Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

އަހަރެންނަކީ ޖާދޫ ގަރެއް ނޫން: ޕޮސްޓެކޮގްލޫ

19 ފެބުރުއަރީ 2024 | ހޯމަ 02:40

ސީޒަންގެ ކުރީ ކޮޅު ރަނގަޅު ނަތީޖާއެއް ނެރެމުން އައި ޓޮޓެންހަމްގެ ނަތީޖާތައް މިހާރު ވަނީ ދަށްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2024 | ހޯމަ 02:40
ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ

އޭނާ އަކީ ޖާދޫ ގަރެއް ނޫން ކަމަށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމަށް އިރުޝާދު ދެމުން އަންނަ އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ޕޮސްޓެކޮގްލޫ މިހެން ބުނީ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ ޓޮޓެންހަމް ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ސީޒަންގެ ކުރީ ކޮޅު ރަނގަޅު ނަތީޖާއެއް ނެރެމުން އައި ޓޮޓެންހަމްގެ ނަތީޖާތައް މިހާރު ވަނީ ދަށްވެފަ އެވެ. އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-1 އިންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮސްޓެކޮގްލޫ ބުނީ، އޭނާ އަކީ ފުޓުބޯޅަ ކޯޗެއް ކަމަށާއި، ޖާދޫ ހަދާ ޖާދޫ ގަރެއް ނޫން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، މަސައްކަތް ކުރަމުން އަންނަނީ ޓޮޓެންހަމް އަކީ އެންމެ ރަނގަޅު ޓީމަށް ހެދުމަަށް ކަމަށެވެ. އަދި ޚާއްސަކޮށް، މި ސީޒަން ނިމެންވާއިރު، ރަނގަޅު އެއްޗެއް ބިނާ ކުރުމަކީ އެންމެ މުހިންމު އެއް އަމާޒު ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމެއް ބަދަލު ނުވާނެ ކަމަށާއި، އެކަމުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ މަސައްކަތް ކުރާނީ ގަދަ ހަތަރެއްގެ ތެރޭގައި އޮތުމަށް ކަަމަށާއި، އެހެން އަމާޒަކަށް ވިސްނާނީ އެއަށްފަހު ކަމަށެވެ. ޓޮޓެންހަމްގައި މިހާރު ތިބި ކުޅުންތެރިންނާއެކު، އެ ޓީމަށް އެކަން ކާމިޔާބު ކުރެވޭނެ ކަމަށާއި، ބޭނުން ވަނީ ހިތްވަރާއި، އަޒުމު ކަމަށް ޕޮސްޓެކޮގްލޫ ބުންޏެވެ. ވުލްވްސް މެޗަށްފަހު، ދެން ތައްޔާރު ވާނީ ކުރިއަށް އޮތް މެޗަށް ކަމަށާއި، ފަހަތް ބަލައިގެން ހޯދޭނެ ކާމިޔާބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މި ސީޒަންގެ މިހާތަނަށް ޓޮޓެންހަމުން ވަނީ 25 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 14 މެޗަކުން މޮޅުވެފަ އެވެ. ފަސް މެޗު އެއްވަރުވެފައިވާއިރު، ހަ މެޗަކުން ބަލިވެފައިވެ އެވެ. މިހާތަނަށް ލިބުނު 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން، ހަތަރު ވަނައިގައި އެސްޓަން ވިލާ އަށް ލިބެނޫ 49 ޕޮއިންޓެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް