Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމަ ހުއްޓާލުމަށް ގޮވާލުން

ޣައްޒާގައި ހިނގަމުންދާ ހަނގުރާ ވަގުތުން ހުއްޓާލުމަށް ގޮވާލައި އެތައް ހާސް ބަޔަކު ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ހިނގާލުމެއް ބާއްވައިފި

18 ފެބުރުއަރީ 2024 | އާދީއްތަ 09:32

މި ހިނގާލުންތައް އިންތިޒާމްކޮށްފައިވަނީ ފަލަސްތީނު ސޮލިޑަރިޓީ ކެމްޕެއިން އާއި ޔޫރަޕްގެ އެކިއެކި އެފަދަ ޖަމާޢަތްތައް ގުޅިގެން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 18 ފެބުރުއަރީ 2024 | އާދީއްތަ 09:32
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޔޫރަޕްގައި ކުރިއަށްދިޔަ ހިނގާލުންތަކުގެ ތެރެއިން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޔޫރަޕްގައި ކުރިއަށްދިޔަ ހިނގާލުންތަކުގެ ތެރެއިން

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި މަރުވި މީހުންގެ އަދަދު 30،000 އާ ގާތްވެފައިވާއިރު، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ޔޫރަޕްގެ ބޮޑެތި ސިޓީތަކުގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ހިނގާލުމެއް ބާއްވައިފިއެވެ.

އަނަޑޯލޫ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި އިނގިރޭސިވިލާތުގެ އެޑްވޮކޭސީ އާއި ފަލަސްތީނުގެ އެކްޝަން ގްރޫޕްތަކުން އިންތިޒާމުކޮށްގެން ބާއްވާ ގްލޯބަލް ޑޭ އޮފް އެކްޝަންގެ މުނާސަބަތުގައި ލަންޑަންގައި ކުރިއަށް ދިޔަ ހިނގާލުމުގެ ބައިވެރިން މާބްލް އާޗްއަށް އެއްވިއެވެ. މެދު ލަންޑަންގެ މައި މަގުތައް ފަހަނައަޅައި އިސްރާއީލު އެމްބަސީއާ ހަމައަށް މި ހިނގާލުން ކުރިއަށް ދިޔައެވެ.

މި ހިނގާލުމަކީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ލަންޑަނުގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އެންމެ ބޮޑު އެއް ހިނގާލުމެވެ. މި ހިނގާލުމުގައި ޔަހޫދީ ންގެ ބަޔަކު ވެސް ބައިވެރިވިއެވެ.

އައިރިޝްގެ ވެރިރަށް ޑަބްލިންގައި ވެސް ވަނީ އެތައް ހާސް ބަޔަކު އެއްވެ ޣައްޒާއަށް ފިޔަވަޅު އެޅުމަށާއި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑުން ވަނީ ޣައްޒާގައި ލޭ އޮހޮރުވުން ހުއްޓާލުމަށް ގޮވާލައި އެތައް ހާސް ބަޔަކު ހިނގާލުމެއް ބާއްވާފައެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ދުނިޔޭގެ ލީޑަރުންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ޖަރުމަނުގެ ސިޓީއެއް ކަމަށްވާ މިއުނިކްގައި މުޒާހަރާގެ ބައިވެރިން ވަނީ މައި ކޮންފަރެންސް ބާއްވާ ތަނާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި އެއްވެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްގެ މައި ޑޭމް ސްކޮއާ ވެސް އެތައް ހާސް ބަޔަކު އެއްވެ ވަނީ ފުރާލައިފައެވެ.

"ސީޒްފޯމް ނައު"، "ސްޓޮޕް ދަ ޖެނޯސައިޑް"، އަދި "ފްރީ ފަލަސްތީން" ފަދަ ލިޔުންތައް އެއްވެ ތިބި މީހުން ގެންގުޅުނު އިރު، އެފަދަ މެސެޖްތަކުން މުޅި ހިސާބުވަނީ ގުގުމާލައިފައެވެ.

ދެވަނަ ގްލޯބަލް ޑޭ އޮފް އެކްޝަން އިންތިޒާމްކޮށްފައިވަނީ ފަލަސްތީނު ސޮލިޑަރިޓީ ކެމްޕެއިން އާއި އިނގިރޭސިވިލާތުގެ ފަލަސްތީނު ފޯރަމާއި ސްޓޮޕް ދަ ވޯ ކޯލިޝަން، ފްރެންޑްސް އޮފް އަލް އަޤްޞާ އަދި މުސްލިމް އެސޯސިއޭޝަން އޮފް ބްރިޓޭން ގުޅިގެން އުފައްދާފައިވާ ފަލަސްތީނު ކޯލިޝަނުންނެވެ.

ޣައްޒާގެ 1.7 މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރުން މަޖުބޫރުކޮށް ނެރެލައި، ފަލަސްތީނުގެ 28،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، އިތުރު ލައްކައެއްހާ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށާއި، މިއީ އައިސީޖޭއިން ބަލައިގެންފައިވާ ޖަރީމާއެއް ކަމަށް ގުޅިފައިވާ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރަފަޙްއަށް ހަމަލާދިނުމަށް އިސްރާއީލުން ރާވާފައިވާ ރޭވުންތަކަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލުގެ ސަރުކާރުން ރަފަޙްއަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ނިންމާފައިވާކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް