Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިނި މޫސުމުފައި ބޯޓުފަހަރު ބަނުން

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ރަޝިޔާ މީހުން ކިޔައި އުޅޭ ގޮތަށް ދަންނަވާނަމަ "ވައިމޮރޮޒްކާ" ނުވަތަ ގަދަ ފިނީގައި "ގަނޑުވެގެން" އަދާ ކުރަން ޖެހޭ އެ ވަޒީފާއަކީ ޖިސްމާނީ ގޮތުންވެސް ހައްޓަށް ބުރަ މަސައްކަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ފެބުރުއަރީ 2024 | ހޮނިހިރު 05:08
މީކާއިލް ކްލޫސް؛ މެއިންޓަނަންސް މަސައްކަތް ކުރާ މީހެއް

މީކާއިލް ކްލޫސް؛ މެއިންޓަނަންސް މަސައްކަތް ކުރާ މީހެއް

ޓެކްނޮލޮޖީގެ ރޮނގުން އިންޤިލާބީ ކުރިއެރުންތަކެއް ހޯދަމުންދާ އަދުގެ ދުނިޔޭގައި، ހުރިހާ ކަމެއްހެން އޮތީ އިންސާނުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް ރާވާލެވިފައެވެ. ހައްޓަށް ލުއިވާ ގޮތަށެވެ. ބައެއް ފަހަރު ފިތަކަށް އޮބާލުމަށްފަހު، ޑިއުޓީގެ ބާކީ ވަގުތުތައް ދެ އަތް އުރާލައިގެން ހުރެވޭ ފެންވަރަށް ބައެއް ވަޒީފާތަކުގެ މާޙައުލު ވަނީ ތަރައްޤީ ކޮށްފައެވެ. ކަން އެހެން އޮތް ނަމަވެސް، އިންތިހާ ދަތި ޙާލުގައި، ހައްޓަށް ބުރަ މަސައްކަތުގައި އުޅޭ މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ. އެންމެ ކުރިއަރާފައި ވާ ޤައުމުތަކުގައިވެސްމެއެވެ.

ރަޝިއާގެ އެންމެ ދުރު އިރުމަތީ ސަރަޙައްދުގައި އޮންނަ، ޝިޕްޔާޑު ނުވަތަ ބޯޓުފަހަރު ބަނދެ، މަރާމާތުކޮށް ހަދާ އޮޑިހަރުގެއަކީ އެފަދަ ތަނެކެވެ. ޝިޕްޔާޑުގެ މުވައްޒަފުން މަސައްކަތް ކުރަނީ، ފެން ގަނޑުވާ ސުން ޑިގްރީ ސެލްސިއަސްއަށްވުރެވެސް ގަދަ ފިނީގައެވެ. ސައިބީރިއާގެ ފިނިމޫސުމަކީ، ކޮންމެކޮންމެ މީހަކަށް ބަރުދާސްތުކުރެވޭނެ ފަދަ ދުވަސްތަކެއް ނޫނެވެ. އިންތިހާ ގަދަ ފިނީގައި، އޮޑިހަރުގޭގެ ފަހުލަވާނުންތައް މަސައްކަތް ކުރަމުން އެ ދަނީ، މާ ސިންގާ ބިޔަ ބޯޓު ފަހަރުތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށެވެ.

ރަޝިޔާ މީހުން ކިޔައި އުޅޭ ގޮތަށް ދަންނަވާނަމަ "ވައިމޮރޮޒްކާ" ނުވަތަ ގަދަ ފިނީގައި "ގަނޑުވެގެން" އަދާ ކުރަން ޖެހޭ އެ ވަޒީފާއަކީ ޖިސްމާނީ ގޮތުންވެސް ހައްޓަށް ބުރަ މަސައްކަތެކެވެ. ގުދާރު ބިނދޭވަރުގެ ކަމެކެވެ. އެ މަސައްކަތުގައި އެތައް ހަފުތާއެއް ހޭދަ ކުރަން ޖެހެނީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ތަކުލީފު ބޮޑު މަސައްކަތު މާޙައުލުތަކުގެ ތެރެއިން މާޙައުލެއްގައެވެ. ބައެއް ފަހަރު، އެ ސަރަޙައްދުގެ ފިނިހޫނުމިން، މައިނަސް 50 ޑިގްރީ ސެލްސިއަށްވެސް ވެއްޓެއެވެ.

ބޯޓުފަހަރުގެ ބޭރުގައި ހިފާފައިވާ އައިސް ނުވަތަ ގަނޑުފެންތައް ކަހާ، އެއްވެސް ބައެއް މަރާމާތު ކުރަން ޖެހޭތޯ ފަރުވާތެރިކަމާއެކު ބަލައެވެ. ބޯޓުފަހަރު އެހެލާފައި އޮންނަނީ ހޫނު މޫސުމުގެ ދުވަސްވަރު، ސައިބީރިއާގެ އިޤްތިޞާދީ ލޭނާރު ކަމުގައި ވާ ލީނާ ކޯޜުގެ އައްސޭރިފަށުގައި އޮންނަ ޔަތުސްކް ބަނދަރުގައެވެ.

ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަރަޙައްދު ކަމަށްވާ ޔަކޫތިއާގެ ޢާންމުން ސިފަ ކުރާ ގޮތުގައި ބޯޓުޔާޑުގެ މަސައްކަތަކީ މުޅި ދުނިޔޭގައިވެސް ބަޔަކު ކުރާނެ އެންމެ ފުރަތަމަ މަސައްކަތެވެ. ނަމަވެސް، ބޯޓުޔާޑުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި، އެކަމުގައި އޮތީ މީހުން ދެކޭ ގޮތެކެވެ.

ފިނި ގަދަ ވާ ވަރަކަށް އައިސްތައް އިންތިހާއަށް ގަނޑުކޮށްލައެވެ. އެއާއެކު، އޮމާންކަމާއެކު މަސައްކަތް ކުރާނެ ފުރުޞަތު ލިބެއެވެ. ނަމަވެސް، މަސައްކަތް ކުރަން ތިބި މީހުންގެ ހަށިގަނޑަށް، އެ ގަދަ ފިނީގެ ސަބަބުން ކުރާނެ އަސަރު، އަހަރެމެންނަށް ވަޒަންވެސްކޮށްލާކަށް ނޭނގޭނެއެވެ.

މި އާދަޔާ ޚިލާފު ބޯޓުޔާޑުގައި މަސައްކަތް ކުރަން ބޭނުން ވަނީ ހަމައެކަނި ބުންވަރާއި ފަންވަރު އެކަންޏެއް ނޫނެވެ. މަސައްކަތުގައި އެންމެ މިލިމީޓަރެއްހާ ތަންފުކެއްވެސް ކަސިޔާރު ނުވާ މިންވަރަށް، ސަމާލުކަން ދޭންޖެހެއެވެ.

ބޯޓުފަހަރުގެ ބޭރުގައި ޖަހާފައިވާ އައިސްތައް ކެފުމުގެ މަސައްކަތްވެސް އަވަސް އަރުވާލައިގެން ކުރެވޭކަށް ނޯވެއެވެ. މާ އަވަހަށް އެކަން ކޮށްފި ނަމަ އަޑީގައި އޮތް ފެންގަނޑުން ބޯޓަށް ފެން އަރާ، ކުރި ހުރިހާ މަސައްކަތެއް އޭގެ ޒާތުގައި ވަނީ "ފެނަށެވެ."

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2018

ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!

21 ސެޕްޓެމްބަރު 2018
ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!
20 ސެޕްޓެމްބަރު 2018

ކަޕޫރު އެންޑް ސަންސް ނުކުޅުމަށް ކަރަން އާލިއާ ކައިރިބުނި ސަބަބަކީ މިއީ!

20 ސެޕްޓެމްބަރު 2018
ކަޕޫރު އެންޑް ސަންސް ނުކުޅުމަށް ކަރަން އާލިއާ ކައިރިބުނި ސަބަބަކީ މިއީ!
12 ސެޕްޓެމްބަރު 2018

ކުޗް ކުޗް ހޯތާހޭގެ ސީކުއެލްއެއް ހަދާ ނަމަ ކާސްޓުންނަކީ މިއީ!

12 ސެޕްޓެމްބަރު 2018
ކުޗް ކުޗް ހޯތާހޭގެ ސީކުއެލްއެއް ހަދާ ނަމަ ކާސްޓުންނަކީ މިއީ!
25 އޯގަސްޓު 2018

ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!

25 އޯގަސްޓު 2018
ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!
18 އޯގަސްޓު 2018

ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީއަށްދާ ބޮލީވުޑްގެ ބައެއް ތަރިންނަކީ މިއީ!

18 އޯގަސްޓު 2018
ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީއަށްދާ ބޮލީވުޑްގެ ބައެއް ތަރިންނަކީ މިއީ!
10 މެއި 2018

މިއީ ކޮންކަހަލަ ބޭބީ މަސާޖެއް!!!

10 މެއި 2018
މިއީ ކޮންކަހަލަ ބޭބީ މަސާޖެއް!!!
27 އެޕްރީލު 2018

މިޝަން އިމްޕޮސިބަލް- ފޯލްއައުޓް: މިއީ އެންމެ ޗެލެންޖިން ފިލްމު

27 އެޕްރީލު 2018
މިޝަން އިމްޕޮސިބަލް- ފޯލްއައުޓް: މިއީ އެންމެ ޗެލެންޖިން ފިލްމު
29 މާރިޗު 2018

'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު

29 މާރިޗު 2018
'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު
09 ޖެނުއަރީ 2018

ރޭސް 3 އަށް ރެޑީ ވާން ޖެކްލީން ފެނާންޑޭޒް ބުރަކޮށް ޓްރެއިނިންގައި

09 ޖެނުއަރީ 2018
ރޭސް 3 އަށް ރެޑީ ވާން ޖެކްލީން ފެނާންޑޭޒް ބުރަކޮށް ޓްރެއިނިންގައި
28 ޑިސެމްބަރު 2017

މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!

28 ޑިސެމްބަރު 2017
މިއީ ބޮލީވުޑް ފިލްމެއްގެ މަންޒަރެއް ނޫން، މިއީ އަސްލު ފުލުހެއްގެ ޙަރަކާތްތައް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު