Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިޔާ ސިފައިން ބޭލުން

މިއަދުގެ ސަރުކާރުން އެހައި ސާބިތުގޮތެއްގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތެއް ނުކުރޭ: ޔާމީން

އިންޑިޔާގެ މަސްލަހަތުތަކެއް ރާއްޖޭގައި ހުރުމުން އިންޑިޔާ ސިފައިންގެ ރުހުމުގައި އެ މީހުން ނުބޭލޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2024 | ހޯމަ 08:40
ޕީއެންއެފް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕީއެންއެފް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މިއަދުގެ ސަރުކާރުން އެހައި ސާބިތު ގޮތެއްގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ނުކުރާ ކަމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފްގެ ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ޔާމީން ވިދާޅުވީ ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ-16 ކުރިއަށް ގެންދާތީ އެކަމާއި ސުވާލު އުފެދޭ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ތާރީހުތަކެއް ކަނޑައެޅިފައިވާ ކަމަށް ސަރުކާރުން ބުނާއިރު އިންޑިއާ އިން ކުރިއަށްގެންދާ ތަމްރީނެއް ދިވެހި ސިފައިން ބައިވެރިވަނީ ކީއްވެތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ދޯސްތީ އެކްސަސައިޒަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިއެކްސިސައިޒްއަކީ ދިވެހި ސިފައިންނަށް މުހިންމު އެކްސިސައިޒްއެއް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިންޑިޔާ ސިފައިން ތިބުމުން އެކަން ކަމުނުގޮސް، މިގައުމުން ފޭބުމަށް ވަކި މުއްދަތެއް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކަމަށާއި މިފަދަ ހާލަތެއްގައި އިންޑިޔާ ސިފައިން ރާއްޖެއާއެކު މިފަދަ އެކްސަސައިޒެއް ކުރިއަށް ގެންދަން ބޭނުންވާނެކަމާމެދު ސުވާލު އުފެދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ އިންޑިޔާގެ މަސްލަހަތުތަކެއް ރާއްޖޭގައި ހުރުމުން އިންޑިޔާ ސިފައިންގެ ރުހުމުގައި އެ މީހުން ނުބޭލޭނެ ކަމަށެވެ.

ޔާމީން ވިދާޅުވީ މިއެކްސަސައިޒާއެކު ވެސް ސަރުކާރުން އެހައި ސާބިތު ގޮތެއްގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ނުކުރާ އެނގޭ ކަމަށެވެ.

މިއަދުގެ ސަރުކާރުން އެހައި ސާބިތު ގޮތެއްގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ނުކުރާ ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން 10 މެއި ކުރިން މިގައުމުން ފައިބާނެ ކަމަށެވެ.

މިއަހަރުގެ މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑް ބައިވެރިވެއެވެ.

ސިލްސިލާގޮތެއްގައި "އެކްސަސައިޒް ދޯސްތީ"ގެ ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު، އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަމުންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު