Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަބީ އަލޮންސޯގެ ކުރިމަގު

މުސްތަޤުބަލާ ގުޅޭ ގޮތުން ދައްކާނެ އައު ވާހަކައެއް އަލޮންސޯގެ ނެތް!

24 ފެބުރުއަރީ 2024 | ހޮނިހިރު 03:23

ރެއާލް މެޑްރިޑުގެ ޒުވާން އުމުރުފުރާގެ ޓީމުން 2018 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އަލޮންސޯ، ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ފެބުރުއަރީ 2024 | ހޮނިހިރު 03:23
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

އޭނާގެ މުސްތަޤުބަލާ މެދު އިތުރަށް ދައްކާނެ އައު ވާހަކައެއް ނެތް ކަމަށް، ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް އަދި ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އޭނާގެ ނަން އޮތް ކަަމަށް ދެކެވޭ ވާހަކަތާ ގުޅިގެންނެވެ. މި ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް އަދި ބަޔާންގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަނީ ވަކިވާން ނިންމައިފަ އެވެ. އެއާއެކު، އެ ދެ ކުލަބުން ވެސް އަންނަނީ އައު ކޯޗުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އުމުރުން 42 އަހަރުގެ އަލޮންސޯ ބުނީ، ބަޔާން ނުވަތަ ލިވަޕޫލާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް، އޭނާ ބުނާނެ އިތުރު އައު ވާހަކައެއް ނެތް ކަމަށެވެ. އަލޮންސޯ ބުނީ މިވަގުތު އޭނާ އަކީ ލެވަކޫސަންގެ ކޯޗު ކަމަށާއި، އެއީ ޔަގީން ކަމެއް ކަމަށެވެ. ނަމަވެސް، މުސްތަޤުބަލާ ގުޅޭ ގޮތުން ވެސް ދައްކާނެ އައު ވާހަކައެއް ނެތް ކަމަށް އޭނާ ބުންޏެވެ. ބަޔާންގެ ފަރާތުން އޭނާ އަށް ހުށަހެޅުމެއް އޮތްތޯ ސުވާލު ކުރުމުން އަލޮންސޯ ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން ވެސް ދައްކާނެ އައު ވާހަަކައެއް ނެތް ކަމަށެވެ.

ރެއާލް މެޑްރިޑުގެ ޒުވާން އުމުރުފުރާގެ ޓީމުން 2018 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އަލޮންސޯ، ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ ހަވާލުވެ އޭނާ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މިވަގުތު އެއް ވަނައިގައި އޮތީ ވެސް އެ ޓީމެވެ. އަނެއްކޮޅުން، މި ސީޒަންގެ ޖަރުމަނު ލީގުގައި ވެސް ހަމައެކަނި ބަލި ނުވެ އޮތް ޓީމަކީ ލެވަކޫސަން އެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
06 ޖޫން 2017

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް
11 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް