Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެކްސްކްރޯ އެކައުންޓު

އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނުގެ ފަރާތުން ޝަރީއަތުގައި އެދިއްޖެ

މި މައްސަަލައާ ގުޅިގެން ޔާމީނަށް ކުރި ޙުކުމް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓާއި ހިސާބުން ވަނީ ނިންމާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 08:26
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުވާ ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ގަޑިއެއްހާއިރަށް ކުރިއަށް ދިޔަ މި އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ އޭސީސީއާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

މިހާރު މި މައްސަަލައާ ގުޅިގެން ޔާމީނަށް ކުރި ޙުކުމް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓާއި ހިސާބުން ނިންމާފައިވާއިރު، އެ ފައިސާއަކީ މިހާރު އަނބުރާ ލިބެންޖެހޭ ފައިސާކަމަށް ޔާމީނުގެ ފަރާތުން ވަކީލުން ފާހަގަ ކުރެއްވިއެވެ.

އެކަމަށް އޭސީސީއާއި ބޭންކުންވެސް ވަނީ އިންކާރުކޮށްފައެވެ.

މިއީ ޔާމީނުގެ ފަރާތުން އޭސީސީއާއި ބޭންކް އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ޔާމީނު ވިދާޅުވާ ގޮތުގައި އޭސީސީއާއެކު ހަދާފައިވާ އެގްރީމަންޓަށް ބަލާއިރު، 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް އެއީ ދައުލަތުގެ ފައިސާކަމަށް ކަނޑަނޭޅިއްޖެނަމަ އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭނެއެވެ.

އެ ފައިސާ ޖަމާ ނުކުރާތީ ޔާމީނު ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން އެ ވާހަކަ ދައްކަވާފައެވެ.

އޭގެ އިތުރުން، އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަކީ ސިޔާސީ މަސައްކަތަށް ލިބިފައިވާ ފައިސާ ކަމަށްވެސް ޔާމީނު ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ، އެ ފައިސާ އަދިވެސް ހުރީ އެސްކްރޯ އެކައުންޓުގައި ފްރީޒްކޮށްފައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ ވޮޑަމުލާ ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު