Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންޔާހޫ ލެމީ އާ ބައްދަލެއް ނުކުރެއްވި

ނަތަންޔާހޫ ކޯފާވެގެން އިނގިރޭސި ޚަރިޖީ ވަޒީރު ލެމީ އާ ބައްދަލެއް ނުކުރެއްވި

އިޒްރޭލުގެ ޗެނެލް 13 އިން ފާހަގަކުރި ގޮތުގައި، ނަތަންޔާހޫ ކޯފާވީ އިނގިރޭސި ސަރުކާރުން އޭނާއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ޓްރައިބިއުނަލް އިން ނެރެން އުޅޭ ހައްޔަރު ކުރުމުގެ އަމުރަށް އިނގިރޭސި ސަރުކާރުން ހުށަހެޅި ރިޒަވޭޝަން އަނބުރާ ގެނައުމަށް ނިންމުމާ ގުޅިގެންނެވެ.

ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 11:00
އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ

އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ

ނަތަންޔާހޫ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ އާ ބައްދަލުކުރައްވަން އިންކާރު ކުރައްވައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޒްރޭލަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ކުރެއްވި ދަތުރުފުޅުގައި ލެމީ އާ ބައްދަލުކުރައްވަން ނަތަންޔާހޫ ދެކޮޅު ހެއްދެވީ އިނގިރޭސި ވިލާތުގެ އައު ލޭބަރ ސަރުކާރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި ހިނގަމުންދާ އިޒްރޭލުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމަށް ނެރުމަށް މަސައްކަތް ކުރާ އަމުރުގެ މައްސަލައިގައި އިނގިރޭސިވިލާތުން އެ މައްސަލަ އާ ދެކޮޅަށް މައްސައްކަތް ނުކުރުމަށް ނިންމުމުން ކަމަށް ޚަރަބަރުތައް ބުނެއެވެ.

އިޒްރޭލުގެ ޗެނަލް 13 އާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސި ޚާރިޖީ ވަޒީރު ލެމީ، ނަތަންޔާހޫ އާ ބައްދަލު ކުރައްވަން އެތައް ފަހަރެއްގެ މަތިން އިނގިރޭސިވިލާތުގެ ސަރުކާރުން އެދުމުން ވެސް ނަތަންޔާހޫގެ ލިކުޑް ޕާޓީގެ ޗެއަރމަން ވަގުތު ނެތް ކަމަށް ބުނެ އެ ބައްދަލުވުން ބޭއްވޭނެ ގޮތެއް ވަނީ ހަދައި ނުދީފައެވެ.

އިޒްރޭލުގެ ޗެނެލް 13 އިން ފާހަގަކުރި ގޮތުގައި، ނަތަންޔާހޫ ކޯފާވީ އިނގިރޭސި ސަރުކާރުން އޭނާއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ޓްރައިބިއުނަލް އިން ނެރެން އުޅޭ ހައްޔަރު ކުރުމުގެ އަމުރަށް އިނގިރޭސި ސަރުކާރުން ހުށަހެޅި ރިޒަވޭޝަން އަނބުރާ ގެނައުމަށް ނިންމުމާ ގުޅިގެންނެވެ.

އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކަށް އިނގިރޭސި ޚާރިޖީ ވަޒީރު ޒިޔާރަތް ކުރެއްވި އިރު އެ ދަތުރުފުޅުގައި ފަރަންސޭސި ޚާރިޖީ ވަޒީރުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. ނަތަންޔާހޫ މި ބޭފުޅުންނާ ބައްދަލު ކުރައްވަން އިންކާރު ކުރެއްވި ނަމަވެސް އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒްއާއި ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑަރމަރާ ދެ ވަޒީރުންނާ ބައްދަލުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި އެންމެ އިސް ޑިޕްލޮމެޓް އިޒްރޭލަށް މި ކުރެއްވި ދަތުރުފުޅަކީ، އިރާނާއި ލުބްނާންގެ ހިޒްބުﷲ ގުޅިގެން އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފެށި ސަރަހައްދަށް ހަނގުރާމައިގެ އަސަރު ފެތުރިދާނެ ކަމުގެ ބިރު އުފެދި ފައި އޮތުމާއެކު މަޝްރަހް ފިނިކުރެވޭތޯ މަސައްކަތް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުން އުއްމީދު ކުރަނީ މިފަދަ ހަނގުރާމަ އެއް ފެށިއްޖެ ނަމަ އިޒްރޭލުގެ ދިފާއުގައި އިނގިރޭސިވިލާތުން މަސައްކަތް ކޮށްދޭނެ ކަމުގައެވެ.

މެއި މަހު، އައި.ސީ.ސީގެ ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ހައްޔަރު ކުރުމުގެ ވޮރަންޓް އެއް ނެރުމަށް އެދި ހުށަހަޅާފައެވެ. މިއީ ގާޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި 40،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާއިރު ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގައި ނަތަންޔާހޫ އާއި ގަލަންޓް ބައިވެރިވެފައިވާ ކަމަށް އެކަށީގެންވާ ހެކި ހުރުމާ ގުޅިގެން ނެރުމަށް އެދިފައިވާ އަމުރެކެވެ.

ޖުލައި 26 ވަނަ ދުވަހު، ޔޫކޭގެ ބޮޑުވަޒީރު ކޭ ސްޓާމަރގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ވޮރަންޓް ނެރުމަށް އައި.ސީ.ސީ ގައި އެދިފައިވާ އެދުމާ މެދު ކުރީގެ ކޮންޒަވެޓިވް ސަރުކާރުން ހުށަހެޅި އިއުތިރާޒު އަނބުރާ ގެންނާނެ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ހައްޔަރު ވޮރަންޓް ނެރުމާއި ނުނެރުމަކީ ކޯޓުން ނިންމާ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު