Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޑަ ހުސެން

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

ކުޑަ ހުސޭނަކީ އަޔަން މޭންގައި ވާދަކުރި ފުރަތަމަ ދިވެހި އެތްލީޓް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 17:25
ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން)، އަޔަން މޭން ރޭސް ނިންމި ފުރަތަމަ ދިވެހި އެތުލީޓު

ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން)، އަޔަން މޭން ރޭސް ނިންމި ފުރަތަމަ ދިވެހި އެތުލީޓު

ސައުތު އެފްރިކަން އަޔަން މޭން ޗެމްޕިއަންޝިޕްގައި ބައިވެރިވެ ރޭސް ނިންމި ފުރަތަމަ ދިވެހި އެތުލީޓު ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ބުދަ ދުވަހު ހެނދުނު ކުޑަ ހުސެން މާލެ އައުމުން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކީ އޭނާގެ އާއިލާ އާއި ކުޑަ ހުސެން އެކަޑަމީގެ މެމްބަރުންގެ އިތުރުން ކުޅިވަރުގެ ބައެއް އެތުލީޓުންނެވެ. އެގޮތުން އޭނާއަށް މަރުހަބާ ކިޔުމަށް އެއާ ޕޯޓުގައި ވަނީ "ދަ އޮންލީ އަޔަން މޭން އިން ދަ މޯލްޑިވްސް" ޖަހާފައިވާ ބެނާއެއް ވެސް ދަމާފަ އެވެ.

އަޔަން މޭން ރޭހެއްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތިން އިވެންޓެވެ. އެއީ 3.8 ކިލޯ މީޓަރަށް ފެތުމާއި 180.2 ކިލޯ މީޓަރަށް ބައިސްކަލް ދުއްވުމުގެ އިތުރުން 42.195 ކިލޯ މީޓަރަށް ދުވުމެވެ. ފުލުފުލުން ނިންމަންޖެހޭ މި ރޭސްތައް އެއްކޮށް ނިންމަންޖެހޭ ވަގުތަކީ 17 ގަޑި އިރެވެ.

ކުޑަ ހުސެން މިރޭސް ނިންމާފައި ވަނީ 15 ގަޑި އިރާއި 23 މިނެޓުންނެވެ. އެއީ އޭނާގެ އޭޖް ކެޓަގަރީގައި ހިމެނޭ މީހުންގެ ތެރެއިން 295 ވަނައިގަ އެވެ. މި ރޭހުގައި ޖުމްލަ 2,100 މީހުން ބައިވެރިވި އެވެ.

ކުޑަ ހުސެން ބުނި ގޮތުން ނަމަ 17 ގަޑި އިރުގެ މި ދިގު ރޭސް ނިންމުމަކީ އާދައިގެ މީހަކަށް ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ.

ކުޑަ ހުސެން އަކީ އަޔަން މޭން ރޭސް ފުރަތަމަ ނިންމި ދިވެހި އެތުލީޓެވެ. ދިވެހިންނަށް އެތައް ގޮތަކުން މިފަދަ ނަމޫނާ ދައްކަމުން އަންނަ ކުޑަ ހުސޭނަކީ މީގެ 27 އަހަރު ކުރިން 1989 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ސާފް ގޭމްސްގައި ބައިވެރިވެ ދުވުމުގެ ގައުމީ ފުރަތަމަ ރެކޯޑް ވެސް ގާއިމުކޮށްފައިވާ ފަރާތެވެ. އެހެން ނަމަވެސް މިހާރު އެ ރެކޯޑް ވަނީ އޭނާ އަތުން ބީވެފަ އެވެ.

އަޔަން މޭން ރޭހަކީ 1978 ވަނަ އަހަރު ހަވާއީގައި އުޅުނު އެކުވެރިންތަކެއްގެ މެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން އުފަންވި ހަރަކާތެކެވެ.

މިހާރު މި މުބާރާތަކީ ދުނިޔޭގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް އެއްފަހަރާ ބައިވެރިވެވޭ އެންމެ ބުރަ އަދި ވާދަވެރި މުބާރާތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިބަލާ 2017: ޒެފްރޯލް، ޓީންއޭޖް، ހުޅުމާލެ އަދި އޮއެހާ ސެމީއަށް

ބައިބަލާ 2017: ޒެފްރޯލް، ޓީންއޭޖް، ހުޅުމާލެ އަދި އޮއެހާ ސެމީއަށް

02 ޖުލައި 2017
މާލެ ލީގުގެ ފުރަތަމަ ބުރުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އިއުލާން ކޮށްފި

މާލެ ލީގުގެ ފުރަތަމަ ބުރުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އިއުލާން ކޮށްފި

18 ޖޫން 2017
ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!

ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!

09 ޖޫން 2017
ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

11 މެއި 2017
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު