުސްގެ އައިޑެންޓިޓީ އާއި ސިފަ އާއި މާތް ތަންތަނަށް ހަމަލާދިނުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން "ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ" ކަމުގެ އިންޒާރު ރައީސް އައްބާސް ވަނީ ދެއްވާފައެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ ދައުލަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި ޣައްޒާއާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ ވެރިކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ކަމަށްވެސް ރައީސް އައްބާސްގެ މި ސިޓީފުޅުގައި ވިދާޅުވިއެވެ. އަދި ސުލްހައިގެ ފުރިހަމަ ޕްލޭނެއްގެ އޮނިގަނޑުގެ ތެރެއިން މި ސަރަޙައްދުގެ ސަލާމަތާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށް ރައީސް އައްބާސް ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ތާއީދު ކުރުމަށް ގޮވާލައްވައި، ބައިނަލްއަޤްވާމީ ގެރެންޓީތަކާއެކު ފުރިހަމަ ސުލްހައިގެ ޕްލޭނެއް އެކުލަވާލުމަށާއި ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނައުމަށް ޓައިމްލައިނެއް އެކުލަވާލުމަށް ބައިނަލްއަޤްވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ވެސް ފަލަސްތީނުގެ ރައީސް ގޮވާލެއްވިއެވެ. 

އިތުރަށް ކިޔާލަން

24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު