Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސް ގަންނަ އަގު

25 ރުފިޔާ އަށް މަސް ގަތުމަކީ ސަރުކާރަށް ކެރިކުޅަދާނަ ވެގެންވާ ކަމެއް ނޫން، މަސްވެރިންގެ ފަރާތުން އެވާހަކަ އަޑެއް ނީވޭ - ޝިޔާމް

މަހުގެ އަގު 17 ރުފިޔާ އިން 25 ރުފިޔާ އަށް ބޮޑުކުރި ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ޝިޔާމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2024 | ހޯމަ 04:45
ފެލިވަރު މަސް ފެކްޓަރީ: ފައިލް ފޮޓޯ

ފެލިވަރު މަސް ފެކްޓަރީ: ފައިލް ފޮޓޯ

25 ރުފިޔާ އަށް މަސް ގަތުމަކީ ސަރުކާރަށް ކެރިކުޅަދާނަ ވެގެންވާ ކަމެއް ނޫން ކަމަށާއި މަސް ގަންނަ އަގު 25 ރުފިޔާ އަށް ބަދަލުކުރުމުގެ އަޑު މަސްވެރިންގެ ފަރާތުން އިވިވަޑައިގަންނަވާފައިނުވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުالله، ޝިޔާމާއި ކުރައްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެންްބަރު ޔައުޤޫބު ސުވާލުކުރެއްވީ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ހެޔޮ ބަދަލު ގެނައުމުގެ ސިޔާސަތުގެ ދަށުން މަހުގެ އަގު 17 ރުފިޔާ އިން 25 ރުފިޔާ އަށް ބޮޑުކުރި ނަމަވެސް، މި ސަރުކާރުން އެއްވެސް ވަރަކަށް މަހުގެ އަގު ކުޑަކުރުމުގެ ވިސްނުން ގެންގުޅޭތޯއެވެ.

ޖަވާބުގައި ޝިޔާމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަަމަށާއި އެކަމުގައި އެ ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް އޮތް ކަމަށް ކުރިން ވެސް މިހާރުވެސް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެ ބަދަލު ގެނައީ 16 ސެޕްޓެމްބަރ 2023ގައި ކަމަށާއި އެއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ނިންމި ސިޔާސީ ނިންމުމެއް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެެވެ. އަދި މަސްވެރިން ބޭނުންވަނީ މަހުގެ އަގު ބޮޑުކުރުން ނޫންކަމަށާއި މަހުގެ އަގު ހަމައަށް ލިބުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ވައުދުވީ މަހުގެ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުކުރުމަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތަށް ސަރުކާރުން ވައުދުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިގޮތާއި، މިފްކޯގެ ހިންގުމަށް ބަދަލު ގެނައުމުގެ ވިސްނުން ހުރުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭރު މަސް ބޭރުކުރާ ބާޒާރުގައި މަހުގެ އަގު ހުރީ 1450 ޑޮލަރަށް ޓަނެއްގައި ކަމަށާއި ދިވެހި ފައިސާއިން ބަލާނަމަ އެއީ 22 ރުފިޔާ 40 ލާރިއަށް ކިލޯއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

17 ރުފިޔާ އަށް ގަންނަމުން އައި މަސް 25 ރުފިޔާ އަށް ބަދަލުކުރުމަކީ މިފްކޯގެ ހިންގުމުގެ ޚަރަދާ ނުލާވެސް 2 ރުފިޔާ 60 ލާރީގެ ގެއްލުމުގައި މަސް ގަންނަން ނިންމި ނިންމުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިފްކޯގެ ހިންގުމުގެ ޚަރަދު 35 އިންސައްތަ ކަމަށް ބެލި ނަމަވެސް، މަސް ގަންނަން ޖެހެނީ 11 ރުފިޔާގެ ގެއްލުމުގައި ކަމަށާއި އެއީ ދައުލަތުގެ އާމްދަނީ މިވަގުތު ހުރިގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައަކަށް ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރާ ނަމަ 2024ގައި 1.1 ބިލިއަން ރުފިޔާ މަސް ގަންނަން ސަބްސިޑީގެ ގޮތުގައި ހޭދަކުރަން ޖެހޭނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު