Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒުގެ ކަރަޕްޝަން

މުއިއްޒު ގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތަކުން ނަން ކްލިއަރ ކުރަން ޔާމީން ގޮވާލައްވައިފި

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް މެން ފަދަ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލަތައް ފަދަ މައްސަލަތައް ބަލަން އޭސީސީ އަށް ޔާމީން ގޮވާލެއްވި

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 19:24
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް ޑރ މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް ޑރ މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައީސް މުއިއްޒުގެ މައްޗަށް ކަރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވެފައިވާ ކަމަށާއި، އަމިއްލަފުޅަށް ނަން ކްލިއަރ ނުކުރާހާ ހިނދަކު އެ ތުހުމަތުތައް ދެމި އޮންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަލް ފްރަންޓް (ޕީއެންއެފް) ން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން، މުއިއްޒު ސިޓީ ކައުންސިލްގައި ހުންނެވި އިރުގެ ކަރަޕްޝަން މައްސަލަތައް އެބަހުރި ކަމަށާއި، މުއައްސަސާތަކަށް "އަތް ނުބާނަމޭ ބުނާއިރު" ވެރިކަމަށް އަހަރެއް ވެގެން ދިޔަ އިރުވެސް އެ މައްސަލަތައް ނުހިނގަނީ ކީއްވެތޯ އައްސަވާ ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު އިލްތިމާސް ކުރަން މުއިއްޒު އަށް މުއިއްޒުގެ ހުށަހެޅިފައި އެހުރި ތުހުމަތު ތަކުން މުއިއްޒު ބަރީއަ ވެ ވަޑައިގަންނަވަން." މުއިއްޒުގެ ރިޔާސީ ޓިކެޓް އެންޑޯޒް ކުރެއްވި ކުރީގެ ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި މުއިއްޒު އާ އެކުގައި ހުންނެވި ޔާމީން ވިދާޅުވީ، އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އޮތް މުއިއްޒުގެ މައްސަލަތައް ހިނގިޔަ ދިނުމަށް ފުރަސަތު ދެއްވުމަށެވެ.

ރައީސް ޔާމީން ވަނީ އޭސީސީ އިން މަސައްކަތް ކުރަމުންދާ ގޮތައްވެސް ފާޑު ވިދާޅުވެފައެވެ.

އޭސީސީން ކުރަން ޖެހޭ ބޮޑެތި ކަންކަން ހުއްޓާ، ތާކުންތާކު ނުޖެހޭ ކަންކަމުގެ ތެރެއަށް ވަންނަ މައްސަލަ ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.

މިގޮތުން، ދާދި ފަހުން، ޑރ. މުއިއްޒުގެ ދޮން މަންނަ ޖީ. ސްކީލާން ރާއްޖޭން ޑީޕޯޓު ކޮށްލުމާއި، އޭނާ އާ މެދު މުއިއްޒު އިހާނެތިކޮށް ކަންކަން ކުރެއްވި ގޮތުގެ މައްޗަށް ތައްޔާރު ކުރި ތަހުގީގީ ޑޮކިއުމެންޓަރީ އަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެވޯޑް ދިނުމާ ގުޅިގެން ކުއްލި އަކަށް އެ އެވޯޑު ދިން ގޮތުގެ ތަހުގީގެއް ހިންގަން އޭސީސީން ވަނީ ފަށާފައެވެ.

ޔާމީން ވިދާޅުވީ، އެ ޑޮކިއުމެންޓަރީ އަށް މާކްސް ދީފައި ހުރި ގޮތް ބަލައިގެން ދައުލަތައް ވަންނާނެ ފައިސާ އެއް ނޯންނާނެ ކަމަށާއި، ރައީސް މުއިއްޒު އާއި އަބްދުއްރަހީމް މެން ފަދަ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ކަރަޕްޝަންގެ މައްސަލަތައް ފަދަ މައްސަލަތައް ބެލުން މާ ރަނގަޅު ވާނެ ކަމަށެވެ.

ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ ކަރަޕްޝަނާއި އެހެނިހެން މައްސަލަތައް ނުބަލާ ދޫކޮށްލާކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން ހަދާ ގޯސްތައް ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެނގޭނެ ކަމަށެވެ.

ބާރުތައް ވަކިވެފައިވާ ނިޒާމުގެ ވާހަކަ އާއި މުވައްސަސާތަކުގެ މިނިވަންކަމުގެ ވާހަކަ ދައްކަނީ މަތި އޮމާންކޮށް ރީތިކުރަން ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

"ތޭރަ މެމްބަރުން ކަނޑާލައިގެން ގެންދިޔަ މައްސަލަ އަށް ޖަވާބުދާރީ އެއް ނުވެވޭނެ، ރާޖޫ މާލެ (ރަސްމާލެ) ހިއްކަން ހިންގި ޖަރީމާ އަށް ޖަވާބުދާރީ އެއް ނުވެވޭނެ، (އެމްއެމްއޭ އިން) ނެރަފަ ހުރި އެސްޑީއާރު ތަކަށް ޖަވާބުދާރީ އެއް ނުވެވޭނެ، ވައްދާފައި ހުރި ކަރަޕްޝަންގެ މައްސަލަތަކަށް ޖަވާބުދާރީ އެއް ނުވެވޭނެ، މަޖިލިސް މެމްބަރުން ހޮވި ގޮތް ޖަވާބުދާރީ އެއް ނުވެވޭނެ،" ޔާމީން ވިދާޅުވިއެވެ.

"އެބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އިވެލުއޭޓް ކުރާ ބަޔަކު ރާއްޖޭގައި ތިބިކަން ގަބޫލު ފުޅު ކުރައްވަން ޖެހޭނެ،" ކަން ޔާމީންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.  

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު